ޕޮލިޓެކްނިކްގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކުއްލިއަކަށް ހާލު ދެރަވެ އޭޑީކޭގައި ފަރުވާދެނީ

މޯލްޑިވްސް ޕޮލިޓެކްނިކް... ފޮޓޯ: ވޮއިސް

މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވަމުންދިޔަ އަންހެން ދަރިވަރެއްގެ ހާލަތު ކުއްލިއަކަށް ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

ޕޮލިޓެކްނިކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު 1:30 ކަންހާއިރެވެ. އަދި ހާލު ގޯސްވި ދަރިވަރަކީ އެ މުއައްސަސާގައި ޓުއާ ގައިޑިން ކޯހުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ.

އެ މުއައްސަސާއިން ބުނީ އެ ދަރިވަރު ކުއްލިއަކަށް މެއަށް ތަދުވެ، ނޭވާލާން އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އިމަޖެންސީކޮށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެ ދަރިވަރުގެ އާއިލާއަށް މިހާރު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް ޕޮލިޓެކްނިކުން ބުންޏެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ ރާއްޖޭގައި ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ސަރުކާރުގެ މައި މުއައްސަސާއެކެވެ. މި މަރުކަޒުގައި އިންޖިނިއަރިން، އައިޓީ، ބިޒްނަސް، އަދި ހޮސްޕިޓާލިޓީ ފަދަ އެކި ދާއިރާތަކުން ސެޓިފިކެޓް ފެންވަރުން ފެށިގެން ޑިޕްލޮމާ ފެންވަރަށް ކޯސްތައް ހިންގަމުންދެއެވެ.

ޕޮލިޓެކްނިކްގައި އެކި ދާއިރާތަކުން 500 އާއި 800 އާ ދެމެދުގެ އަދަދަކަށް ދަރިވަރުން އެކި ކޯސްތަކުގައި އެކި ކޭމްޕަސްތަކުން (މާލެ އަދި ރީޖަނަލް ކޭމްޕަސްތަކުން) ކިޔަވަމުންދެއެވެ.

އެ ތަނުން ކޮންމެ އަހަރަކުވެސް އެކި ފެންވަރުގެ ކޯސްތަކުން 300 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެގެން ޚިދުމަތަށް ނުކުމެއެވެ.

comment ކޮމެންޓް