އައިސީސީ މުބާރާތަށް ޤައުމީ ސީނިއާ ކްރިކެޓް ސްކޮޑު އެކުލަވާލައިފި، ކެޕްޓަނަކަށް ހާޒިގު

އަލަށް އެކުލަވާލި ގައުމީ ސީނިއާ ކްރިކެޓް ޓީމު-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކުރިއަށްއޮތް އައިސީސީ މެންސް ޓީ-20 ވޯލްޑްކަޕް 2028 ގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރާ ސީނިއާ ޤައުމީ ކްރިކެޓް ސްކޮޑް އެކުލަވާލައި، ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ހ. ބޯޅަގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުޙައްމަދު ރިޒްވީ ހަސަނެވެ.

މި މުބާރާތަށް ނެގި 12 ކުޅުންތެރިންގެ އައު ސްކޮޑުގެ ކެޕްޓަނަކަށް ހަސަން ހާޒިޤް ހަމަޖައްސާފައިވާއިރު، ވައިސް ކެޕްޓަނަކީ ޔޫސުފް އަޒްޔާންއެވެ. އަފްޣާނިސްތާނުގެ ތަޖުރިބާކާރު ކޯޗު އަސަދުﷲ ޚާންގެ އިރުޝާދުގެ ދަށުން މުބާރާތަށް ތައްޔާރުވަމުން އަންނަ ޤައުމީ ޓީމު، މެލޭޝިއާއަށް ދިއުމުގެ ކުރިން ލަންކާގައި ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލަންކާ ކޭމްޕަށް ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

ގައުމީ ސީނިއާ ކްރިކެޓް ސްކޮޑު

  • ކެޕްޓަން: ހަސަން ހާޒިޤް
  • ވައިސް ކެޕްޓަން: ޔޫސުފް އަޒްޔާން
  • އިބްރާހީމް ރިޒާން
  • އިސްމާޢީލް އަލީ
  • މުޙައްމަދު ރިޝްވާން
  • ޝަފްރާޒް ޖަލީލް
  • މަބްސަރު ޢަބްދުﷲ
  • އިސްމާޢީލް ނަޒްވާން
  • އާދަމް ނާޞިފް
  • އަމީލް މަޢުރޫފް
  • ހަރްޝާ އަަމަރަސިންގްހެ
  • އަޝާން ޔާޕާ
  • ޝެރާޒް އިޤްބާލް
  • ތަރޫޝާ ކަވިންދަ
    އޮފިޝަލުން:
  • ޓީމް ފިޒިއޯ: ދަނުޝްކާ ސްރިމާލް
  • ޓީމް މެނޭޖަރު: ޢާރިފް ރިޟާ
  • އެސިސްޓެންޓް ކޯޗު: މުޙައްމަދު ޖާވިދު
  • ހެޑް ކޯޗު: އަސަދުﷲ ޚާން

މެލޭޝިއާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ހޮންކޮން، މެލޭޝިއާ، ސިންގަޕޫރު، ސައުދީ އަރަބިއްޔާ، ކެމްބޯޑިއާ އަދި ޗައިނާ އޮތްއިރު، ލަންކާ މަގުން ޤައުމީ ޓީމު މެލޭޝިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 8 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި 9 ވަނަ ދުވަހު ކުޅޭނީ ސިންގަޕޫރާއެވެ. އެއަށްފަހު، 11 ވަނަ ދުވަހު މުބާރާތް ބާއްވާ މެލޭޝިއާއާ، 12 ވަނަ ދުވަހު ހޮންގކޮންގާ އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 14 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

comment ކޮމެންޓް