އުސްފަސްގަނޑު ބޭރު ތޮށިގަނޑު މަތިން ވެއްޓި ގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

އުސްފަސްގަނޑު ބޭރު ތޮށިގަނޑު މަތިން ވެއްޓި ގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކުރަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު، ހިލަގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް، އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

ފުލުހުން ބުނި ގޮތުގައި މާލެ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:16 އެހާކަންހާއިރު ކަމަށެވެ.

އަދި މިހާރު އެމީހާ ސަލާމަތް ކޮށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މި ހާދިސާގައި ގާތަކު ތެރޭގައި ތާށިވި މީހަކީ 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާއަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް