ޓްރީ ޓޮޕް ހޮސްޕިޓަލުން ދަތުގެ ޚާއްޞަ ފަރުވާތަކަށް ޕްރޮމޯޝަނެއް އިއުލާނުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ދަތުގެ ޚާއްޞަ ފަރުވާތަކަށް ޕްރޮމޯޝަނެއް އިއުލާނުކޮށްފައި -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން، ދަތް އޮތޮޑޮންޓިކްސް އަދި ޕްރޮސްތޮޑޮންޓިކްސްގެ ފަރުވާތަކުން %10ގެ ޑިސްކައުންޓެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް އިޢުލާނުކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނަކީ ދަތުގެ ޚާއްޞަ ފަރުވާތައް ހެޔޮ އަގުގައި ހޯދުމަށް ބަލި މީހުންނަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ.

އެ ޕްރޮމޯޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކުގެ މިޑް-ޓާމް ބަންދާ ދިމާކޮށް ކަމަށްވުމުން، އެއީ އާއިލާތަކަށާއި ދަރިވަރުންނަށް ދަތުގެ ޚާއްޞަ ފަރުވާތައް ހޯދުމަށް ލިބޭ ލުޔެއްކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އެ ޕްރޮމޯޝަނާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތުސަން ސްރީދަރު ޖީ. ވިދާޅުވީ، އަނގަޔާއި ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ޖުމުލަ ޞިއްޙަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށާއި، ދަތުގެ ޚާއްޞަ ފަރުވާތައް ބޭނުންވާ ވަގުތުގައި ލިބުމަކީ ބަލި މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އެ ޕްރޮމޯޝަނުގެ މަގުޞަދަކީ ދަތުގެ ޚާއްޞަ ފަރުވާތައް ގިނަ ބަޔަކަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، ދަތުގެ ދުޅަހެޔޮކަމަށް އާންމުން ދޭ ސަމާލުކަން އިތުރުކުރުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭ ފަރުވާތަކަކީ:

  • ސެރަމިކް ބްރޭސަސް
  • މެޓަލް ބްރޭސަސް
  • މެޓަލް-ފްރީ ޒިރްކޯނިއާ ކްރައުންސް
  • ފްލެކްސް ސެމީ-ރިޖިޑް މޮނޯމަރ-ފްރީ ކޮމްޕްލީޓް ޑެންޗާސް
  • ފްލެކްސް ސެމީ-ރިޖިޑް މޮނޯމަރ-ފްރީ ކޮމްޕްލީޓް ޑެންޗާސް – މަތީބައި

ޓްރީ ޓޮޕްއިން ބުނި ގޮތުގައި އެ ޕްރޮމޯޝަންގައި ހިމެނެނީ ދަތްތައް އެތުރުމާއި ކަތިކޮށް ހުންނަ ދަތްތައް ރަނގަޅުކުރުމުގެ ފަރުވާ (އޯތޯޑޮންޓިކްސް) އާއި، ވެއްޓިފައިވާ ދަތްތައް ޖެހުމާއި ދަތުގެ ރީތިކަން އިއާދަކުރުމުގެ ފަރުވާ (ޕްރޮސްތޮޑޮންޓިކްސް) އެވެ.

އެ ޕްރޮމޯޝަންގެ މުއްދަތު ދިމާވަނީ ޕްރޮސްތޮޑޮންޓިސްޓް ޑރ. ޝަބީނާ އަދި އޯތޯޑޮންޓިސްޓް ޑރ. އާސިމްގެ ކޮންސަލްޓޭޝަން ގަޑިތަކާ ކަމަށްވުމުން، ބަލި މީހުންނަށް ޚާއްޞަ ޑޮކްޓަރުންގެ ލަފަޔާއި ފަރުވާގެ ރޭވުންތައް ފަސޭހަކަމާއެކު ހޯދޭނެކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އެ ޑިސްކައުންޓް ލިބޭނީ ހަމައެކަނި ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްގެންދާ ފަރުވާތަކަށެވެ. އަދި ހުރިހާ ފަރުވާތަކެއް ވެސް ކުރިއަށްގެންދެވޭނީ ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ޓްރީ ޓޮޕްއިން ވަނީ މައުލޫމާތު ދީފައެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ހަރަކާތަކީ އަނގައިގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް، ދަތުގެ ޚާއްޞަ ފަރުވާތައް އެކަށީގެންވާ ވަގުތުގައި ހޯދުމަށް ބާރުއެޅުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެ ޕްރޮމޯޝަނާ ގުޅޭ އިތުރު މަޢުލޫމާތު 3351610 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ކުރިއަރާފައިވާ އެއް ހޮސްޕިޓަލެވެ. ތަޖުރިބާކާރު މެޑިކަލް ޓީމަކާއި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބަލި މީހުންނަށް ބޭނުންވާ އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަކީ އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒުކަން ޓްރޯ ޓޮޕްއިން ފާހަގަކުރެއެވެ.

comment ކޮމެންޓް