ސްމާޓްފޯން އުފެއްދުމުގެ މުޅި ޞިނާޢަތް ބަދަލުކޮށްލުމުގެ އަމާޒުގައި، އެޕަލް ކުންފުނީގެ ތާރީޚުގައި ނެރޭ އެންމެ ފުރަތަމަ ފަށްޖެހޭ ފޯނު އައިފޯން ޑުއޯ ދުނިޔެއަށް ރަސްމީކޮށް ދައްކާލައިފިއެވެ.
ކެލިފޯނިއާގެ ކިއުޕަޓީނޯގައި ބޭއްވި އެޕަލްގެ ޚާއްޞަ އިވެންޓުގައި ތަޢާރަފުކުރި މި ފޯނަކީ، އަސްލު އައިފޯނަށްފަހު މޮބައިލް ޓެކްނޮލޮޖީއަށް ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލު ކަމަށް އެޕަލްއިން ބުނެއެވެ. ޕާސްޕޯޓެއްގެ ސައިޒަށް ފަރުމާކޮށްފައިވާ މި ފޯނުގެ ބޭރުގައި 5.4 އިންޗީގެ ސްކްރީނެއް ހުންނައިރު، ފޯނު ހުޅުވާލުމުން އެތެރޭގައި 7.6 އިންޗީގެ ބޮޑު ސުޕަ ރެޓިނާ އެކްސްޑީއާރު ޑިސްޕްލޭއެއް ލިބެއެވެ.
މި ފޯނުގެ އެތެރޭގެ ޑިސްޕްލޭ ފަރުމާކޮށްފައިވަނީ ގިނަ ދުވަހު ބޭނުންކުރުމުންވެސް ރޫނުޖެހޭ ގޮތަށެވެ. އައިޕެޑާއި މެކްބުކްތަކުން ލިބުނު ތަޖުރިބާގެ އަލީގައި ތައްޔާރުކުރި ޚާއްޞަ ނެނޯ ޓެކްސްޗާ ފިނިޝިންގެ ސަބަބުން އަލި އެޅުމުން ލޮލަށް އުނދަގޫވުން ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ފޯނު ފަތާލުމަށް 100 އަށްވުރެ ގިނަ ކުދި ބައިތަކުން އެކުލެވޭ ވަރުގަދަ ހިންޖެއް ބޭނުންކޮށްފައިވާއިރު، ފްރޭމް ހަދާފައިވަނީ ޕޮލިޝްޑް ޓައިޓޭނިއަމްއިންނެވެ. ބޭރު ސްކްރީނުގައި ސެރަމިކް ޝީލްޑް-2 އަދި ފަހަތުގައި ސެރަމިކް ޝީލްޑް ހިމަނާފައިވާއިރު، މިއީ އައިޕީ68 ފެން ނުވަންނަ ފޯނެކެވެ. ހުޅުވާލުމުން މިއީ އެޕަލްއިން މިހާތަނަށް އުފެއްދި އެންމެ ތުނި އައިފޯނަށް ވާއިރު، އަރިމަތީ ބަޓަނުގައި ވަނީ ޓަޗް އައިޑީ ހިމަނާފައެވެ.
އައިފޯން ޑުއޯއާއެކު އޮޕަރޭޓިން ސިސްޓަމަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި އެއްފަހަރާ ދެ އެޕްލިކޭޝަން ހިންގުން ހިމެނޭ ---ކެމެރާ ސިސްޓަމަށް ބަލާއިރު ފަހަތުގައި ހިމަނާފައި ވަނީ 48 މެގަޕިކްސެލްގެ ފިއުޝަން މެއިން ކެމެރާއަކާއި އަލްޓްރާވައިޑް ކެމެރާއެކެވެ. ބޭރު ސްކްރީނުގައި 12 މެގަޕިކްސެލްގެ ސެންޓަ ސްޓޭޖް ކެމެރާއެއް ހުންނައިރު، އެތެރޭގެ ފޭސްޓައިމް ކެމެރާ ވަނީ ސްކްރީނުގެ އަޑީގައި ފޮރުވާފައެވެ. ފޯނު އަމިއްލައަށް ކޮޅަށް ބަހައްޓައިގެން 4ކޭ ޑޮލްބީ ވިޝަން ޓައިމްލެޕްސް ނެގުމާއި، ސެލްފީ ނަގާއިރު ބޭރު ސްކްރީނުން ބަލައިލުމުގެ ފަސޭހަ ލިބެއެވެ. އަދި ފޮޓޯ ނަގާއިރު ކުޑަކުދިން ބަލަހައްޓައިގެން ހުންނާނެހެން ބޭރު ސްކްރީނުން އެނިމޭޝަން ދައްކައިދޭ 'ސްމާޓް ޓޭކް' ފީޗާވެސް މީގައި ހިމެނެއެވެ.
އައިފޯން ޑުއޯއާއެކު އޮޕަރޭޓިން ސިސްޓަމަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި އެއްފަހަރާ ދެ އެޕްލިކޭޝަން ހިންގުމާއި، އެއް އެޕެއްގެ ދެ ވިންޑޯ ހުޅުވުން ހިމެނެއެވެ. އަދި ހޯމް ސްކްރީނުގެ ޑޮކް ވަނީ އަރިމައްޗަށް ވަރުގަދަކޮށް ބަދަލުކޮށްފައެވެ. މީގެއިތުރުން ފޯނު ބާއްވާފައި އޮންނައިރު ގަޑިއާއި ވިޖެޓްތައް ފެންނަ ސްޓޭންޑްބައި މޯޑެއް ވެސް ވަނީ އެކުލަވާލާފައެވެ. ފޯނުގެ ދެ ފަރާތުގައި ވަކިން ހިމަނާފައިވާ ދެ ބެޓެރިން އެތެރޭގެ ސްކްރީނުން 31 ގަޑިއިރު އަދި ބޭރު ސްކްރީނުން 44 ގަޑިއިރުގެ ވީޑިއޯ ބެލޭއިރު، 20 މިނެޓުން 50 އިންސައްތައަށް ޗާޖުކޮށްލެވެއެވެ. މުޅި ދުނިޔެއަށް ވެސް މި ފޯނު ނެރެނީ ހަމައެކަނި އީ-ސިމް އާއެކުގައެވެ. މީގެއިތުރުން މި އަހަރު ފަހުކޮޅު މީގެ ދެ ސްކްރީނަށްވެސް އެޕަލް ޕެންސިލްގެ ސަޕޯޓް ލިބިގެންދާނެއެވެ.
ސްޓާ ވައިޓް އަދި ނައިޓް ސްކައިގެ ކުލަތަކުގައި ނެރޭ އައިފޯން ޑުއޯގެ އަގު ފެށެނީ 1,999 އެމެރިކާ ޑޮލަރުންނެވެ. އެއީ ގާތްގަޑަކަށް 30،000 ދިވެހި ރުފިޔާއެވެ. 256 ޖީބީން ފެށިގެން ދެ ޓީބީއާ ހަމައަށް ސްޓޯރޭޖް ލިބޭ މި ފޯނަށް އޯޑަރު ކުރުމުގެ ފުރުޞަތު އޮކްޓޫބަރު 16 ގައި ހުޅުވާލާއިރު، މާކެޓަށް ރަސްމީކޮށް ނެރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 23 ގައެވެ.