އެޕަލް ކުންފުނީގެ މި އަހަރުގެ ބޮޑު ހާޑްވެއާ އިވެންޓުގައި އެ ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
އެލުމިނިއަމް އަދި ބެކް ގްލާސް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ފޯނުތައް ލިބެން ހުންނަނީ ޖުމްލަ ހަތަރު ކުލައެއްގައެވެ. އޭގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި މަޑު ނޫކުލައެއް ކަމަށްވާ "ގްލޭސިއާ" އަދި ލޮއި ރަތްކުލައެއް ކަމަށްވާ "ބާގަންޑީ" ހިމެނެއެވެ. މިއީ އެޕަލްގެ އައު ސީއީއޯ ޖޯން ޓާނަސް އިސްވެ ހުންނަވައިގެން ހުށަހަޅައިދެއްވި ފުރަތަމަ މައި އިވެންޓެވެ.
މި އައު ފޯނުތަކުގައި ހިމަނާފައިވަނީ 2 ނެނޯމީޓަރުގެ އައު އޭ20 ޕްރޯ ޗިޕެކެވެ. މިއީ ސީދާ ޑިވައިސް ތެރޭގައި އޭއައި މަސައްކަތްތައް ހިންގުމަށް އެންމެ ފަހުގެ ފައުންޑޭޝަނަލް މޮޑެލްތައް ބޭނުންކުރާ ސިރީ އޭއައިއަށް ބާރުދޭ މައިގަނޑު އަސާސެވެ. އެޕަލްގެ އެމް-ސީރީޒް ޗިޕްތަކުން ޚިޔާލު ހޯދައިގެން މެމޮރީ ކައިރީގައި ސިލިކަން ޑައި ހުންނާނެހެން އައު ތާމަލް ޑިޒައިނެއް އެކުލަވާލާފައިވާއިރު، މީގެ ސަބަބުން ގްރެފިކްސް ޕާފޯމަންސް 40 އިންސައްތަ އަވަސްވެ، މުޅި ޗިޕުގެ ބޭންޑްވިތު 50 އިންސައްތަ އިތުރުވެ، ގޭމިންގ ޕާފޯމަންސް ވަރަށް ބޮޑަށް ވަރުގަދަވެގެންދެއެވެ.
ކެމެރާ ސިސްޓަމަށް ބަލާއިރު، މި ފޯނުތަކުގައި ހިމަނާފައިވަނީ 48 މެގަޕިކްސެލްގެ "ފިއުޝަން މެއިން ކެމެރާ" ---މި ޗިޕުގެ އެފިޝިއެންސީއާއި ބެޓެރީގެ އައު ޑިޒައިނާއެކު އައިފޯނެއްގައި މިހާތަނަށް ހިމެނޭ އެންމެ ދިގު ބެޓެރީ ލައިފް ވަނީ ލިބިދީފައެވެ. އެގޮތުން އައިފޯން 18 ޕްރޯގެ ބެޓެރީ 36 ގަޑިއިރަށް ދެމިގެންދާއިރު، އައިފޯން 18 ޕްރޯ މެކްސްގެ ބެޓެރީ 45 ގަޑިއިރަށް ދެމިގެންދާނެއެވެ. މީގެ އިތުރުން ވަޔަރޑް ޗާޖިންގ ވަރަށް ބޮޑަށް އަވަސްކޮށްފައިވާއިރު، އެންމެ 15 މިނެޓުގެ ތެރޭގައި 50 އިންސައްތައަށް ފޯނު ޗާޖުކޮށްލެވޭނެއެވެ.
ކެމެރާ ސިސްޓަމަށް ބަލާއިރު، މި ފޯނުތަކުގައި ހިމަނާފައިވަނީ 48 މެގަޕިކްސެލްގެ "ފިއުޝަން މެއިން ކެމެރާ" އެކެވެ. މިއީ އެޕަލް އިން އަލަށް ތަޢާރަފްކުރި ބަދަލުކުރެވޭ އެޕަޗާ ސިސްޓަމް ހިމެނޭ ކެމެރާއެކެވެ. މި ސިސްޓަމް ހެދުމަށްޓަކައި ޕޮލިމާ ކޮމްޕޮސިޓުން ހަދާފައިވާ ލޭޒާ-ކަޓް 6 ބްލޭޑާއި، އައު ރޯޓާ މެކޭނިޒަމެއް އަދި ކަސްޓަމް ލެންސެއް ބޭނުންކޮށްފައިވެއެވެ. ޕޯޓްރެއިޓް އަދި ނައިޓް މޯޑަށް އެފް/1.8 އާ ހަމައަށް ފުޅާ އެޕަޗާއެއް ލިބިގެންދާއިރު، ބެކްގްރައުންޑްގެ ތަފުސީލުތައް ސާފުކުރުމަށް އެޕަޗާ ހަނިކޮށްލެވޭނެއެވެ. އަދި އޭއައި މޮޑެލްތައް ބޭނުންކޮށްގެން ހަރަކާތްތެރިވާ މީހުންނާއި ތަކެތި ފޯކަސްގައި ބަހައްޓައިދޭ "ސްމާޓް ފޯކަސް ޓްރެކިން" ވެސް ވަނީ ހިމަނާފައެވެ.
ފޮޓޯގެ އަސްލުކަން ކަށަވަރުކުރުމަށްޓަކައި އެޕަލް އިން ސިންތުއައިޑީ ސްޓޭންޑަޑަށް ސަޕޯޓްކުރާނެކަން ވަނީ އިޢުލާނުކޮށްފައެވެ. އަދި މުޅިން އަލަށް "އެޕަލް ރެފަރެންސް އިމޭޖް" ގެ ނަމުގައި ސީދާ ކެމެރާ ސެންސަރުގެ ތެރޭގައި ހިމެނޭ ޓެކްނޮލޮޖީއެއް ވަނީ ގެނެސްދީފައެވެ. މި ފީޗާގެ ސަބަބުން ފޮޓޯ ނަގާ ވަގުތު ޕިކްސެލް ލެވެލްގައި ފޮޓޯގެ ޑޭޓާ ޑިޖިޓަލީ ސޮއިކޮށް، ފޮޓޯގެ އަސްލުކަން ސާބިތުކޮށްދޭނެއެވެ. މީގެ އިތުރުން ފޮޓޯގްރަފިކް ސްޓައިލްސް އަށް ގެނެވުނު ބަދަލުތަކާއެކު ފޮޓޯގެ ޓެކްސްޗާއާއި، ގްރެއިން އަދި ހަމުގެ ކުލައާއި ޓެކްސްޗާ ބޭނުން ގޮތަކަށް ބަދަލުކޮށްލެވޭނެއެވެ.
އައު އައިފޯން 18 ޕްރޯގެ ޑައިނެމިކް އައިލެންޑް ވަނީ ކުރިއަށްވުރެ ކުޑަކޮށްފައެވެ. ނަމަވެސް ސައިޒު ކުޑަވި ނަމަވެސް، އެއްފަހަރާ ތިން ހަރަކާތެއްގެ މައުލޫމާތު އޭގެ ތެރެއިން ޓްރެކްކޮށް ބަލަހައްޓައިދޭނެއެވެ. މީގެ އިތުރުން އައިއޯއެސް 27 އާއެކު ކުޑަކުދިންގެ ރައްކާތެރިކަމުގެ ފީޗާތަކާއި، ބަދަލުކޮށްލެވޭ ލިކުއިޑް ގްލާސް، އެއާޑްރޮޕްގެ ޓްރާންސްފާ އަވަސްކުރުން އަދި އެއް ޑިވައިސުން އަނެއް ޑިވައިސަށް ނަންބަރު ބަދަލުކޮށްލެވޭ "އައިފޯން ހޭންޑްއޮފް" ފަދަ އައު ފީޗާތައް ވަނީ ތަޢާރަފްކޮށްފައެވެ.
މި ފޯނުތަކާއެކު އައު އެކްސެސަރީތަކެއް ވެސް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި އައު ޗާޖަރުތަކާއި، ކޭސްތަކާއި، ކްރޮސްބޮޑީ ސްޓްރެޕްތަކުގެ އިތުރުން އައިފޯން ކޭސްތަކާއި އެއާޕޮޑްސް ޕްރޯއާ އެކު ބޭނުންކުރެވޭ އައު ރިސްޓް ސްޓްރެޕެއް ވެސް ހިމެނެއެވެ.