ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކޮށްފި

ރައީސް މުއިއްޒާއި ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު: އޭނާގެ މަގާމު ވަނީ ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކޮށްފައި --

ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކޮށްފިއެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކުރެއްވީ މި ހަފުތާގެ ތެރޭގައި ކަމަށެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން އެނގޭ ގޮތުގައި ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި މިވަގުތު ހުންނެވީ އޭނާ އެކަންޏެވެ.

މީގެ ކުރިން މި ވެރިކަމުގެ ފުރަތަމަކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އެޑްވައިޒަރުގެ މަގާމަށް އައްޔަނުކުރެއްވި، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހުންނެވީ އެ ފެންވަރުގައެވެ.

ނަމަވެސް އެމަނިކުފާނު މަޖިލީހުގެ މެންބަރުކަމަށް ހޮވިވަޑައިގަތް ފަހުން، ސީނިއާ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި އެހެން އެއްވެސް ބޭފުޅަކު ނުހުންނަވައެވެ.

ފަޔާޒްއަކީ މީގެ ކުރިން ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ.

comment ކޮމެންޓް