ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ޕާކިންގައި އޮފީސް ވަގުތު ނޫން ގަޑިތަކުގައި ޕާކުކުރާނަމަ ފީއެއް ނަގަނީ

ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ޕާކިން: އެތަނުގައި ޕާކު ކުރުމުން ފީއެއް ނަގަން ސަރުކާރުން ވަނީ ނިންމާފައި --- މިހާރު ފޮޓޯ/ ނިޝާން އަލީ

ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ޕާކިން ޒޯނުގައި ޕާކުކުރުމުން ކުޑަ ފީއެއް ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ކަން ހާމަކޮށްފައި ވަނީ، އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައެވެ.

އެ ބައްދަލުވުމުގައި ސައީދު ވަނީ ބޮޑުތަކުރުފާނު ބީއެމްއެލް ކުރިމަތީގައި އޮންނަ ޕާކިންގައި އުޅަނދުތައް ޕާކުކުރުމުން ފީއެއް ނެގުމަށް ނިންމާފައިވާ މޭރުމަކުން ވާހަކަދައްކަވާފައެވެ.

މިގޮތުން، އޮފީސް ގަޑި ނޫން އެހެނިހެން ވަގުތުތަކުގައި އެ ތަނުގައި ޕާކުކުރުމުން ކުޑަ ފީއެއް ނެގުމުގެ ވިސްނުން ހުރިކަން ސައީދު ހާމަކުރެއްވިއެވެ. ނަމަވެސް، ނަގާ ފީގެ ސީދާ އަދަދެއް ވިދާޅެއްނުވެއެވެ.

https://sun.mv/224798

"މިސާލަކަށް އޮފީސް ގަޑިތައް ފިޔަވައި ދެން ހުންނަ އަވާސް ތަކުގައި ކުޑަކުޑަ ޕޭއެއް [ނަގަން އެބަ ވިސްނަން]. މިސާލަކަށް އޮން ޑިމާންޑު ބޭސިސްގައި ޓަޗް އެންޑް ގޯ ގޮތަށް ހުންނާނެ ބޭރު ތަންތަނުގައި ވެސް. އެކަހަލަ ބައެއް ވަސީލަތްތައް ވެސް އަޅުގަނޑުމެން އެބަ ބަހައްޓަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދުގައި ޕާކުނުކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.

މާލެ ސަރަހައްދަކީ އުޅަނދުތައް ވަރަށް ގިނަވެ، ތޮއްޖެހިފައިވާ ސަރަހައްދެކެވެ. އަދި އުޅަނދުތައް ޕާކުކުރަން އެކަށީގެންވާ ވަރަށް ޖާގަ ނެތް ކަމުގެ ޝަކުވާއަކީ ޒަމާންވީ ޝަކުވާއެކެވެ.

އެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ރައީސް ވަނީ އެކަމަށް ޚާއްސަ އޮފީހެއް ވެސް އުފައްދަވައިފައެވެ.

comment ކޮމެންޓް