ކުނި އެތެރެކުރުން މަނާކޮށް، ހޯލްސޭލްކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުތަކުގެ ފީ ކަނޑައިލައިފި

މީހަކު މާލޭ މަގުމަތީގައި، ވިޔަފާރި ކުރުމަށް ފަހު ކޮތަޅެއް ހިފައިގެން: ހޯލްސޭލްކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅު ބޮނޑިން ނަގާ ދެ ރުފިޔާގެ ފީ މިއަދުން ފެށިގެން ވަނީ ކަނޑައިލައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކޮށް، ހޯލްސޭލްކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކަނޑައިލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައީ މިދިޔަ ހޯމަ ދުވަހެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ އެ އިސްލާހު ތަސްދީގުކުރައްވައިފައެވެ.

މި ބިލުގައިވާ ގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓައިލާނެއެވެ. އެހެން ހެދުމުން ހޯލްސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ދެން ނުނަގާނެއެވެ. ނަމަވެސް އެހެން ހެދުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބިލުގައިވެއެވެ.

https://sun.mv/226146

ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2.01 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

comment ކޮމެންޓް