ފީފާގެ އައު ގަވާއިދުގެ ދަށުން އަދަބު ލިބުނު ފުރަތަމަ ކުޅުންތެރިއަކަށް ނޭމާ

ބްރެޒިލްގެ ސަންޓޯސްއަށް ކުޅެމުން އަންނަ ނޭމާ--

ކީޕަރުންނަށް އަނިޔާވެގެން ކަމަށް ބުނެ މެޗު މެދުކަނޑާލައިގެން ނަގާ "ޓެކްޓިކަލް ޓައިމްއައުޓް" ހުއްޓުވުމަށް ފީފާއިން ތަންފީޒުކުރަން ފެށި އައު ގަވާއިދުގެ ދަށުން އަދަބު ލިބުނު ފުރަތަމަ ކުޅުންތެރިއަކަށް ބްރެޒިލްގެ ސަންޓޯސްއަށް ކުޅެމުންއަންނަ ޓީމުގެ ކެޕްޓަން ނޭމާ ޖޫނިއާ ވެއްޖެއެވެ.

މި ގަވާއިދު އިނގިރޭސި ޕްރިމިއާ ލީގު ހިމެނޭ ގޮތަށް އެހެން މުބާރާތްތަކުގައިވެސް ތަންފީޒުކުރާނެއެވެ. ގަވާއިދު ބުނާ ގޮތުން ކީޕަރަށް ފަރުވާ ދިނުމަށްޓަކައި ކުޅުން މެދުކެނޑިއްޖެ ނަމަ، ކުޅުން އަލުން ފެށުމާއެކު ކޯޗު ލަސްނުކޮށް ދަނޑުން ބޭރަށް ނެރޭނެ ކުޅުންތެރިއަކު ކަނޑައަޅަން ޖެހެއެވެ. ކަނޑައެޅޭ ކުޅުންތެރިޔާ ދަނޑުން ބޭރުގައި ހުންނަން ޖެހޭ ވަގުތަކީ އެއް މިނިޓެވެ.

ކޯޗު 10 ސިކުންތުގެ ތެރޭގައި ކުޅުންތެރިއަކު ކަނޑައަޅަން ފެއިލްވެއްޖެ ނަމަ، ދަނޑުން ބޭރުވާންޖެހޭ ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަނެވެ. މިކަމެއް ހިނގާފައިވަނީ މި ހަފުތާގެ އާދީއްތަ ދުވަހު ވާސްކޯ އަތުން 3-0 ގެ ނަތީޖާއަކުން ސަންޓޯސް މޮޅުވި މެޗުގައެވެ.

ކީޕަރު ގެބްރިއެލް ބްރަޒާއޯ ފަރުވާ ހޯދަން ބޭނުންވި ހިނދު، ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ފަހަރަށް މި ގަވާއިދު ތަންފީޒުކުރެވިގެން ދިޔައެވެ. އެގޮތުން ސަންޓޯސްގެ ކޯޗު 10 ސިކުންތުގެ ތެރޭގައި ކުޅުންތެރިއަކު ކަނޑައަޅަން ފެއިލްވުމާ ގުޅިގެން، ރެފުރީ ވަނީ އުމުރުން 34 އަހަރުގެ ކެޕްޓަން ނޭމާ ދަނޑުން ބޭރަށް ދިޔުމަށް އަންގާފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ނޭމާ ދަނީ ބްރެޒިލް ލީގުގައި އޭނާގެ ކުރީގެ ކުޅުމަށް އެނބުރި އަންނަން ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް