އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތާއެކު، އެމްއައިބީއާއި ފުޑީސް ގުޅިގެން ޕްރޮމޯޝަނެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ފުޑީސް އެޕް ގުޅިގެން "ޕޭ ވިތު އެމްއައިބީ، ގުޑް ފުޑް، ގްރޭޓް ރިވޯޑްސް" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން، ފުޑީސް އެޕް މެދުވެރިކޮށް ކާބޯތަކެއްޗަށް އޯޑަރުކުރުމަށްފަހު، އެމްއައިބީ ގްލޯބަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްސަ ގުރުއަތެއްގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުގެ ޚާއްސަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސް ފޯނެކެވެ. ކޮންމެ މަހަކު ނަސީބުވެރިޔަކަށް އައިފޯން 17 ޕްރޯ މެކްސްއެއް ލިބޭއިރު، ޕްރޮމޯޝަން ނިމޭއިރު ޖުމްލަ ދެ ފޯނު ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަށް ހަދިޔާކުރާނެއެވެ.

އެމްއައިބީން މަޢުލޫމާތު ދޭ ގޮތުގައި ފުޑީސް އެޕް މެދުވެރިކޮށް ފައިސާ ދައްކާ ކޮންމެ މުއާމަލާތަކީ ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ. އަދި، ބައިވެރިވެވޭނެ ވަކި ލިމިޓެއް ނެތުމުން، ގިނައިން އޯޑަރުކުރި ވަރަކަށް ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެމްއައިބީން ބުނެއެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަނުގެ މުއްދަތުގައި އެމްއައިބީގެ ކަސްޓަމަރުންނަށް ފުޑީސް އެޕްގައި ބައިވެރިވާ މާޗަންޓުންގެ ޚާއްސަ ޑިސްކައުންޓްތަކާއި ލޯޔަލްޓީ ޕޮއިންޓްސް ދިނުމަށް ވަނީ ނިންމާފަައެވެ.

އެމްއައިބީން ބުނީ، މިފަދަ ޕްރޮމޯޝަންތަކުގެ މަގުސަދަކީ ޑިޖިޓަލް ޕޭމަންޓްތައް މެދުވެރިކޮށް ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކުން އިތުރު ފައިދާތަކެއް ހޯދައިދިނުން ކަމަށެވެ.

comment ކޮމެންޓް