އެލައިޑް ހޯމް ކޮންޓެންޓް ތަކާފުލްއިން ކަވަރު ކުރަނީ ކޮން އެއްޗެއް؟

ބައެއް ފަހަރު ނޭނގި ހުއްޓާ ދިމާވާ ހާދިސާއެއްގެ ސަބަބުން އަމިއްލަ ގޭގައި ދިރިއުޅުމަށް ނޭދެވޭ އަސަރުކުރެއެވެ. އެއީ ގުދުރަތީ ހާދިސާއެއް ކަމަށްވެދާނެއެވެ. ނުވަތަ ވައްކަމަކަށް ވެސް ވެދާނެއެވެ. އެފަދަ ހާލަތަކުން ރައްކާތެރިކަން ހޯދުމަށް، އެލައިޑް ހޯމް ކޮންޓެންޓް ތަކާފުލް ނެގުން މުހިންމެވެ.

އެލައިޑް ހޯމް ކޮންޓެންޓް ތަކާފުލްއިން އެ މީހަކު ދިރިއުޅޭ ގެއާއި ގޭގައި ހުންނަ ތަކެތި ވެސް ރައްކާތެރިކޮށްދެއެވެ.

މިސާލަކަށް އެއްޗެއް ގޮވުން، ހޮނު އެޅުން ނުވަތަ ރޯވުމުން ދުމުގެ އަސަރު ކުރުމުން ލިބޭ ގެއްލުންތައް މި ޕެކޭޖުން ކަވަރު ކުރެއެވެ. ހަމައެއާއެކު ވިއްސާރަ ވުމުންނާއި ފެންބޮޑުވުމުން ލިބޭ ގެއްލުމާއި، މަދަނީ ހަމަނުޖެހުމުގެ ހާލަތްތަކުގައި ލިބޭ ގެއްލުން ވެސް މި ޕެކޭޖުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ތޮއްޖެހިފައިވާ ރާއްޖޭގައި އުޅަނދަކުން ލިބޭ ގެއްލުމުގެ އިތުރުން، ފެން ޓޭންކާއި ހޮޅި ފަދަ ތަކެތިން ލީކުވުމުން ލިބޭ ގެއްލުން ވެސް ޕެކޭޖުގައި ހިމަނައިފައިވެއެވެ.

ގެއިން ވައްކަން ކުރާ ހާލަތެއް ނުވަތަ ބަޔަކު ހުއްދަ ނެތި ގެއަށް ވަންނަން ތަނެއް ހަލާކުކޮށްލުމަކީ ވެސް ލިބިދާނެ ގެއްލުމެކެވެ. އެލައިޑް ހޯމް ކޮންޓެންޓް ތަކާފުލްއިން އެފަދަ ގެއްލުންތައް ވެސް ކަވަރުކުރާނެއެވެ.

އެލައިޑް ހޯމް ކޮންޓެންޓް ތަކާފުލް ޕެކޭޖް ނެގުމަށްފަހު، މައްސަލައެއް ދިމާވުމާއެކު، އެލައިޑް ކަސްޓަމާ ކެއާގެ ނަންބަރު 1600އަށް ގުޅުއްވާށެވެ. ނުވަތަ  [email protected] އަށް އީމެއިލް ކުރައްވާށެވެ.

މި ޕެކޭޖް ނަގައިފައި އޮތް ނަމަވެސް، ގެއްލުންތައް ކުޑަކުރަން ކުރެވެން ހުރި ކަންކަން ކުރުމަށް އެލައިޑުން އިލްތިމާސްކުރެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ނުވަތަ ވައްކަމެއް ނުވަތަ އުޅަނދަކުން ގެއްލުން ލިބުން ފަދަ ހާލަތެއްގައި ވަގުތުން ފުލުހުންނަށް ރިޕޯޓުކުރަން ވެސް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް