ޚާއްސަ ހަފުލާތަކަށް ފަރުމާކޮށްފައިވާ ކޮޓަރިއަކާއެކު، އައު ޚިދުމަތްތަކަކާއެކު "މޮރިންގާ" ރެސްޓޯރަންޓު މާލޭގައި ހުޅުވައިފިއެވެ.
މި ރެސްޓޯރަންޓަކީ ނާސްތާއިން ފެށިގެން ޚާއްސަ ހަފުލާތަކާއި ކުދި ބައްދަލުވުންތައް ކުރިއަށް ގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ ރެސްޓޯރަންޓެކެވެ.
"ހަމަހިމޭން ވަގުތުތައް، މީރު ރަހަތައް،" މި ޝިއާރުގެ ދަށުން ހުޅުވި ރެސްޓޯރަންޓަކީ މެހެމާނުން ހެނދުނު ސަޔާއި, މެންދުރާއި ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށާއި ޚާއްސަ ކުދި ހަފުލާތައް ބޭއްވުމަށް އެންމެ ރަނގަޅު އެއް މާހައުލު އޮތް ތަން ކަމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.
މޮރިންގާ ރެސްޓޯރަންޓް -- ފޮޓޯ: މޮރިންގާމި ރެސްޓޯރަންޓުގެ އެންމެ ޚާއްސަ އެއް ސިފައަކީ ބޭނުން ގޮތަކަށް މެހެމާނުންނަށް ހެނދުނުގެ ނާސްތާ ނުވަތަ ބްރެކްފާސްޓް ތައްޔާރުކޮށްލުމުގެ ފުރުސަތު އޮތުމެވެ.
އެގޮތުން ކުކުޅު ބިހާއި ޕާނާއި އެކި ބާވަތުގެ މަހާއި ދިވެހި ކެއުން ހިމެނޭހެން ހައްޓަށް ލުއި، ނުވަތަ މެހެމާނުންގެ ބަނޑު ފުރާލެވޭނޭ ފަދަ ކެއުމެއް އަމިއްލައަށް ތައްޔާރުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ރެސްޓޯރަންޓުން މައުލޫމާތުދެއެވެ.
ނާސްތާގެ އިތުރުން ދުވަހުގެ އެކި ވަގުތުތަކަށް ޚާއްސަ ކެއުންތައް ވެސް މި ރެސްޓޯރަންޓުން ލިބޭނެއެވެ.
މޮރިންގާ ރެސްޓޯރަންޓްގެ ވެއިޓަރަކު މަސައްކަތުގައި -- ފޮޓޯ: މޮރިންގާމޮރިންގާ ރެސްޓޯރަންޓުގެ އެންމެ ޚާއްސަ ސިފައަކީ "ދަ ރޫމް" ނުވަތަ ކުދި ހަފުލާތަކަށާއި ޚާއްސަ ކަންކަމަށް ތައްޔާރުކޮށްފައިވާ ވަކި ޖާގައެކެވެ. އެގޮތުން 10 މީހުންނަށް ތިބެވޭ މި ޖާގައިގައި ކުދިކުދި ބައްދަލުވުންތަކާއި އުފަންދުވަސް ފާހަގަކުރުމާއި އާއިލީ އެއްވުންތަކުގެ އިތުރުން ވިޔަފާރި ބައްދަލުވުންތައް ވެސް ކުރިއަށް ގެންދެވޭނެއެވެ.
މޮރިންގާ ރެސްޓޯރަންޓް ހުންނަނީ އަލިކިލޭގެފާނު މަގުގައެވެ.
އެ ރެސްޓޯރެންޓާ ގުޅޭ އިތުރު މައުލޫމާތު، މޮރިންގާގެ އިންސްޓަގްރާމް ޕޭޖުން ވެސް ލިބިވަޑައިގަންނަވާނެއެވެ.
ރެޒަވޭޝަން ހެއްދެވުމަށް ގުޅުއްވާނީ: 7258273
މެނޫ ބައްލަވައިލެއްވުމަށް: https://drive.google.com/drive/folders/1zGZk4daS9BfOI_pm8FJoN_AL21tmhV5s