ބޭސް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދޭ ފަރާތްތައް ބްލެކްލިސްޓްކުރުމުގެ ބާރު އެމްއެފްޑީއޭއަށް ދެނީ

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: ބޭހެއް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދީފިނަމަ އެ ދޭ ފަރާތެއް ބްލެކްލިސްޓުކުރެވޭ ގޮތް ހަދަނީ -- ސަން ފޮޓޯ / އިބްރާހިމް ނާއިޝް

ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭ ޑޮކްޓަރީ ބޭހާއި ދިވެހި ބޭހުގެ ރަޖިސްޓްރީތައް އެކުލަވައިލަން ޖެހޭ ގޮތަށް، އަދި ބޭހެއް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދީފިނަމަ އެ ދޭ ފަރާތެއް ބްލެކްލިސްޓުކޮށް ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ލިބިދޭ ގޮތަށް ބޭހާ ބެހޭ ގަވައިދު މިއަދު އާންމުކޮށްފިއެވެ.

ބޭހާ ބެހޭ ގަވައިދުގައިވާ ގޮތުން އެ ގަވައިދަށް އަމަލުކުރަން ފަށާނީ ގަވައިދު އާންމުކުރާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އެހެންކަމުން މި ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހެވެ.

ޑޮކްޓަރީ ބޭހާއި ދިވެހިބޭހާއި ބޭހުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކާއި ދަރަޖަތައް ބަޔާންކޮށް އެމްއެފްޑީއޭއިން އާންމުކުރި ގަވައިދުގައިވާ ގޮތުން މި ގަވައިދަށް އަމަލުކުރަން ފެށުމަށް ފަހު ނޮވެންބަރު މަހުގެ 22 ވަނަ ދުވަހުގެ ކުރިން ބޭސްތަކުގެ ރަޖިސްޓްރީއެއް އެކުލަވައިލާން ޖެހޭނެއެވެ. އަދި އަހަރަކު އެއް ފަހަރު މަދުވެގެން އެ ރަޖިސްޓްރީ މުރާޖައާކޮށް، ރަޖިސްޓްރީއަށް ބަދަލެއް އައިސްފިނަމަ އެ ބަދަލެއް ގެނައި ތާރީޚު އެނގޭ ގޮތަށް ރަޖިސްޓްރީ އަދާހަމަކުރަން ޖެހޭނެ ކަމަށް ވެސް ވެއެވެ.

އެސްޓީއޯ (މިހާރު ސްޓޭޓްފާމާ)ގެ ފާމަސީއަކުން އާންމު މީހަކު ޚިދުމަތް ހޯދަނީ -- ފޮޓޯ/ އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސް

ހަމަ އެހެންމެ ބޭސް ރަޖިސްޓްރީކުރާއިރު ބޭސް އެތެރެކުރާ މީހާ ނުވަތަ ކުންފުނީގެ ނަމާއި ބޭސް އުފެއްދި ކުންފުނީގެ މައުލޫމާތާއި ބޭހުގެ ޓެކްނިކަލް މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.

އެހެން ނަމަވެސް ބޭސްފަރުވާއަށް ކޮންމެހެން ބޭނުންވާ، އަދި އެ ބޭހަކާ ނުލައި ފަރުވާ ނުކުރެވޭނަމަ، އެ ބޭހަކީ ރަޖިސްޓްރީ ނުކުރާ ބޭހެއް ވިޔަސް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން އިވެލުއޭޓުކުރުމަށްފަހު އެ ބޭހެއް އެތެރެކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް މި ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ސައްހަ ބޭސް ސިޓީއަކާއެކު ތިން މަހަށް ވާ ވަރަށް އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރެވޭނެ ކަމަށް ވެއެވެ. އެކަމަކު ޚާއްސަ ހާލަތެއްގައި ގިނަވެގެން ހަ މަހަށް ވާ ވަރަށް އެތެރެކުރުމަށް ގަވައިދުން ހުރަހެއް ނާޅައެވެ.

ގަވައިދުގައިވާ ގޮތުން ބޭސް ރަޖިސްޓްރީ ކުރެވޭނީ ފަސް އަހަރުގެ މުއްދަތަކަށެވެ. ގަވައިދުގައި ވަނީ ރަޖިސްޓްރީ އައު ކުރާނަމަ ހުރިހާ ލިޔެކިއުމެއް ހުށަހެޅުމަކީ ބޭސް ރަޖިސްޓްރީކުރި ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މި ގަވައިދުގައި ބުނަނީ ބޭސް އުފައްދައި ޕެކްކުރަން ޖެހޭނީ އެމްއެފްޑީއޭގެ ހުއްދަ ލިބިގެން، ގުޑް މެނުފެކްޗަރިން ޕްރެކްޓިސްގެ މިންގަނޑާ އެއް ގޮތަށެވެ.

ބޭސް ފިހާރައެއް --- ސަން ފޮޓޯ

މީގެ އިތުރުން، އެމްއެފްޑީއޭގެ ބޭހެއްގެ ގޮތުގައި ގިންތިކޮށް ރެގިއުލޭޓުކުރާ ބޭހުގެ ބާވަތްތައް އާންމު ފިހާރަތަކުގައި ވިއްކުން މި ގަވައިދުން މަނާކުރެއެވެ.

މި ގަވައިދުގެ ދަށުން، އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭހާއި ގަޑުބަޑުކޮށްފައި ނުވަތަ ގަޑުބަޑުވެފައި ހުންނަ ބޭހާއި ތަޣައްޔަރުވެފައިވާ ތަންތަނުގައި ތައްޔާރުކުރާ ބޭހާއި ކައުންޓަފީޓް ބޭހާއި ޑަބްލިއުއެޗްއޯއާއި އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވެސް މަނާކޮށްފައިވާ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ރާއްޖޭގައި އިޝްތިހާރުކޮށް ވިއްކައި ހެދުން މަނާވާނެއެވެ. އަދި ރަޖިސްޓްރީކުރުމަކާ ނުލައި ފާމަސީތައް ހިންގައި އެމްއެފްޑީއޭގެ ހުއްދަ ނެތި ބޭސް އެތެރެކޮށް ގުދަންކޮށް ވިއްކުން ވެސް ގަވައިދުގެ ދަށުން މަނާވާނެއެވެ.

މި ގަވައިދުގެ ދަށުން އެޅޭނެ ފިޔަވަޅުތަކަކީ ނަސޭހަތް ދިނުމާއެކު އެ ކަމެއް އިސްލާހުކުރުމަށް މުއްދަތެއް ދިނުމާއި 10،000 ރުފިޔާ ނުވަތަ އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ގަވައިދުގެ ދަށުން ދޫކުރި ހުއްދަ، ދެ ހަފުތާއާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލުކުރުމެވެ.

އަދި ބޭހާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދީފިނަމަ ބޭސް އެތެރެކުރާ ފަރާތް ބްލެކްލިސްޓު ކުރުމުގެ ބާރު ވެސް މި ގަވައިދުގެ ދަށުން އެމްއެފްޑީއޭއަށް ލިބިދެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭހާ ބެހޭ އައު ގަވާއިދެއް އާންމުކޮށްފިއެވެ. އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އަމަލުކުރަން ފަށާ މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް އެތެރެކުރާ އަދި ވިއްކާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މިގޮތުން، ބޭސް ރަޖިސްޓްރީ ކުރުމުގައި މަކަރު ހަދައި ދޮގު މައުލޫމާތު ދޭ ފަރާތްތައް ބްލެކްލިސްޓް ކުރުމުގެ ފުރިހަމަ ބާރު މިހާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. މި ގަވާއިދުގެ ދަށުން ބޭސް ރަޖިސްޓްރީ ކޮށްދެވެނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އާންމު ފިހާރަތަކުގައި ބޭސް ވިއްކުން މަނާކޮށް، ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓުމާއި، ބާތިލުކުރުމާއި، އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ އިޚުތިޔާރު ކަމާބެހޭ ފަރާތްތަކަށް ލިބިދީފައިވެއެވެ. ```json

  • ބޭސް ރަޖިސްޓްރީ ކުރުމަށް ދޮގު މައުލޫމާތު ދޭ ފަރާތްތައް ބްލެކްލިސްޓް ކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިދީފައިވުން.
  • ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބޭހުގެ ރަޖިސްޓްރީއެއް އެކުލަވާލައި، ކޮންމެ އަހަރަކު އެ ރަޖިސްޓްރީ މުރާޖައާ ކުރަންޖެހުން.
  • އާންމު ފިހާރަތަކުގައި ބޭސް ވިއްކުން މަނާކުރުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުން.
  • ޚާއްސަ ހާލަތްތަކުގައި ސައްހަ ބޭސް ސިޓީއަކާއެކު އަމިއްލަ ބޭނުމަށް، ގިނަވެގެން ތިން މަހުގެ ބޭސް އެތެރެކުރުމުގެ ހުއްދަ ދިނުން.
comment ކޮމެންޓް