ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގައި ދަރިވަރުން ކުރާ މުޒާހަރާތަކުގެ ތެރެއިން: އެޑިއުކޭޝަން މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ އޭއެފްޕީ

އިންޑިއާގެ ޒުވާނުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދަން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރަދަން މިއަދު ވަނީ، މަގާމުން އިސްތުފާ ދެއްވައި، އެކަމުގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތައް ފަށައިފައިވަނީ، ޒުވާނުންތަކެއް ގުޅިގެން ހިންގާ ހަރަކާތެއް ކަމަށްވާ 'ކޮކްރޯޗް ޖަންތާ ޕާޓީ'ންނެވެ. އެ ހަރަކާތަށް އެ ނަން ދީފައިވަނީ، އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންޓް، ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަކީ ކުރަފީގެ ގޮތުގައި ސިފަކުރެއްވުމުން، އެކަމާ ގުޅުވައިފައެވެ.

އިންޑިއާގައި ދަރިވަރުން ކުރާ މުޒާހަރާތަކުގެ ތެރެއިން: ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ އޭއެފްޕީ

އިންޑިއާގެ ސަރުކާރާ އިދިކޮޅު ޕާޓީތަކުންނާއި ބައެއް ފިލްމީ ތަރިން ވެސް ބައިވެރިވަމުން އަންނަ އެ މުޒާހަރާތަކުގައި އަންނަނީ އެ ގައުމުގައި އިމްތިޙާނުތައް ބާއްވާ ގޮތަށް އިސްލާހުތައް ގެނައުމަށް ގޮވާލަމުންނެވެ.

އިމްތިޙާނުތަކުގެ މައްސަލަ ބޮޑުވީ، އިންޑިއާގެ ނެޝަނަލް ޓެސްޓިން އޭޖެންސީން ބޭއްވި މި އަހަރުގެ، ނެޝަނަލް އެލިޖިބިލިޓީ އެންޓްރެންސް ޓެސްޓް ލީކުވިކަން ހާމަވުމުން، އެ ޓެސްޓު ކެންސަލް ކުރުމާ ގުޅިގެންނެވެ. މެއި މަހުގެ ތިނެއްގައި ބޭއްވި އެ އިމްތިޙާނުގައި، މެޑިކަލް އަދި ޑެންޓަލް ދާއިރާއިން ކިޔަވަން ބޭނުންވާ 2.27 މިލިއަން ދަރިވަރުން ބައިވެރިވިއެވެ.

އިންޑިއާގައި ދަރިވަރުން ކުރާ މުޒާހަރާތަކުގެ ތެރެއިން: ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ އޭއެފްޕީ

އެ ޓެސްޓު ޕޭޕަރު ލީކުކުރާ ކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

މީގެ އިތުރުން، ގްރޭޑް 12ގެ އިމްތިޙާނުތައް ޑިޖިޓަލްކޮށް މާކްކުރަން މި އަހަރު ފެށި ނިޒާމެއްގެ ސަބަބުން، ބައެއް ކުދިންނަށް ލިބެން ޖެހޭ މާކްސް ނުލިބުން ފަދަ މައްސަލަތަކުގެ ސަބަބުން ވެސް ޒުވާނުންގެ ނުރުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެފައެވެ.

އެ މައްސަލަތަކާ ގުޅިގެން މި މަހުގެ ހަވަނަ ދުވަހު ފެށި މުޒާހަރާތަކުގައި ހަމަނުޖެހުންތައް ވެސް ހިނގައިފައިވާއިރު، އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމަކީ ގިނަ ބަޔެއްގެ ޑިމާންޑެކެވެ.

އެ މުޒާހަރާތަކުގައި ބައިވެރިވި 100އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، 108 ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދަން މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މި ނިންމެވުން ނިންމަވައިފައިވަނީ އެ ގައުމުގެ ޒުވާނުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ. އޭނާގެ އިސްތިއުފާގެ ސިޓީ މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވައިފައިވާކަން ވެސް އޭނާ ވަނީ ރަސްމީކޮށް ހާމަކުރައްވައިފައެވެ. ```json

  • އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދަން މަގާމުން އިސްތިއުފާ ދެއްވުން.
  • މި ނިންމެވުމުގެ މައިގަނޑު ސަބަބަކީ ޒުވާނުން ކުރަމުންދާ މުޒާހަރާތައް ކަމުގައި ވުން.
  • އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވައިފައިވުން.
  • މި މުހިންމު ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ފަހުގެ ވަގުތެއްގައި ހާމަވާނެކަން.
ގުޅޭ ޓެގު
comment ކޮމެންޓް