"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް"ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން

"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް"ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ވަނީ ހަމަޖައްސައިފައި -- ފޮޓޯ/ އުރީދޫ

ޓެންސެންޓްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނުން ރާއްޖޭގައި އިންތިޒާމުކުރާ "ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" (ޕީއެމްއެންސީ) މޯލްޑިވްސްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ހަމަޖައްސައިފިއެވެ.

މި މުބާރާތަކީ، ކުރިއަށް އޮތް ސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއް ހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީއެމްޖީސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.

މި މުބާރާތް ކުރިއަށްދާނީ މައިގަނޑު ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުހަލާ އިއްޔެ ފަށައި، މާދަމާގެ ނިޔަލަށް "އިން-ގޭމް ކޮލިފައިންގް" ސްޓޭޖް 2 އޮންލައިންކޮށް ކުރިއަށްގެންދާނެއެވެ.

އެއަށްފަހު އަންނަ މަހުގެ ތިނަކުން ހަތަކަށް "ނޭޝަނަލް ނޮކްއައުޓްސް - ސަވައިވާސް ސާކަލް" އޮންލައިންކޮށް ކުރިއަށްދާނެއެވެ. މުބާރާތުގެ ފޯރިގަދަ "ލޭން ނޭޝަނަލް ފައިނަލްސް" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 އިން 15 އަށެވެ. މި މަރުހަލާގައި ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުން ގައުމީ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެއެވެ.

މި ޕާޓްނަޝިޕްއާ ގުޅޭގޮތުން އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒު ވިދާޅުވީ، ގޭމިންގަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫން ކަމަށާއި އެއީ ޒުވާން ހުނަރުވެރިންނަށް އައު ފުރުސަތުތަކެއް ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި އޫރީދޫ ނޭޝަން މެދުވެރިކޮށް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އެ ކުންފުނިން އަބަދުވެސް ދެމިއޮންނާނެެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ކުޅުންތެރިން ބާރުވެރިކުރުވައި، ކުޅުންތެރިންގެ ހުނަރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދައްކާލުމަށް ލިބޭ އަގުހުރި ފުރުސަތެއް." ނިޔާޒު ވިދާޅުވިއެވެ.

މި ޕާޓްނަޝިޕާ ގުޅޭގޮތުން މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއީލް އަޒްމީ އަދުނާން ވިދާޅުވީ، ރާއްޖޭގައި ގޭމިންއަށް ޚާއްސަ ޕްލެޓްފޯމެއް ތައާރަފުކުރި ފުރަތަމަ ބްރޭންޑުގެ ހައިސިއްޔަތުން، އޫރީދޫއަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމަގައި އިސް ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

"މި ޕާންޓްނަޝިޕްއާ އެކު ކުޅުންތެރިން ބާރުވެރިކޮށް ރާއްޖޭގައި އީ-ސްޕޯޓްސްގެ ވާދަވެރިކަން އިތުރުކުރުމަށް އޫރީދޫ ނޭޝަންއާ އެކު މަސައްކަތްކުރުމަށް އުއްމީދުކުރަން." އަޒްމީ ވިދާޅުވިއެވެ.

އުރީދޫން ބުނި ގޮތުގައި، އޫރީދޫ ނޭޝަން މެދުވެރިކޮށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ގޭމިންގް އަދި އީ-ސްޕޯޓްސް ކުރިއަރުވައި، ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.

އެ މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، މެޗުތައް ތާވަލުކުރެވިފައިވާ ގޮތް އޫރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުން ބަލައިލެވޭނެއެވެ.

މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރާ ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ވަނީ ހަމަޖައްސާފައެވެ. މި މުބާރާތަކީ ބައިނަލްއަގުވާމީ ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމުތަކަށް ލިބޭ މުހިންމު ފުރުސަތެކެވެ. އުރީދޫ މޯލްޑިވްސް އަދި އީސްޕޯޓްސް އެސޯސިއޭޝަނުން ފާހަގަކުރާ ގޮތުގައި، މި ޕާޓްނަޝިޕްގެ މައިގަނޑު މަގުސަދަކީ ވާދަވެރި މާހައުލެއްގައި ޒުވާން ކުޅުންތެރިން ބާރުވެރިކޮށް، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހުނަރު ދައްކާލުމުގެ މަގު ފަހިކޮށްދިނުމެވެ. ```json

  • މުބާރާތް ކުރިއަށްދާނީ އިންގޭމް ކޮލިފައިން، ނޭޝަނަލް ނޮކްއައުޓްސް އަދި ލޭން ނޭޝަނަލް ފައިނަލްސް ހިމެނޭގޮތަށް ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.
  • މުބާރާތުގެ ފަހު މަރުހަލާ ކަމަށްވާ ލޭން ނޭޝަނަލް ފައިނަލްސް އޮންނާނީ އަންނަ މަހުގެ 13 އިން 15 އަށެވެ.
  • މިއީ ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމު ހޮވައި، ބައިނަލްއަގުވާމީ މުބާރާތްތަކަށް ވާދަކުރުމަށް މަގުފަހިކޮށްދޭ މުބާރާތެކެވެ.
  • މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ޝެޑިއުލް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޕޭޖްތައް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް