ބާދުޝާ އާއި އިޝާގެ ކައިވެނި ނިމުމަކަށް

އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ ބާދްޝާ އަދި އިޝާ ރިކީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދުޝާ އާއި އޭނާގެ އަނބިމީހާ އިޝާ ރިކީގެ ކައިވެނީގެ ގުޅުމަށް ބުރޫއަރާފައިވާ ކަމަށް ބެލެވޭ ފަދަ ޕޯސްޓެއް އިޝާ އިންސްޓަގްރާމްގައި ހިއްސާކުރުމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިއްޖެއެވެ.

އިޝާ އާއި ބާދުޝާގެ ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި އިޝާ ލިޔެފައިވަނީ، 'ކޮންމެ ތޫފާނަކީވެސް ފިލާވަޅެކެވެ. ކޮންމެ ދުޢާއަކީ އުންމީދެކެވެ' މިގޮތަށެވެ. މި ޕޯސްޓުގެ ސަބަބުން މި ދެމަފިރިން ވަކިވެފައިވާ ކަމަށް ގިނަ ބަޔަކު މިހާރު ދަނީ ތުހުމަތުކުރަމުންނެވެ.

އިޝާ ހިއްސާކުރި ވީޑިއޯ ފެށެނީ ބާދުޝާ އާއި އޭނާގެ ކައިވެނީގެ ރަސްމިއްޔާތުގެ މަންޒަރުތަކުންނެވެ. އޭގައި ދެމީހުން އެކުގައި ހޭދަކުރި އުފާވެރި ވަގުތުތަކާއި، އާއިލީ ފޮޓޯތަކުގެ އިތުރުން އަސަރުގަދަ ބައެއް މަންޒަރުތައްވެސް ހިމެނެއެވެ.

ކައިވެނީގައި މައްސަލައެއް ޖެހިގެން އުޅޭކަމަށް އިޝާ ސީދާ ބުނެފައި ނުވި ނަމަވެސް، އެ ވީޑިއޯ އާއި އޭގައިވާ ލިޔުންތަކުން ދޭހަވަނީ އެފަދަ މާނައެއް ކަމަށް ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.

ބާދްޝާ އަންހެނުން އިޝާއާ އެކު ކައިވެނީގެ ހަފްލާގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އެންޑީޓީވީ

މި ޕޯސްޓާ ގުޅިގެން ފިލްމީ ދާއިރާގެ ބައެއް ތަރިން ކަމަށްވާ ޖޭސްމިން ބާސިން އާއި ޝްރުތީ ސޯދީ ވެސް ވަނީ އިޝާއަށް ހިތްވަރުދީ ކޮމެންޓް ކޮށްފައެވެ. އަދި ސަޕޯޓަރުންވެސް ދަނީ ކަންވީ ގޮތާ ބެހޭގޮތުން ސުވާލުކޮށް، ހެޔޮ ދުޢާތައް ފޮނުވަމުންނެވެ.

ބާދުޝާ އާއި އިޝާ ރިކީ ކައިވެނިކުރި ޚަބަރު އާންމުވީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ދެމީހުން ފުރަތަމަ ބައްދަލުވީ ރަހުމަތްތެރިއެއްގެ ޕާޓީއަކުންނެވެ. އޭގެ ފަހުން އެކުވެރިކަން ބަދަހިވެ، ލޯބީގެ ގުޅުމަކަށް ބަދަލުވީއެވެ.

މިއީ ބާދުޝާގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ކައިވެނިކުރީ ޖޭސްމިން މަސީހް ނަމަކަށްކިޔާ މީހަކާއެވެ. ދެހާސްބާރަ ވަނަ އަހަރު ކުރި އެ ކައިވެނި އަށް އަހަރަށް ފަހު 2020ގައި ވަނީ ރޫޅިފައެވެ. އެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވެއެވެ.

އިޝާ އަކީ އިންޑިއާގެ ޕަންޖާބީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ އިތުރުން މޮޑެލް ކުރުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އަންނަ ފަންނާނެކެވެ.

އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ ބަދްޝާ ދާދިފަހުން ވަނީ، އިންޑިއާގެ ފަތުރުވެރިންގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖެއިން މި އަހަރު ހިންގި ބައެއް ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

comment ކޮމެންޓް