ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ކޯޗުކަމާ ޒިދާން ހަވާލުވަނީ

ޒައިނުއްދީން ޒިދާން--

ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމަށް ޒިނެދިން ޒިދާން ތައްޔާރުވެފައެވެ. 14

ފްރާންސްގެ ހެޑު ކޯޗުކަމުގައި 14 އަހަރު ހޭދަކުރުމަށްފަހު، ނިމިދިޔަ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ކެޓި ފްރާންސްގެ ހެޑު ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ މަގާމުން އިސްތިއުފާދީފައެވެ.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޒިދާން، ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން 2021 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށްލި ފަހުން އެއްވެސް ޓީމަކަށް ކޯޗުކަން ކޮށްދީފައިނުވާ 53 އަހަރުގެ ޒިދާން ވަނީ ފްރާންސް ގައުމީ ޓީމުގެ ކޯޗުކަން ބޭނުންވާތީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ލިބުނު ގިނަ ހުށަހެޅުންތަކަކަށް އިންކާރުކޮށްފައެވެ.

ޑެޝޯމްސްއަކީ 1998 ވަނަ އަހަރު ކެޕްޓަންގެ ގޮތުގައި އަދި 2018 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި ފްރާންސަށް ވޯލްޑް ކަޕް ހޯދައިދިން ކޯޗެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވެ، އަދި ތިންވަނަ ހޮވާ މެޗުގައި 6-4 އިން އިންގްލޭންޑް އަތުން ބަލިވުމުން ފްރާންސް މުބާރާތް ނިންމާލީ ހަތަރުވަނައިގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފްރާްންސުން މިހާރު ތައްޔާރުވަމުންދަނީ އެ ގައުމުގެ ކޯޗުކަން ޒިދާނަށް ހަވާލުކުރިކަން ރަސްމީކޮށް އިއުލާނުކުރުމަށް ތައްޔާރުވަމުންނެވެ.

ފްރާންސްގެ ގައުމީ ޓީމާއި ކޯޗިން ކެރިއަރުގައިވެސް ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒިދާނަކީ އާދައިގެ ކޯޗެއް ނޫނެވެ.

ޒިނެދީން ޒިދާނަކީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ އިތުރުން، ކޯޗެއްގެ ގޮތުގައިވެސް ތާރީޚީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑެކެވެ.

އޭނާގެ ކޯޗިންގ ކެރިއަރު ރަސްމީކޮށް ފެށީ ރިއާލް މެޑްރިޑްގެ ބީ ޓީމު ކާސްޓިޔާ އިންނެވެ. އެއަށްފަހު، 2016 ވަނަ އަހަރުގެ ޖަނަވަރީ މަހު ރެއާލް މެޑްރިޑްގެ ސީނިއާ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވުމާއެކު، އޭނާ ވެގެންދިޔައީ ކްލަބުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް މެނޭޖަރަށެވެ.

ޒިދާންގެ ކޯޗިންގ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއަކީ ޖެހިޖެހިގެން ތިން އަހަރު (2016، 2017، އަދި 2018) ޔުއެފާ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ހޯދައިދިނުމެވެ. މިއީ މުބާރާތުގެ އާ ފޯމެޓުގައި ކޯޗަކު ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ އަދި ހަމައެކަނި ފަހަރެވެ.

މީގެ އިތުރުން، ރެއާލް މެޑްރިޑްގައި ހޭދަކުރި ދެ ދައުރުގެ ތެރޭގައި (2016–2018 އަދި 2019–2021) އޭނާ ވަނީ ޖުމްލަ 11 ތަށި ކްލަބަށް ހޯދައިދީފައެވެ.

2017 ވަނަ އަހަރު ފީފާގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމުވެސް އޭނާ ކާމިޔާބުކުރިއެވެ. އޭނާއަކީ ފުޓްބޯޅަ ތާރީޚުގައި ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައިވެސް އެންމެ މަތީ ފަންތީގައި ކާމިޔާބީ ހޯދާފައިވާ މަދު މީހުންގެ ތެރެއިން އެކެކެވެ.

comment ކޮމެންޓް