ސެމްސަންގް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އެންމެ އެޑްވާންސް އިޔާބަޑްސް ކަމަށްވާ "ގެލެކްސީ ބަޑްސް 3 ޕްރޯ" އަށް ޚާއްޞަ އާ ސޮފްޓްވެއާ އަޕްޑޭޓެއް އެ ކުންފުނިން ރަސްމީކޮށް ނެރެފިއެވެ.
ސެމްސަންގް އިން ހާމަކޮށްފައިވާ ގޮތުގައި މި އަޕްޑޭޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދެ ބަދަލެކެވެ. އެއީ ސްޓެބިލައިޒޭޝަން ކޯޑު އެޕްލައި ކުރުމާއި، ޓާމިނަލް އޮޕަރޭޝަނާ ގުޅޭ ސްޓެބިލައިޒޭޝަން ކޯޑު އެޕްލައި ކުރުމެވެ.
މި ގެނެވުނު ބަދަލުތަކުގެ ސަބަބުން ގެލެކްސީ ބަޑްސް 3 ޕްރޯގެ މަސައްކަތްތައް ހަރުދަނާވެ، ކަނެކްޓިވިޓީ ނުވަތަ ފޯނާ ގުޅުވައިދޭ ގުޅުމާއި، އިވޭ އަޑުގެ ކޮލިޓީގެ އިތުރުން ބެޓެރީގެ ޕާފޯމަންސް ކުރިއަށްވުރެ ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.
މި އަޕްޑޭޓް އެންމެ ފުރަތަމަ ރޯލްއައުޓް ކުރަން ފަށާފައިވަނީ ސަމްސަންގްގެ އަމިއްލަ ގައުމު ކަމަށްވާ ދެކުނު ކޮރެޔާގައެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި އަޕްޑޭޓް ލިބެން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އާ އަޕްޑޭޓް އަމިއްލައަށް އިޔާބަޑްސް އަށް އަޅަން ބޭނުންވާ ފަރާތްތަކަށް ފޯނުގައިވާ "ގެލެކްސީ ވެއަރަބަލް" އެޕްލިކޭޝަން ހުޅުވާލުމަށްފަހު، އޭގެ ތެރެއިން "އިޔާބަޑްސް ސެޓިންގްސް" އަށް ގޮސް، "އިޔާބަޑްސް ސޮފްޓްވެއާ އަޕްޑޭޓް" ޚިޔާރުކުރުމަށްފަހު "ޑައުންލޯޑް އެންޑް އިންސްޓޯލް" އަށް ފިތާލުމުން އަޕްޑޭޓް ކުރެވޭނެއެވެ.
ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ އަކީ އެ ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު، އަދި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ ގެލެކްސީ އޭއައި ގެ ގިނަ ފީޗާތަކެއް އެކުލެވޭހެން ޑިޒައިން ބަދަލުކޮށްގެން ނެރުނު ފްލެގްޝިޕް އިޔާބަޑްސްއެކެވެ. މި އިޔާބަޑްސް ބާޒާރަށް ނެރުނުތާ ކުރީކޮޅު، އޭގެ ހާޑްވެއާ ކޮލިޓީއާ ގުޅޭ ބައެއް މައްސަލަތައް ފާހަގަކުރެވިގެން ޝިޕްމަންޓްތައް މަޑުޖައްސާލަން ޖެހުނު ނަމަވެސް، ސަމްސަންގް އިން ވަނީ އެ ކަންކަން ހައްލުކޮށް އަލުން ބާޒާރަށް ނެރެފައެވެ. މިހާރު ނެރެމުންދާ ސޮފްޓްވެއާ އަޕްޑޭޓްތަކަކީ މި އިޔާބަޑްސް ބޭނުންކުރާއިރު ދިމާވާ ކުދިކުދި ބަގްތައް ހައްލުކޮށް، އޯޑިއޯ ކޮލިޓީއާއި ބެޓެރީގެ ލައިފް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެ ކުންފުނިން ދެމުންގެންދާ ސަޕޯޓުގެ ބައެކެވެ.
މި އާ އަޕްޑޭޓަކީ ގެލެކްސީ ބަޑްސް 3 ޕްރޯ ބާޒާރަށް ނެރުނު ފަހުން އޭގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި ސަމްސަންގް އިން ނެރުނު ފުރަތަމަ ސޮފްޓްވެއާ އަޕްޑޭޓްތަކުގެ ތެރެއިން އަޕްޑޭޓެކެވެ. މީގެ ކުރިން ނެރުނު އަޕްޑޭޓްތަކުގައި ވެސް މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައިވަނީ އިޔާބަޑްސްގެ ބްލޫޓޫތު ގުޅުން ދެމެހެއްޓުމަށާއި، ތަންތަނަށް ދާއިރު ބޭރުގެ އަޑުތައް ކަނޑާލަދޭ "އެކްޓިވް ނޮއިސް ކެންސަލޭޝަން" ފީޗާގެ ސްޓެބިލިޓީ ރަނގަޅު ކުރުމަށެވެ.
ސެމްސަންގް އިން އާންމުކޮށް މިފަދަ އަޕްޑޭޓްތައް އެންމެ ފުރަތަމަ ދެކުނު ކޮރެޔާއަށް ނެރުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި ޔޫރަޕް، އެމެރިކާ އަދި އޭޝިއާގެ އެހެން ޤައުމުތަކުގެ ޔޫޒަރުންނަށް ލިބޭނެ މަގު ފަހިކޮށްދެއެވެ.