54 ގަޑިއިރުގެ ބެޓެރީ ލައިފާއެކު ވަންޕްލަސް ނޯޑް ބަޑްސް 4 ތަޢާރަފްކޮށްފި

މި ފަހަރުގެ ނޯޑް ބަޑްސް 4 ގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ބޭރުގެ އަޑުތައް ކަނޑުވާލަދޭ އެކްޓިވް ނޮއިސް ކެންސަލޭޝަން ---

ވަންޕްލަސް ކުންފުނީގެ މަގުބޫލު "ނޯޑް" ސީރީޒްގެ އެންމެ ފަހުގެ ވަޔަލެސް އިއަފޯން "ވަންޕްލަސް ނޯޑް ބަޑްސް 4" ރަސްމީކޮށް ބާޒާރަށް ތަޢާރަފްކޮށްފިއެވެ.

މިއީ މީގެ ކުރިން ނެރުނު ބަޑްސް 4 ޕްރޯއަށްފަހު މި ސީރީޒްއަށް އިތުރުވި އައު އުފެއްދުމެކެވެ. މި އިއަފޯނުގެ އަގަކީ 39.50 އެމެރިކާ ޑޮލަރު ކަމަށްވީ ނަމަވެސް، ޚާއްޞަ ލޯންޗް އޮފާއެއްގެ ދަށުން މިހާރު މިއަދަދު ވަނީ ގާތްގަނޑަކަށް 37.10 އެމެރިކާ ޑޮލަރަށް ކުޑަކޮށްދީފައެވެ. މި އުފެއްދުން ބާޒާރުން ގަންނަން ލިބޭނީ "ސްޓެލާ ބްލެކް" އަދި "އެސްޓްރަލް ޓީލް" ކުލައިގައެވެ.

މި ފަހަރުގެ ނޯޑް ބަޑްސް 4 ގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ބޭރުގެ އަޑުތައް ކަނޑުވާލަދޭ އެކްޓިވް ނޮއިސް ކެންސަލޭޝަން (އޭއެންސީ) 52 ޑެސިބެލް (ޑީބީ) އަށް މަތިކޮށްފައިވުމެވެ. މިއީ ކުރީގެ ޖީލުގެ ބަޑްސްތަކާ އަޅާބަލާއިރު %200 އިތުރު ކުރިއެރުމެއް ކަމަށް ވަންޕްލަސްއިން ހާމަކުރެއެވެ. މީގެ އިތުރުން މިިއިއާފޯނުގެ އަޑުގެ ފެންވަރު ރަނގަޅުކޮށް، ބާރުގަދަ ބޭސްއެއް ނެރެދިނުމަށްޓަކައި އޭގެ އެތެރޭގައި 12 މިލިމީޓަރުގެ ޓައިޓޭނިއަމް ކޯޓެޑް ޑައިނަމިކް ޑްރައިވަރުތަކެއް ވަނީ ހަރުކޮށްފައެވެ.

ފޯނު ކޯލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މި އިއަފޯނުގައި 6 މައިކްރޯފޯނުގެ ސެޓަޕެއް ހިމަނާފައިވާ އިރު، އޭއައި ބެކްޑް ކްލިއާ ކޯލް ޓެކްނޮލޮޖީގެ އެހީގައި ގަޑިއަކު 25 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭ އިރުވެސް ވައިގެ އަޑު ކަނޑުވާލަދެއެވެ. މީގެ އިތުރުން 3ޑީ ސްޕޭޝަލް އޯޑިއޯ، ގޭމް ސްޕޭޝަލް އޯޑިއޯ އަދި ގޭމް ކުޅޭއިރު އަޑު ލަސްވުން ކުޑަކޮށްދޭ 47އެމްއެސް ލޯ-ލެޓެންސީ މޯޑްވެސް މީގައި ހިމެނެއެވެ. ކަނެކްޓިވިޓީއަށް ބަލާއިރު ބްލޫޓޫތު 6.1 އާއި އެކު އެއްފަހަރާ ދެ ޑިވައިސްއަކަށް ގުޅާލުމުގެ ފުރުޞަތު ލިބެއެވެ.

މި އިއަފޯނުގެ ބެޓެރީ ލައިފަކީވެސް ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ބައެކެވެ. އޭއެންސީ ނުޖައްސާ ބޭނުންކުރާނަމަ ކޭސްއާއެކު ޖުމްލަ 54 ގަޑިއިރުގެ ޕްލޭބެކް ޓައިމް ލިބޭއިރު، ހަމައެކަނި އިއަބަޑްސްއިން 13 ގަޑިއިރުގެ ލަވަ އަޑުއެހޭނެއެވެ. އަދި އޭއެންސީ ޖައްސައިގެން ބޭނުންކުރާނަމަ ޖުމްލަ 27 ގަޑިއިރު ބޭނުންކުރެވެއެވެ. މީގެ އިތުރުން ފާސްޓް ޗާޖިން ސަޕޯޓްކުރާތީ، އެންމެ 10 މިނެޓުން ޗާޖުކޮށްލައިގެން ވެސް ކޭސްއާއެކު 11 ގަޑިއިރު ބޭނުންކޮށްލެވެއެވެ.

ހިރަފުހާއި ފެނުން ރައްކާތެރިކޮށްދޭ އައިޕީ55 ރޭޓިންގް ލިބިފައިވާ މި އިއަބަޑްސްގެ ކޮންމެ ފަރާތެއްގެ ބަރުދަނުގައި ހުންނަނީ އެންމެ 4.3 ގްރާމެވެ.

އޭއައި ޓްރާންސްލޭޓް ފަދަ ޒަމާނީ ފީޗާސްތަކާއެކު ނެރުނު މި އިއަފޯން ބާޒާރުގައި ރަސްމީކޮށް ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ވަންޕްލަސްގެ ވެބްސައިޓް، އެމެޒޯން އަދި ފްލިޕްކާޓް ފަދަ މަގުބޫލު ޕްލެޓްފޯމްތަކުގައެވެ.

ވަންޕްލަސް ކުންފުނިން އެ ކުންފުނީގެ މަގުބޫލު "ނޯޑް" ސީރީޒްގެ ދަށުން "ވަންޕްލަސް ނޯޑް ބަޑްސް 4" ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މިއީ މީގެ ކުރިން ބާޒާރަށް ނެރުނު ބަޑްސް 4 ޕްރޯއަށްފަހު، މި ސީރީޒް އިތުރަށް ފުރިހަމަކުރުމަށްޓަކައި ނެރުނު އައު އުފެއްދުމެކެވެ. މި އިއަފޯނުގެ އަގަކީ ގާތްގަނޑަކަށް 39.50 އެމެރިކާ ޑޮލަރު ކަމަށްވީ ނަމަވެސް، ޚާއްޞަ ލޯންޗް އޮފާއެއްގެ ދަށުން މިހާރު މި އަދަދު ވަނީ 37.10 އެމެރިކާ ޑޮލަރަށް ކުޑަކޮށްދީފައެވެ. މި އުފެއްދުން ލިބެން ހުންނާނީ ސްޓެލާ ބްލެކް އަދި އެސްޓްރަލް ޓީލް ކުލައިގައެވެ. މި އިއަފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފަޔަކީ 52 ޑެސިބެލްގެ އެކްޓިވް ނޮއިސް ކެންސަލޭޝަން (އޭއެންސީ) ހިމެނުމެވެ. މިއީ ކުރީގެ ޖީލުގެ ބަޑްސްތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން 12 މިލިމީޓަރުގެ ޓައިޓޭނިއަމް ކޯޓެޑް ޑައިނަމިކް ޑްރައިވަރުތަކެއް އެކުލެވިގެންވާއިރު، 6 މައިކްރޯފޯނުގެ އެހީގައި ފޯނު ކޯލްތައް ވަރަށް ސާފުކޮށްދެއެވެ. ގަޑިއަކު 25 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭއިރުވެސް އަޑު ސާފުކޮށްދޭ އޭއައި ޓެކްނޮލޮޖީ މީގައި ހިމެނެއެވެ. ހަމައެހެންމެ، 3ޑީ ސްޕޭޝަލް އޯޑިއޯ، ގޭމް ސްޕޭޝަލް އޯޑިއޯ އަދި ގޭމް ކުޅޭއިރު އަޑު ލަސްވުން ކުޑަކޮށްދޭ 47 އެމްއެސް ލޯ-ލެޓެންސީ މޯޑްވެސް ވަނީ ހިމަނާފައެވެ. ބެޓެރީގެ ގާބިލުކަމަށް ބަލާއިރު، އޭއެންސީ ނުޖައްސައި ބޭނުންކުރާނަމަ ކޭސްއާއެކު ޖުމްލަ 54 ގަޑިއިރުގެ ޕްލޭބެކް ޓައިމް ލިބޭނެއެވެ. ހަމައެކަނި އިއަބަޑްސްއިން 13 ގަޑިއިރު ލަވަ އަޑުއެހޭއިރު، އޭއެންސީ ޖައްސައިގެން 27 ގަޑިއިރު ބޭނުންކުރެވެއެވެ. ފާސްޓް ޗާޖިންގެ ސަބަބުން އެންމެ 10 މިނެޓުގެ ޗާޖަކުން 11 ގަޑިއިރު ވަންދެން ބޭނުންކުރެވޭނެއެވެ. މި އުފެއްދުން ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ވަންޕްލަސްގެ ވެބްސައިޓާއި، އެމެޒޯން އަދި ފްލިޕްކާޓް ފަދަ ޕްލެޓްފޯމްތަކުން ގަންނަން ލިބޭނެއެވެ.

  • އެކްޓިވް ނޮއިސް ކެންސަލޭޝަން 52 ޑެސިބެލް އަށް މަތިކޮށްފައިވުން.
  • އެންމެ 10 މިނެޓުން ޗާޖުކޮށްގެން 11 ގަޑިއިރު ބޭނުންކުރެވޭނެ ފާސްޓް ޗާޖިންގ ނިޒާމު.
  • ފެނާއި ހިރަފުހުން ރައްކާތެރިވުމަށް އައިޕީ 55 ގެ ރޭޓިންގ ލިބިފައިވުން.
  • ބްލޫޓޫތު 6.1 ގެ ޒަރީއާއިން އެއްފަހަރާ ދެ ޑިވައިސްއަށް ގުޅާލެވޭނެ ގާބިލުކަން.
  • ކޮންމެ އިއަބަޑެއްގެ ބަރުދަނުގައި އެންމެ 4.3 ގްރާމް ހުރުން.
  • ބެޓެރީ ލައިފް 54 ގަޑިއިރަށް ދެމިގެންދާ ފެންވަރު ރަނގަޅު އިއަފޯނެއް ބާޒާރަށް ނެރުން.
  • އޭއައި ޓެކްނޮލޮޖީގެ އެހީގައި އަޑު ސާފުކޮށްދޭ 6 މައިކްރޯފޯނު ސެޓަޕް އެކުލެވުން.
  • އަގުހެޔޮކޮށް ޒަމާނީ ގިނަ ފީޗާތަކެއް ލިބިގެންދާނެ އުފެއްދުމަކަށްވުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު