އަލަތު ކައިވެނީގެ ހަފުލާއަށް މާލޭން ހިލޭ ޖާގަ ހަމަޖައްސައި ދެނީ

ޑިސެމްބަރު 24، 2024: ރީތި ތާރީޚުތަކާ ދިމާކޮށް އާންމު ގޮތެއްގައި ކައިވެނި ކުރާ މިންވަރު އިތުރުވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައި ދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ނިންމާފައި ވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.

އަލަތު ކައިވެނިކުރާ ފަރާތްތަކަށް ހިލޭ ހޯލް ނުވަތަ މައިޒާންތައް ދޫކުރުމަށް ކައުންސިލުން ނިންމިއިރު، މިއީ އެ އިދާރާގެ އާމްދަނީއަށް އޭގެ ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. ސަބަބަކީ މިފަދަ ހަފުލާތަކަށް، ޖާގަ ކުއްޔަށް ދީގެން ސިޓީ ކައުންސިލަށް މިހާރު ވެސް ބޮޑު މާލީ ފައިދާއެއް ލިބެމުން ދާތީއެވެ.

ޚާއްސަކޮށް މާލޭގައި ކައިވެނީގެ ވަލީމާތައް ބޭއްވުމަށް އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ލޮނުޒިޔާރަތް ޕާކަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ އަދި އެތަނުން ބޮޑު ކުއްޔެއް ނަގަމުންދާ ތަނެކެވެ.

މާލޭގައި ކޮންމެ މަހަކު ވެސް އެތައް ސަތޭކަ ކައިވެންޏެއް ކުރެވެމުންދާއިރު، ހަފުލާ ބާއްވާނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައެވެ.

އެފަދަ ތަންތަން ކުއްޔަށް ހިފުމަށް އާންމުން އަތުން ބޮޑެތި ޚަރަދުތަކެއް ހިންގާތީ، ސިޓީ ކައުންސިލްގެ މި ނިންމުމަކީ އަލަށް ދިރިއުޅުމެއް ފަށާ ޒުވާން އާއިލާތަކަށް މާލީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މި ނިންމުމަކީ މޭޔަރު އާދަމް އާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންގެ ކެމްޕެއިންގެ ތެރޭގައި ޒުވާނުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ އަލަތު ކައިވެނީގެ ވަލީމާ ބާއްވާ ފަރާތްތަކަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް ނިންމާފައެވެ. މިކަމާ ގުޅޭ ހާއްސަ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމަށްފަހު، ވަރަށް އަވަހަށް އާންމުކޮށް އިއުލާނުކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މިއީ މާލޭގެ މޭޔަރު އާދަމް އާޒިމް އަދި ކައުންސިލަރުންގެ ކެމްޕެއިން ވައުދެއް ފުއްދުމުގެ ގޮތުން ނިންމި މުހިންމު ނިންމުމެކެވެ. މި ނިންމުމުގެ ސަބަބުން ސިޓީ ކައުންސިލަށް ލިބެމުންދާ އާމްދަނީއަށް ނޭދެވޭ އަސަރެއް ކުރާނެއެވެ. ޚާއްސަކޮށް ލޮނުޒިޔާރަތް ޕާކު ފަދަ އާމްދަނީ ލިބޭ ތަންތަން ހިލޭ ދޫކުރުމުން ކައުންސިލްގެ މާލީ ފައިދާ ކުޑަވާނެއެވެ. އެހެންނަމަވެސް، މާލޭގައި ކޮންމެ މަހަކު ކުރެވޭ އެތައް ސަތޭކަ ކައިވެންޏަކަށް ބަލާއިރު، މިއީ ހަފުލާތައް ބޭއްވުމުގެ ތަނަވަސްކަން ނެތް ޒުވާނުންނަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އާންމުން އަތުން ބޮޑެތި ޚަރަދުތަކެއް ހިނގާ ކަންކަމަށް ލުޔެއް ހޯދައިދިނުމަކީ މި ސިޔާސަތުގެ މައިގަނޑު އަމާޒެވެ.

  • އަލަތު ކައިވެނީގެ ހަފުލާތަކަށް މާލެއިން ހިލޭ ޖާގަ ދިނުމަށް ސިޓީ ކައުންސިލުން ނިންމައިފި.
  • މި ޚިދުމަތް ދިނުމުގައި ބަލާނެ އުސޫލުތައް އެކުލަވާލުމަށްފަހު ވަރަށް އަވަހަށް އާންމުކުރާނެ.
  • މި ބަދަލުގެ ސަބަބުން ކައުންސިލަށް ލިބެމުންދާ އާމްދަނީއަށް ވަރަށް ބޮޑު އުނިކަމެއް އަންނާނެ.
  • ލޮނުޒިޔާރަތް ޕާކަކީ މިފަދަ ހަފުލާތަކަށް އެންމެ މަގުބޫލު އަދި ކައުންސިލަށް ބޮޑު އާމްދަނީއެއް ލިބޭ އެއް ތަން.
  • މިއީ މާލޭގެ މޭޔަރު އަދި ކައުންސިލަރުން ޒުވާނުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެއް ފުއްދުން.
comment ކޮމެންޓް