އައު ޓެކްސް ކޮމިޝަނަރު ކަމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ފާޠިމަތު އަމީޒާ: އަމީޒާ ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ވަނީ ރުހުންދީފައި --- ފޮޓޯ: ޕީއެސްއެމްނިއުސް

އައު ޓެކްސް ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ފާޠިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ އަމީޒާގެ އިތުރުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުالله ގެ ނަމެވެ. އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ އިގުތިޞާދީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ހަވަނަ ދުވަހެވެ.

ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު ވަނީ މާކުސް ލިބުނު ތަރުތީބުން ދެ ބޭފުޅުންގެ ނަންތައް ތަޅުމަށް ހުށަހަޅަން ފާސްކޮށްފައެވެ. ކޮމިޓީން އަމީޒާ އަށް 92.44 މާކުސް ދިން އިރު، ރައީސް އިސްކަން ދެއްވި ޙަލީމަށް ކޮމިޓީން ދިނީ 82.89 މާކުހެވެ.

އެހެންވެ ރިޔާސަތުން މިއަދު ވޯޓަށް ފުރަތަމަ އެހީ އަމީޒާގެ ނަމެވެ. ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 64 މެންބަރުންވެސް ވަނީ އަމީޒާއަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

މިހާރުގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު އަމީޒާ އެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 2024ގައެވެ. މީރާ 2010ވަނަ އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތްކުރައްވަމުން ގެންދަވާ އަމީޒާ ވަނީ އެސިސްޓަންޓް ޓެކްސް ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ޙަސަން ޒަރީރު މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ދެ ނަންފުޅުގެ ތެރެއިން، މަޖިލީހުގެ އިގުތިޞާދީ ކޮމިޓީން އެންމެ މަތިން މާކުސް ހޯއްދަވައިގެން ފާސްވެފައިވަނީ އަމީޒާއެވެ. ކޮމިޓީން އަމީޒާއަށް 92.44 މާކުސް ލިބިވަޑައިގެންނެވިއިރު، މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުންދީފައެވެ. މީރާ އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތްކުރައްވަމުން ގެންދަވާ އަމީޒާ މީގެ ކުރިން ހުންނެވީ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައެވެ. މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

  • އައު ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުންދިނީ ފާޠިމަތު އަމީޒާއަށެވެ.
  • ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަމުގެ ތެރެއިން އަމީޒާއަށް ކޮމިޓީން އެންމެ މަތީ މާކުސް ލިބިވަޑައިގަތެވެ.
  • މަޖިލީހުގެ ތަޅުމުން އަމީޒާއަށް ރުހުންދިނީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
  • މީރާ އުފެދުނީއްސުރެ މަސައްކަތްކުރައްވަމުން ގެންދަވާ އަމީޒާ މީގެ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައެވެ.
  • މި މަގާމު ހުސްވީ ކުރީގެ ކޮމިޝަނަރު ފިނޭންސް މިނިސްޓަރު ކަމަށް ބަދަލުވުމުންނެވެ.
comment ކޮމެންޓް