ޖަޕާނުގެ ބޮކްސް އޮފީހުގައި 'ދުރަންދަރު'އަށް ފިނި ތަރުހީބެއް

ފިލްމު "ދުރަންދަރު"ގެ ލީޑް ތަރި ރަންވީރު ސިންގް އެ ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޑައިރެކްޓަރު އަދިތްޔާ ދާރްގެ ފިލްމު "ދުރަންދަރު" މިދިޔަ ހުކުރު ދުވަހު ޖަޕާނުގެ ސިނަމާތަކުގައި ދައްކަން ފެށިއިރު މިހާތަނަށް ފިލްމަށް ލިބުނީ ފިނި ތަރުހީބެއް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމާ ގުޅޭ ވިޔަފާރި ރިޕޯޓްތައް ބުނާގޮތުން، ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލް ކުޅެފައިވާ "ދުރަންދަރު" ބަލަން ފުރަތަމަ ދުވަހު ވަދެފައިވަނީ އެންމެ 900 ބެލުންތެރިންނެވެ. މީގެ ސަބަބުން އެ ގައުމުގެ ހަފުތާ ބަންދުގެ އެންމެ މަގުބޫލު 25 ފިލްމުގެ ލިސްޓުން ވެސް މި ފިލްމަށް ޖާގަ ވަނީ ނުލިބިފައެވެ.

ފިލްމު ދައްކަން ފެށި ދުވަހުގެ މެންދުރުފަހު 2 ޖެހުމާ ހަމައަށް 57 ސިނަމާއަކުން 449 މީހުން ފިލްމު ބަލާފައިވީ ނަމަވެސް، ދުވަހުގެ ބާކީ ބައިގައި ފިލްމަށް ލިބުނު ތަރުހީބު އިތުރުވެފައެއް ނުވެއެވެ. ދުވަސް ނިމުނުއިރު 80 ސިނަމާއަކުން ޖުމްލަ ވަދެފައިވަނީ 900 ބެލުންތެރިންނެވެ.

ފިލްމު "ދުރަންދަރު"ގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިން ފެންނަ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޖަޕާނުގައި މިހާތަނަށް ފުރަތަމަ ދުވަހު އެންމެ ގިނަ ބެލުންތެރިން ސިނަމާއަށް ވަން އިންޑިއާ ފިލްމުގެ ރެކޯޑް އަދިވެސް އޮތީ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަތުގައެވެ. އެ ފިލްމު ބަލަން ފުރަތަމަ ދުވަހު 8,230 މީހުން ވަދެފައިވެއެވެ. މި ލިސްޓުގެ ކުރީގައި ދެން ހިމެނޭ ފިލްމުތަކަކީ ޕްރަބާސް އަދި ބަތަލާ ޝްރައްދާގެ ފިލްމު "ސާހޯ"، "ކަލްކީ 2898 އޭޑީ"، "ޕަޓާން"، "ސަލާރު"، "ޖަވާން"، "ރަންގަސްތަލަމް"، "ދޭވަރާ"، "ބާހުބަލީ 2" އަދި "ޓައިގަ 3"އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެނެސްދިން ފިލްމު "ދުރަންދަރު"އަށް އިންޑިއާގެ ބޮކްސް އޮފީހުގައި މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު 1،428 ކްރޯޑު ރުޕީސްއަށް އަރާއިރު މި އަހަރުގެ މާޗް މަހު ރިލީޒްކުރި މި ފިލްމުގެ ދެވަނަ ބަޔަށް 1،852.44 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އަދިތްޔާ ދާރް ޑައިރެކްޓްކޮށް، ރަންވީރު ސިންގް ލީޑް ރޯލް ކުޅެފައިވާ ފިލްމު ދުރަންދަރު ޖަޕާނުގައި ރިލީޒްކުރި ފުރަތަމަ ދުވަހު ބަލާފައިވަނީ އެންމެ 900 މީހުންނެވެ. މި ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އެތައް ހާސް ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދާފައިވާ ފިލްމެއް ނަމަވެސް، ޖަޕާނުގެ އެންމެ މަގުބޫލު 25 ފިލްމުގެ ލިސްޓުން ވެސް މި ފިލްމަށް ޖާގަ ލިބިފައެއް ނުވެއެވެ. ޖަޕާނުގެ 80 ސިނަމާއެއްގައި މި ފިލްމު ދައްކާފައިވާއިރު، ދުވަހުގެ ފަހުކޮޅަށް ދިޔައިރު ވެސް ތަރުހީބު އިތުރުވެފައެއް ނުވެއެވެ. އިންޑިއާގެ ފިލްމުތަކުގެ ތެރެއިން ޖަޕާނުގައި އެންމެ ބޮޑު ކާމިޔާބީއެއް އަދިވެސް އޮތީ 8230 ބެލުންތެރިންނާއެކު ރެކޯޑު ހަދާފައިވާ އާރްއާރްއާރް އަތުގައެވެ. ދުރަންދަރުގެ ފުރަތަމަ ބަޔަށް 1428 ކްރޯޑު އަދި ދެވަނަ ބަޔަށް 1852 ކްރޯޑު ރުޕީސް އިންޑިއާއިން ލިބިފައިވީ ނަމަވެސް، ޖަޕާނުގެ މާކެޓުގައި މި ފިލްމު ވަނީ އުންމީދުކުރި ވަރަށްވުރެ ބޮޑަށް ފެއިލްވެފައެވެ.

  • ފިލްމު ދުރަންދަރު ޖަޕާނުގައި ރިލީޒްކުރި ފުރަތަމަ ދުވަހު 80 ސިނަމާއަކުން ބެލީ އެންމެ 900 މީހުންނެވެ.
  • ޖަޕާނުގެ ހަފުތާ ބަންދުގެ އެންމެ މަގުބޫލު 25 ފިލްމުގެ ލިސްޓުން ވެސް މި ފިލްމަށް ޖާގަ ލިބިފައެއް ނުވެއެވެ.
  • އިންޑިއާގެ ފިލްމުތަކުގެ ތެރެއިން ޖަޕާނުގައި އަދިވެސް އެންމެ ކުރީގައި އުޅެނީ 8230 މީހުން ފުރަތަމަ ދުވަހު ބެލި ފިލްމު އާރްއާރްއާރް އެވެ.
  • އިންޑިއާގައި މި ފިލްމުގެ ފުރަތަމަ ބަޔަށް 1428 ކްރޯޑު އަދި ދެވަނަ ބަޔަށް 1852 ކްރޯޑު ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފައިވެއެވެ.
comment ކޮމެންޓް