ދިރާގު ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލައި ދިރާގު ލިމިޓެއްނެތް ފައިބާ ޕްލޭންތަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލައި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލައި ހަލުއި ސްޕީޑާއި އަންލިމިޓެޑް އިންޓަރނެޓް ތަޖުރިބާކޮށްލުމުގެ މަގު ފަހިކޮށްދިނުމެވެ. މި ގޮތުން، ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ޕްކޭޖްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް އެއްވެސް އިތުރު ފީއަކާ ނުލާ 31 ޖުލައިގެ ނިޔަލަށް އަޕްގްރޭޑްކުރެވޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ފައިބާ 5އެމް ސްޓާޓާ، ފައިބާ 5އެމް ބޭސިކް، ފައިބާ 5އެމް، ފައިބާ 10އެމް ބޭސިކް އަދި ފައިބާ 15އެމް ސްޓާޓާ ގެ އިތުރުން ޝަރުތުހަމަވާ އެހެނިހެން ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލިމިޓެއްނެތް ފައިބާ ޕެކޭޖަށް ހިލޭ އަޕްގްރޭޑް ކުރެވޭނެއެވެ.
ޕެކޭޖު އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އަޕްގްރޭޑް ޕޯޓަލް ނުވަތަ މައި އެކައުންޓް މެދުވެރިކޮށް މި ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެއެވެ. މީގެ އިތުރުން ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ވެސް ޕެކޭޖް އަޕްގްރޭޑް ކުރެވޭނެއެވެ.
މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންގެ އިންޓަނެޓް ތަޖުރިބާ އިތުރަށް ފުރިހަމަވެ، ވީޑިއޯ ސްޓްރީމް ކުރުމާއި، ޑައުންލޯޑް ކުރުމާއި، އޮންލައިން ގޭމިންގް އަދި ވީޑިއޯ ކޯލްތަކުގެ އިތުރުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.