މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް މުވައްޒަފުން ބާރުވެރިކުރުވުމަށް ދިރާގުން 'ޕިޗް ފޯ ޕާޕަސް' އިފުތިތާހުކޮށްފި

ދިރާގު މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްލާއެއްގައި 'ޕިޗް ފޯ ޕާޕަސް' އިފްތިތާހްކުރުން --- ފޮޓޯ: ދިރާގު

މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުން އިސްނަގައިގެން ހިންގާ ސީއެސްއާރު ހަރަކާތްތަކެއް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން 'ޕިޗް ފޯ ޕާޕަސް'ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ދިރާގުން މިއަދު އިފުތިތާހުކޮށްފިއެވެ.

މިއީ މިފަދަ ގޮތަކަށް މުވައްޒަފުން ބާރުވެރިކުރުވުމަށް އެ ކުންފުނިން ފެށި ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމަކީ ދިރާގުގެ މުވައްޒަފުން އިސްކަންދޭ އަދި މުޖުތަމައަށް މުހިންމު ކަންކަމުގައި ޚިޔާލު ހުށަހެޅުމަށް ތަރުތީބުކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން ފުރުސަތު ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މީގެ ދަށުން މުވައްޒަފުންނަށް ޓީމުތަކަށް ބެހިގެން، އެ މީހުންގެ ޚިޔާލުތައް ތަރައްގީކޮށް، ކުންފުނީގެ އެހީތެރިކަމާއެކު މުޖުތަމައުގައި އެ މަޝްރޫއުތައް ހިންގުމަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްފައިވަނީ މުވައްޒަފުންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. މި ހަފުލާގައި ޕްރޮގްރާމާ ބެހޭ މައުލޫމާތު ހިއްސާކޮށް، އިޖުތިމާއީ ގޮތުން ހެޔޮ ބަދަލުތަކެއް ގެނައުމުގައި މުވައްޒަފުންނަށް ބައިވެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ދިރާގުގެ މުވައްޒަފުންނަކީ މީގެ ކުރިންވެސް ތިމާވެށި ރައްކާތެރިކުރުމާއި، ހުނަރު ތަރައްގީކުރުން ފަދަ އިޖުތިމާއީ ގިނަ ހަރަކާތްތަކެއްގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ ބައެކެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ހޮވާލެވޭ އެންމެ ރަނގަޅު ތިން މަޝްރޫއަކަށް ކުންފުނީގެ އެހީތެރިކަމާއެކު މުޖުތަމައުގައި އަމަލީ ސިފަ ގެނައުމުގެ ފުރުސަތު ދެވޭނެއެވެ. މީގެ ސަބަބުން މުވައްޒަފުންނަށް އެ މީހުންގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ ބޭރުން، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، އާ ތަޖުރިބާތަކެއް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

"ޕިޗް ފޯ ޕާޕަސް މެދުވެރިކޮށް މުވައްޒަފުންނަށް މުޖުތަމައުގެ ބޭނުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ،" ދިރާގުން ފާހަގަކުރިއެވެ.

'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓިފިކެޓް ލިބިފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ކުރިއެރުމަށާއި، އެ މީހުންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށެވެ.

މި އިސްނެގުމަކީ ދިވެހިރާއްޖޭގެ މުޖުތަމައުތައް ބާރުވެރިކުރުވައި، ދެމެހެއްޓެނިވި ކުރިމަގަކަށް މަގުފަހިކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މި ޕްރޮގްރާމާއެކު ކުންފުނީގެ ތެރޭގައި އެކަކު އަނެކަކަށް އެހީތެރިވުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ސަގާފަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

ދިރާގުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގުމަށް ބާރުއެޅުމަށް 'ޕިޗް ފޯ ޕާޕަސް' ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މިއަދު ވަނީ އިފުތިތާހުކޮށްފައެވެ. މިއީ މުވައްޒަފުންގެ ޚިޔާލުތައް ތަރައްގީކޮށް، ކުންފުނީގެ އެހީތެރިކަމާއެކު އެ މަޝްރޫއުތައް އަމަލީގޮތުން ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މުވައްޒަފުން ޓީމުތަކަކަށް ބެހިގެން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން މަޝްރޫއެއް ހޮވައި، އެ ކަންކަން ހަގީގަތަކަށް ހެދުމަށް ދިރާގުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

  • މުވައްޒަފުން އިސްނަގައިގެން ސީއެސްއާރު ހަރަކާތްތައް ފަރުމާކޮށް ހިންގުމުގެ ފުރުސަތު ދިނުން.
  • އެންމެ ފުރިހަމަ ތިން މަޝްރޫއެއް ހޮވައި، ކުންފުނީގެ އެހީގައި އެކަންކަން ތަންފީޒުކުރުން.
  • ރަސްމީ މަސައްކަތުގެ ބޭރުން މުޖުތަމައަށް އެހީތެރިވުމުގެ އައު ތަޖުރިބާތަކެއް ހޯދައިދިނުން.
  • މުވައްޒަފުންގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކޮށް، އިޖުތިމާއީ ޒިންމާ އަދާކުރުން.
  • 'ޕިޗް ފޯ ޕާޕަސް' އަކީ ދިރާގުން މުވައްޒަފުން ބާރުވެރިކުރުވުމަށް ފެށި ފުރަތަމަ ޕްރޮގްރާމެވެ.
  • މި ޕްރޮގްރާމްގެ ސަބަބުން މުޖުތަމައުގެ ބޭނުންތައް ދެނެގަނެ ހައްލު ހޯދުމަށް ފަހިވާނެއެވެ.
  • 'ގްރޭޓް ޕްލޭސް ޓު ވޯކް' ގެ ދަރަޖަ ލިބިފައިވާ ދިރާގުން އަބަދުވެސް މުވައްޒަފުންގެ ކުރިއެރުމަށް އިސްކަންދެއެވެ.
comment ކޮމެންޓް