ދަރިންނަށް ޚަރަދު ނުދޭ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން ފުރަތަމަ ފަހަރަށް އާންމުކޮށްފި

ދަރިންގެ ޚަރަދު ނުދޭތީ ރަސްދޫ ކޯޓުން ވަނަވަރު ހާމަކުރި މީހާ ---- ފޮޓޯ/ ރަސްދޫ ކޯޓު

ދަރިންނަށް ޚަރަދުނުދޭ މީހެއްގެ ފޮޓޯ އއ. ރަސްދޫ ކޯޓުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެ ކޯޓުން ކުރި އިއުލާނުގައި ފޮޓޯ އާންމުކުރީ، އދ. މަންދޫ، ނޫރަންމާގެ މުޙައްމަދު ހަބީބުގެއެވެ.

އެ ކޯޓުން ބުނީ، އޭނާގެ ފޮޓޯ އާންމުކުރީ، ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިގޮތުން އެ މީހާއަކީ، ކޯޓު މެދުވެރިކޮށް ދަރިފުޅުގެ ޚަރަދު ނުދައްކާ މީހެއް ކަމަށް ރަސްދޫ ކޯޓުން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ދަރިންނަށް ޚަރަދުނުދޭ މީހުންގެ ފޮޓޯ އާންމުކުރަން ފެށީ، ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެފަހުން، ފެމިލީ ކޯޓުންނާއި ހދ. ކުޅުދުއްފުށީ ކޯޓުން ވެސް އެކަކުގެ ވަނަވަރު ހާމަކޮށްފައިވެއެވެ.

https://s3.sun.mv/207719

ރާއްޖެއަކީ ވަރި އެންމެ ގިނަ ގައުމު ކަމަށްވާއިރު، ދަރީންގެ ޚަރަދަށްވާ ފައިސާގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދުން ނުފުދުމާއި ކޯޓަށް ގޮސްގެން ވެސް އެ ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވުމަކީ ޒަމާންވީ ނަމަވެސް ހައްލުނުވެ އޮތް މައްސަލައެކެވެ.

comment ކޮމެންޓް