މެލޭޝިއާގައި ބުލީކުރުން ހުއްޓުވުމަށް ރިޓަޔަޑް ސިފައިން ނެރެނީ

މެލޭޝިއާގެ ސްކޫލެއް

ކުއާލަލަންޕޫރު (01 ޖުލައި 2026): މެލޭޝިޔާގެ ބޯޑިންގް ސްކޫލްތައް ބެލެހެއްޓުމަށް ސިފައިންގެ ޚިދުމަތުން ރިޓަޔާ ކޮށްފައިވާ މީހުން ހަމަޖެއްސުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާގެ ތައުލީމާބެހޭ ވުޒާރާގެ މަސްއޫލުވެރިއަކާ ހަވާލާދީފައިވާ ރިޕޯޓްތައް ބުނާގޮތުން މިއީ މެލޭޝިއާގެ ބޯޑިންގް ސްކޫލްތަކުގައި ބުލީކުރުން އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފަށާފައިވާ ޕްލޭންގެ ދަށުން އަޅަން ނިންމި ފިޔަވަޅެކެވެ.

ދާދިފަހުންވަނީ މެލޭޝިއާގެ ޖޮހޯރުގެ ބޯޑިންގް ސްކޫލެއްގައި ބުލީކުރުމުގެ މައްސަލައެއް ފެންމަތިވުމުން އެކަމުގައި ޝާމިލްވާ ދަރިވަރުންތަކެއް ހައްޔަރުކޮށްފައެވެ. މިދިޔަ އަހަރު ވެސް މެލޭޝިއާގައި ބުލީގެ މިފަދަ އެތައް ކޭސްތަކެއް ފެންމަތިވެފައި ވެއެވެ.

މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން ސިފައިންގެ ޚިދުމަތުން ވަކިކުރައްވާފައިވާ ރިޓަޔަޑް މީހުން ހަމަޖައްސަނީ ބޯޑިންގް ސްކޫލްތަކުގެ ގާޑުން ނުވަތަ ވާޑެނުންގެ މަގާމަށެވެ. ސަބަބަކީ މިފަދަ މީހުންނަކީ އާންމުގޮތެއްގައި އެހެން މީހުންނަށްވުރެ ޑިސިޕްލިން ރަނގަޅު ވެފައި ސުލޫކީ ކަންކަން ހަމަމަގަށް އެޅުވުމުގެ ގާބިލްކަން ބޮޑު ބައެއްކަމަށް ބެލެވޭތީއެވެ.

ސިފައިންގެ ޚިދުމަތުން ރިޓަޔާ ކޮށްފައިވާ 16 މީހަކު ބޯޑިންގް ސްކޫލްތަކުގެ ގާޑުން ނުވަތަ ވާޑެނުންގެ މަގާމަށް ފުރަތަމަ ހަމަޖައްސާއިރު ދެވަނަ ބުރުގައި މިފަދަ 32 މީހުން ހަމަޖައްސާގޮތަށް މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ނިންމާފައިވާ ކަމަށް ޚަބަރުލިބެއެވެ. އަންހެން ކުދިންގެ ބޯޑިންގްތަކަށް ހަމަޖައްސާކަމަށްވަނީ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކޮށްފައިވާ އަންހެނުންނެވެ.

މެލޭޝިއާގެ އެކިކަންކޮޅުތަކުގައި އެ ގައުމުގެ ސަރުކާރުން 58 ބޯޑިންގް ސްކޫލް ހިންގައެވެ.

މެލޭޝިއާގެ ބޯޑިންގް ސްކޫލްތަކުގައި ދަރިވަރުންގެ މެދުގައި ބުލީކުރުން އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި ސިފައިންގެ ޚިދުމަތުން ރިޓަޔާކޮށްފައިވާ މީހުން ވާޑެނުންނާއި ގާޑުންގެ ގޮތުގައި ހަމަޖެއްސުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މި ފިޔަވަޅަކީ ދާދިފަހުން ޖޮހޯރުގައި ހިނގި ބުލީގެ ހާދިސާއަކާ ގުޅިގެންނާއި، އަދި މިދިޔަ އަހަރު ފެންމަތިވި މިފަދަ އެތައް މައްސަލަތަކަކާ ގުޅިގެން އަޅާ ފިޔަވަޅެކެވެ. ސިފައިންނަކީ ޑިސިޕްލިން ރަނގަޅު އަދި ސުލޫކީ ކަންކަން ހައްލުކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ވާތީ، މިއީ އެކަށީގެންވާ ނިންމުމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.

  • ބޯޑިންގް ސްކޫލްތަކުގެ ވާޑެނުންގެ ގޮތުގައި ފުރަތަމަ 16 ރިޓަޔަޑް ސިފައިން، އަދި ދެވަނަ ބުރުގައި 32 މީހުން ހަމަޖައްސާނެއެވެ.
  • އަންހެން ކުދިންގެ ބޯޑިންގްތަކަށް ހަމަޖައްސާނީ ސިފައިންގެ ޚިދުމަތުން ރިޓަޔާކޮށްފައިވާ އަންހެނުންނެވެ.
  • މެލޭޝިއާ ސަރުކާރުން މުޅި ގައުމުގައި 58 ބޯޑިންގް ސްކޫލް ހިންގަމުންދެއެވެ.
  • މި ނިންމުމަކީ ޖޮހޯރުގެ ސްކޫލެއްގައި ހިނގި ބުލީގެ މައްސަލައެއްގައި ދަރިވަރުންތަކެއް ހައްޔަރުކުރުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު