ގައިދީން އަމިއްލަ ކުންފުނިތައް ހަދައި، މަސައްކަތް ބެލެހެއްޓޭ ފެންވަރަށް ތަމްރީނުކުރަންޖެހޭ: އިޙްސާން

ޖަލު އޮފިސަރުންނާއި ގައިދީން ގުޅިގެން ބިނާކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ -- ފޮޓޯ/ ޕީއެސްއެމް

ގައިދީން އަނބުރާ މުޖުތަމައަށް ނުކުންނައިރު، އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް އުފައްދައި މަސައްކަތްތައް އަމިއްލައަށް ބެލެހެއްޓޭ ފެންވަރަށް ތަމްރީނުތައް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޖަލު އޮފިސަރުންނާއި ގައިދީން ގުޅިގެން ބިނާކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އައްސޭރި ޖަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު ޢަލީ އިޙްސާން ވަނީ ގައިދީންނާއި ޖަލު އޮފިސަރުން އަމިއްލަ މަސައްކަތުން ބިނާކުރި އައު އޮފީސް އިމާރާތް ހުޅުވައިދެއްވާފައެވެ.

މީގެ ކުރިން 400 އަކަފޫޓުގެ ކުޑަ ޖާގައެއްގައި ހިންގަމުން އައި އޮފީސް، މި އައު އިމާރާތާއެކު ޖާގަ ތަނަވެސްވެ، މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތު ދެއެވެ. މި އިމާރާތުގައި ކްލާސް ރޫމަކާއި މީޓިން ރޫމެއް ވެސް ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ގައިދީން މިނިވަންވެ، މުޖުތަމައަށް ނުކުންނައިރު ބޭނުންވަނީ ހަމައެކަނި އެހެން މީހެއްގެ ދަށުގައި މަސައްކަތް ކުރުން ނޫން ކަމަށެވެ.

މިނިސްޓަރު އިހުސާން އައްސޭރިޖަލުގެ ބަދިގޭގެ ބިންގާ އަޅުއްވައިދެއްވަނީ..... ފޮޓޯ/ ޕީއެސްއެމް

"އަޅުގަނޑުމެން ބޭނުންވޭ މި ބޭފުޅުންގެ އަމިއްލަ ކުންފުނިތައް އުފެދެން. މި ބޭފުޅުންގެ އަމިއްލަ ފަންނުން، ލީޑު ކުރާ ކޮންޓްރެކްޓް ގްރޫޕްތައް ފެންނަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައިދީންނަށް ޚާއްސަކޮށްގެން މަސައްކަތުގެ ފަންނާއި ހުނަރު މެނޭޖް ކުރާނެ ގޮތާއި، ޕްރޮޖެކްޓްތައް މެނޭޖް ކުރާނެ ގޮތާއި، އެއަށް އެއްޗެހި ހޯދުމާއި ފައިސާ މެނޭޖް ކުރުންފަދަ ޕްރޮގްރާމްތައް ވެސް ހިންގުން މުހިންމުކަމަށެވެ.

މި ޒިޔާރަތުގެ ތެރެއިން ވަޒީރު ވަނީ އައްސޭރި ޖަލުގައި އަލަށް ބިނާކުރާ ބަދިގެ އިމާރާތުގެ ބިންގާ ވެސް އަޅުއްވައިދެއްވާފައެވެ. މިއީ ޖަލުގެ ކެއިންބުއިމުގެ އިންތިޒާމުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މީގެ އިތުރުން، ގައިދީންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތެއް ވެސް ވަޒީރު ވަނީ ފައްޓަވައިދެއްވާފައެވެ. މި މުބާރާތަކީ ގައިދީންގެ ދުޅަހެޔޮކަމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ބާއްވާ މުބާރާތެކެވެ.

ޖަލު އޮފިސަރުންނާއި ގައިދީން ގުޅިގެން ބިނާކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރެއިން.... ފޮޓޯ/ ޕީއެސްއެމް

ތަޢުލީމީ ދާއިރާއިން ވެސް ކުރިއެރުންތަކެއް ފާހަގަކުރެވުނު މި ރަސްމިއްޔާތުގައި، ކަރެކްޝަންސް އިންސްޓިޓިއުޓުން ހިންގާ ޤިރާތު ސެޓްފިކެޓް 1 ކޯސް ވަނީ އިފުތިތާޙްކޮށްފައެވެ.

މީގެ އިތުރުން، މީގެ ކުރިން ކުރިއަށް ގެންދިޔަ "އަވަސްވެގެންނާށެވެ 1447" ޕްރޮގްރާމާއި "ކާދު 100" ޕްރޮގްރާމް ފުރިހަމަކުރި ގައިދީންނާއި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ހަސަން ޒަރީރު އާއި ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ގައިދީންނާއި ޖަލު އޮފިސަރުން ގުޅިގެން ބިނާކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް މިއަދު ހުޅުވައިދެއްވާފައެވެ. މީގެ ކުރިން ކުޑަ ޖާގައެއްގައި ހިންގަމުން އައި އޮފީހުގެ ބަދަލުގައި، ކްލާސް ރޫމަކާއި މީޓިން ރޫމެއް ހިމެނޭހެން ހެދި މި އައު އިމާރާތުގެ ސަބަބުން މަސައްކަތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މި ރަސްމިއްޔާތުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ގައިދީން މިނިވަންވެގެން ނުކުންނައިރު އެހެން ބައެއްގެ ދަށުގައި މަސައްކަތްކުރުމުގެ ބަދަލުގައި، އަމިއްލަ ކުންފުނިތައް އުފައްދައި، މަޝްރޫޢުތަކާއި ފައިސާ މެނޭޖުކުރާނެ ގޮތުގެ ތަމްރީނު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމާޒަކީ އެމީހުންގެ އަމިއްލަ ފަންނުން ލީޑުކުރާ ކޮންޓްރެކްޓް ގްރޫޕްތައް އުފެދިގެން ދިޔުމެވެ. މީގެ އިތުރުން، ޖަލުގެ ކެއިންބުއިމުގެ ނިޒާމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި އައު ބަދިގޭގެ ބިންގާ އެޅުމާއި، ގައިދީންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ފުޓްސަލް މުބާރާތެއް ވެސް ވަނީ ފަށާފައެވެ. ހަމައެއާއެކު، ޤިރާތު ކޯހަކާއި އެހެނިހެން ތަޢުލީމީ ޕްރޮގްރާމްތައް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުން ވެސް ކުރިއަށްދިޔައެވެ. މިއީ ގައިދީން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅުތަކެކެވެ.

  • އައްސޭރި ޖަލުގައި ގައިދީންނާއި އޮފިސަރުން އަމިއްލައަށް ބިނާކުރި ޖާގަ ތަނަވަސް އައު އޮފީސް އިމާރާތް ހުޅުވުން.
  • ގައިދީން މުޖުތަމަޢުއަށް ނުކުމެ އަމިއްލަ ކުންފުނިތައް ހަދައި، މަޝްރޫޢުތައް މެނޭޖުކުރަން ދަސްކޮށްދިނުމަށް ވަޒީރު ގޮވާލެއްވުން.
  • އައްސޭރި ޖަލުގެ ކެއިންބުއިމުގެ ދަތިތައް ހައްލުކުރުމަށްޓަކައި އައު ބަދިގެއެއްގެ ބިންގާ އެޅުން.
  • ގައިދީންގެ މެދުގައި ފުޓްސަލް މުބާރާތެއް ފެށުމާއި، ތަޢުލީމީ ކޯސްތައް ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދިނުން.
  • "ސެންޓިމެންޓް": {
  • "އޯވަރޯލް": "ޕޮޒިޓިވް",
  • "ސްކޯރ": 0.90,
  • "އިމޯޝަންސް": [
  • "އުންމީދު",
  • "ހިތްވަރު"
  • ],
  • "ކީވޯޑްސް": [
  • "ގައިދީން",
  • "ތަމްރީނު",
  • "އައްސޭރި ޖަލު",
  • "އަމިއްލަ ކުންފުނި"
  • ]
  • }
comment ކޮމެންޓް