ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނޯވޭއިން މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފިއެވެ.
ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނޯވޭ މޮޅުވީ މެޗު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް، އެ ގައުމުގެ ތަރި އާލިންގް ހާލަންޑް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެންޓޯނިއޯ ނޫސާގެ ލަނޑުން ނޯވޭއިން ކުރިހޯދާފައި ވަނިކޮށް، މެޗުގެ 74 ވަނަ މިނިޓުގައި އަމާދު ޑިއާލޯ ވަނީ އައިވަރީ ކޯސްޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް 85 ވަނަ މިނިޓުގައި ހާލަންޑް ޖެހި ލަނޑާއެކު ނޯވޭއަށް ވަނީ މޮޅެއް ލިބިފައެވެ.

މެޗުގައި ނޯވޭގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު--
މި ލަނޑާއެކު ހާލަންޑް ވަނީ ނޯވޭ ގައުމީ ޓީމަށް ކުޅުނު 53 މެޗުން 60 ލަނޑު ހަމަކޮށް، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އާ ރެކޯޑެއް ގާއިމުކޮށްފައެވެ. މިއީ މެޗަކަށް 1.13 ލަނޑުގެ އެވްރެޖެކެވެ.
ފްރާންސްގެ ކީލިއަން އެމްބާޕޭ 60 ލަނޑު ހަމަކުރީ 101 މެޗުން ކަމަށްވާއިރު، ހާލަންޑް މިވަނީ އެމްބާޕޭއަށްވުރެ މެޗުން އެ އަދަދަށް ލަނޑު ހަމަކޮށްފައެވެ. މީގެ އިތުރުން، މި މުބާރާތުގައި ހާލަންޑް ޖެހި ލަނޑުގެ އަދަދު 5 އަށް އެރުމާއެކު، އޭނާ މިހާރު ހުރީ އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއްވަރަށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ކުރީގައެވެ.
ތިރީސް އަހަރަށްފަހު ނޯވޭއިން ވޯލްޑް ކަޕްގައި ވާދަކުރާއިރު، މި ކާމިޔާބީއާއެކު މުޅި ގައުމަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ.
ގަދަ 16 ގެ ބުރުގައި ނޯވޭ ބައްދަލުކުރަން ޖެހޭނީ ދުނިޔޭގެ ޗެމްޕިއަންކަން 5 ފަހަރު ހޯދާފައިވާ ބްރެޒިލްއާއެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 5 ވަނަ ދުވަހު ނިއު ޔޯކުގައެވެ.