ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ސައުދީއާއެކު މަޝްވަރާކޮށްފި

މިނިސްޓަރު ހަސަން ރަޝީދާއި ސައުދީއަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ސައުދީގެ ޑިފެންސް މިނިސްޓަރު

ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރާނެ ދާއިރާތަކާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަށް ސައުދީއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އޭގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ މަޝްރަހުގައި ހިނގާ ކަންތައްތަކާ ގުޅޭ ގޮތުންނާއި ސަަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން އައިއެމްސީޓީސީގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑާ މޭޖާ ޖެނެރަލް އަބްދުﷲ ބިން ޙާމިދު އަލް ޤުރައިޝީއާ ވެސް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ގުޅިގެން ތަމްރީނުތައް ހިންގައި ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާނާ ބައްދަލުކުރައްވައި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން، އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަންގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރާ ބައްދަލުކުރައްވައި، ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށާއި، ދެ ގައުމުގެ ސިފައިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން ތަމްރީނުތައް ހިންގުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

  • ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުން.
  • ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުން.
  • ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް އައިއެމްސީޓީސީއާއެކު މަޝްވަރާކުރުން.
  • ދެ ގައުމުގެ އަސްކަރިއްޔާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
comment ކޮމެންޓް