ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބެލި މައްސަލަ ސާބިތު ނުވި

ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚާއްސަ އެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، ސާބިތުނުވާ ކަމަށް ކަނޑައަޅައި، ބަންދުކޮށްފައި ހުރި މީހަކު ދޫކޮށްލައިފިއެވެ.

މިއީ މާލޭން ދެކުނުގެ ރަށެއްގައި 2023 ވަނަ އަހަރު، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި އެ ކުއްޖާއާ އާއިލީ ގުޅުމެއް އޮންނަ މީހެއްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ.

ދައުލަތުން އެ މީހާގެ މައްޗަށް ކުރި ދެ ދައުވާއަކީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން ދައުވާ ކުރި މި ދެ މައްސަލަވެސް ސާބިތު ނުވާ ކަމަށް ނިންމައި އެ މައްސަލައިގައި ހިމެނޭ މީހާވަނީ އެ ރަށު ކޯޓުން ދޫކޮށްލާފައެވެ. އެ މީހާ ހުރީ މި މައްސަލައިގެ ތުހުމަތުގައި ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ. މި ދެ މައްސަލައިގެ ކުށް އެ މީހާގެ މައްޗަށް ސާބިތުވި ނަމަ، މަދުވެގެން 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް ރެކޯޑްތަކުން ދައްކާ ގޮތުގައި، މި މައްސަލައިގެ ޝަރިއަތުގެ މަރުހަލާގައި ބައެއް ނިންމުންތައް އެ މައްސަލައިގައި ދައުވާ ލިބޭ މީހާގެ ފަރާތުން އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގެންފައެއް ނުވެއެވެ.

މާލެއިން ދެކުނުގެ ރަށެއްގައި 2023 ވަނަ އަހަރު، ޚާއްސަ އެހީއަށް ބޭނުންވާ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވުނު މައްސަލަ ސާބިތުނުވާކަމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ދައުވާލިބުނު ފަރާތަކީ އެ ކުއްޖާއާ އާއިލީ ގުޅުމެއް އޮންނަ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ކުޑަކުއްޖަކު ގްރޫމްކުރުމުގެ ދައުވާއާއި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ ކޯޓު މަރުހަލާގައި ސާބިތުވެފައެއް ނުވެއެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އެ މީހާ ކުށް ސާބިތުނުވުމުގެ ސަބަބުން މިހާރު ވަނީ ކޯޓުން ދޫކޮށްލާފައެވެ. މި ދެ ދައުވާ ސާބިތުވިނަމަ އޭނާގެ މައްޗަށް މަދުވެގެން 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމާމެދު ދައުލަތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

  • ޚާއްސަ އެހީއަށް ބޭނުންވާ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުނުވެ، ދައުވާލިބުނު މީހާ ވަނީ ބަންދުން ދޫކޮށްލާފައި.
  • ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ގްރޫމްކުރުމާއި ޖިންސީ ނިޔަތެއްގައި އަތްލުމުގެ ދެ ދައުވާ.
  • މި ހާދިސާ ހިނގާފައިވަނީ މާލެއިން ދެކުނުގެ ރަށެއްގައި 2023 ވަނަ އަހަރު.
  • ކުށް ސާބިތުވިނަމަ ދައުވާލިބުނު ފަރާތަށް މަދުވެގެން 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވޭ.
  • މައްސަލަ އިތުރަށް އިސްތިއުނާފުކުރުމާމެދު ދައުލަތުން ގޮތެއް ނިންމިކަން އަދި ކަށަވަރެއް ނުވޭ.
comment ކޮމެންޓް