ދެ ލައްކަ ރުފިޔާއާ ހަމައަށް އެހީ ލިބޭ، ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ކުރިމަތިލާން ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައި --

ދެ ލައްކަ ރުފިޔާއާ ހަމައަށް އެހީ ލިބޭ، ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އޮފީހުން ބުނި ގޮތުގައި، މިއީ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން، އަމިއްލަ ޖަމިއްޔާތަކާއި ތައުލީމާއި ތަމްރީނު ދޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް މި ޕްރޮގްރާމުން އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ދެ ލައްކަ ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައި އޮތްއިރު، އަންނަ ޖުލައި 23ގެ 16:00ގެ ނިޔަލަށް ހުށަހެޅެމުގެ ފުރުސަތު އޮންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން އިޖުތިމާއީ އަދި ތައުލީމީ ދާއިރާތަކަށް އަމާޒުކޮށްގެން ދޫކުރާ ސީއެސްއާރު ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި މާލީ އެހީގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ ކުރިއެރުމަށާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ހިތްވަރު ދިނުމެވެ.

  • އެހީގެ މިންވަރު: ކޮންމެ ޕްރޮޕޯސަލްއަކަށް ގިނަވެގެން ދެ ލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
  • ޝަރުތުހަމަވާ ފަރާތްތައް: އަމިއްލަ ޖަމިއްޔާތަކާއި، ތައުލީމާއި ތަމްރީނުދޭ އިދާރާތަކުން ހިންގާ ޕްރޮގްރާމްތަކަށް މި ގްރާންޓަށް އެދެވޭނެއެވެ.
  • އަމާޒުކުރެވޭ ދާއިރާތައް: އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމްތައް މީގެ ތެރޭގައި ހިމެނެއެވެ.
  • ސުންގަޑި: މި ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ 16:00 އެވެ.
comment ކޮމެންޓް