އޭއައިއަށް ބަދަލުވުމަށްޓަކައި އޮރެކަލް ކުންފުނިން 21,000 މުވައްޒަފުން ވަކިކޮށްފި

އޮރެކަލް ކުންފުނީގެ ކޯ ފައުންޑަރ މަހުޖަނު ލެރީ އެލިސަން --- ފޮޓޯ: ގެޓީއިމޭޖްސް

ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑު ކުންފުންޏެއް ކަމަށްވާ އޮރެކަލް އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ވިޔަފާރި ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ބައިނަލްއަގުވާމީ މަސައްކަތު އާބާދީން 21,000 އެއްހާ މުވައްޒަފުން ވަކިކޮށްފިއެވެ.

ކުންފުނީގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު އެ ކުންފުނީގައި މިހާރު ތިބީ 141,000 ފުލްޓައިމް މުވައްޒަފުންނެވެ. މިއީ މުޅި ކުންފުނީގެ މުވައްޒަފުންގެ ގާތްގަނޑަކަށް 13 ޕަސެންޓެވެ.

https://sun.mv/222512

އޮރެކަލްގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ކުންފުނީގެ މަސައްކަތްތަކުގެ ތެރެއަށް އޭއައި ޓެކްނޮލޮޖީ ތައާރަފުކުރުމުގެ ސަބަބުން މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހުނު އިރު، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

މިއީ އޭއައި އިންފްރާސްޓްރަކްޗާ އަދި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ބިލިއަނުން ހަރަދުކުރަމުންދާ ޓެކްނޮލޮޖީ ދާއިރާގެ އެހެން ބޮޑެތި ކުންފުނިތަކުން ވެސް މިހާރު އަމަލުކުރަމުންދާ ގޮތެކެވެ. މީގެ ތެރޭގައި އެމެޒޯން އާއި މެޓާ ފަދަ ކުންފުނިތަކުން ވެސް ދާދިފަހުން ވަނީ ހާހުން މުވައްޒަފުން ވަކިކޮށްފެވެ.

https://sun.mv/222536

މި ބޮޑު ބަދަލާ ގުޅިގެން މުވައްޒަފުން ވަކިކުރުމުގެ ބަދަލުގެ ގޮތުގައާއި ރީސްޓްރަކްޗާ ކުރުމުގެ ހަރަދުގެ ގޮތުގައި އޮރެކަލް އިން ފާއިތުވި އަހަރު 1.8 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އެކުންފުނިން އިންޒާރުދޭ ގޮތުގައި މިފަދަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަމަށް ވަގުތީ ގޮތުން އަސަރުކޮށް، ވަކިވަކި ދާއިރާތަކުން ހުނަރުވެރި މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވެދާނެއެވެ.

އޮރެކަލް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ ލެރީ އެލިސަންގެ ހިއްސާއާއެކު އުފައްދާފައިވާ، އަދި މިހާރު އޯޕަންއޭއައި އާއި މެޓާ ފަދަ އޭއައިގެ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ޑޭޓާ ސެންޓަރުތައް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

https://sun.mv/190884

މި އަހަރުގެ ތެރޭގައި އެކަނި ވެސް އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އެ ކުންފުނިން މަދުވެގެން 50 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ އިރު، ޓެކްނޮލޮޖީ ދާއިރާގެ އެހެން ވާދަވެރި ކުންފުނިތައް ކަމަށްވާ ގޫގުލް، އެމެޒޯން އަދި މެޓާ އިން ވެސް ދަނީ މި ޓެކްނޮލޮޖީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

އެގޮތުން މި ބޮޑެތި ކުންފުނިތަކުން ޖުމްލަ 650 ބިލިއަނެއްހާ ޑޮލަރު އޭއައިގެ ދާއިރާއަށް އިންވެސްޓްކުރަން ރާވަމުންދާއިރު، އޭގެ ތެރެއިން އެމެޒޯން އިން އެކަނި ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރު ހޭދަކޮށް، ބަދަލުގައި 30,000 އެއްހާ މުވައްޒަފުން މަދުކުރަން ވަނީ ނިންމާފައެވެ.

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އޮރެކަލްއިން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް ވިޔަފާރި ފުޅާކުރުމަށްޓަކައި، ކުންފުނީގެ ބައިނަލްއަގުވާމީ މުވައްޒަފުންގެ ތެރެއިން 13 އިންސައްތަ މީހުން ވަޒީފާއިން ވަކިކޮށްފިއެވެ. މި ބަދަލާއެކު މިހާރު ކުންފުނީގައި ތިބީ 141000 ފުލްޓައިމް މުވައްޒަފުންނެވެ. އަދި މުވައްޒަފުން ވަކިކުރުމާއި ކުންފުނި އަލުން އަތުރާލުމުގެ ހަރަދެއްގެ ގޮތުގައި 1.8 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އޭއައި އިންފްރާސްޓްރަކްޗާއާއި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް އޮރެކަލްއިން މިއަހަރު 50 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާއިރު، މިފަދަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަމަށް ވަގުތީގޮތުން އަސަރުކޮށްފާނެކަމަށް އެ ފަރާތުން އިންޒާރުދެއެވެ. އެމެޒޯން އަދި މެޓާ ފަދަ ވާދަވެރި އެހެން ކުންފުނިތަކުންވެސް ދަނީ އޭއައިއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށްޓަކައި މުވައްޒަފުން މަދުކުރަމުންނެވެ.

  • އޮރެކަލްއިން ފާއިތުވި އަހަރު 21000 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވޭ.
  • މިއީ އޭއައި ޓެކްނޮލޮޖީއަށް ކުންފުނި ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެއް.
  • ރީސްޓްރަކްޗާ ކުރުމަށްޓަކައި ކުންފުނިން 1.8 ބިލިއަން ޑޮލަރު ހޭދަކޮށްފައިވޭ.
  • އޭއައި އިންފްރާސްޓްރަކްޗާއަށް މިއަހަރު 50 ބިލިއަން ޑޮލަރު އިންވެސްޓުކުރުމަށް ވަނީ ހަމަޖެހިފައި.
  • އެމެޒޯން ފަދަ އެހެން ބޮޑެތި ކުންފުނިތަކުންވެސް ދަނީ މިފަދަ ބަދަލުތައް ގެންނަމުން.
comment ކޮމެންޓް