ކައުންސިލްތަކަށް އެހީވާ އޮފީހެއް އެމްޑީޕީން އުފައްދައިފި، ޑިރެކްޓާ ޖެނެރަލަށް އަމީރު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ: -- ސަން ފޮޓޯ/ އަމަން ލަތީފް

ލޯކަލް ކައުންސިލުތަކަށް އެކި އެހީތައް ފޯރުކޮށްދޭ އޮފީހެއް އެމްޑީޕީން އުފައްދައި، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހަމަޖައްސައިފިއެވެ.

އެމްޑީޕީން ނެރުނު ކުރު ބަޔާނެއްގައި ވަނީ، ކައުންސިލްތަކަށް ފަންނީއާއި މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި އޮފީހެއް އުފައްދާފައިވާ ކަމަށެވެ.

"އިންޓާ ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް" (އައިއެލްސީ-ޕީޑީއޯ)ގެ ނަމުގައި އުފެއްދި މި އޮފީހުގެ ޑިރެކްޓާ ޖެނެރަލަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ އަމީރެވެ.

ކައުންސިލްތަކަށް އެހީވާން އޮފީހެއް އުފައްދާފައި ވަނީ، އަތޮޅު ކައުންސިލްތަކާއި ލޯކަލް ގަނަނަންސް މިނިސްޓްރީން އުވާލައި، އިދާރީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

އެ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ހަނިވާ ކަމަށް ބުނެ ސަރުކާރަށް އޮތީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

https://sun.mv/220710

އޭގެފަހުން، މިހާރު ކައުންސިލްތަކުގެ ކަންކަން ބަލަހައްޓާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނީ، މިނިސްޓްރީއާއި އަތޮޅު ކައުންސިލުތައް އުވާލި ނަމަވެސް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރަހެއް ނެތް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، އަމީރަކީ މި ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ޚާއްސަކޮށް، އިގުތިޞާދީ ދާއިރާގެ ކަންކަމުގައި ވަރަށް ބޮޑަށް އެ ކަން ކުރައްވައެވެ.

އަމީރަކީ ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވައި, ހޮއްވެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މި ފަހުން ވަނީ, އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ "ބޮޑު ބަދަލު" އޮފީސް އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމުކޮށް، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒް ޙަސަން ލަތީފު ވެސް އައްޔަން ކުރައްވައިފައެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އޮފީހެއް އުފައްދައިފިއެވެ. އިންޓަރ ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އޮފީހުގެ ނަމުގައި އުފެއްދި މި އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ހަމަޖައްސާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. މި އޮފީހުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި އޮފީސް ޤާއިމުކޮށްފައިމިވަނީ ސަރުކާރުން އިދާރީ ހިންގުމަށް ގެނައި ބަދަލުތަކަކާ ގުޅިގެން ކައުންސިލްތަކުގެ ބާރު ކުޑަވަމުންދާކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މި ބަދަލުތަކާއެކުވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރަހެއް ނެތްކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

  • އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓުގައި ކައުންސިލްތަކަށް އެހީވާ އޮފީހެއް އުފެއްދުން.
  • އޮފީހުގެ ޑިރެކްޓަރ ޖެނެރަލަކަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އައްޔަންކުރުން.
  • އޮފީހުގެ އަމާޒަކީ ކައުންސިލްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • މި ބަދަލު ގެނެސްފައިވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިވާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައި.
comment ކޮމެންޓް