މީގެ 26 އަހަރު ކުރިން ޑައިރެކްޓަރު ހޯމީ އަދަޖާނިއާ ގެނެސްދިން ފިލްމު "ކޮކްޓެއިލް"ގެ ދެވަނަ ފިލްމު މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ބޮޑު ކަމަށް ފިލްމީ ޚަބަރުތައް ބުނެފިއެވެ.
ބޮކްސް އޮފީހުގައި "ކޮކްޓެއިލް 2"އަށް ރަނގަޅު ފެށުމެއް ލިބިފައިވާއިރު މި ފިލްމަކީ، މި ޒަމާނުގެ ޒުވާނުންނާ ގުޅޭގޮތަށް އުފައްދާފައިވާ ތިނެސްކަން ލޯބީގެ ވާހަކައެއް ކަމަށް ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފައިވެއެވެ.
ފިލްމު ރިވިއުކުރުމަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައި ތަރަން ބުނީ، "ކޮކްޓެއިލް 2"ގެ ޓީމުން ވަނީ އުއްމީދުކުރި ވަރަށްވުރެ މާ ރީތިކޮށް ފިލްމުގެ ވާހަކަ ގެނެސްދީފައި ކަމަށާއި ތިނެސްކަން ލޯބީގެ ޖޯންރާ މިޒަމާނާ ގުޅޭގޮތަށް ގެނެސްދިނުމަކީ އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ އުފެއްދުންތެރިކަން ދައްކުވައިދިން ކަމެއް ކަމަށެވެ. ފިލްމު ބެލުމަށްފަހު ތަރަން ވަނީ "ކޮކްޓެއިލް 2"އަށް ހަތަރު ތަރީގެ ރޭޓިންގްއެއް ދީފައެވެ.
ފިލްމު "ކޮކްޓެއިލް 2"ގެ ޕްރޮޑިއުސަރު ދިނޭޝް އަދި ޑައިރެކްޓަރު ހޯމީ ފިލްމުގެ ލީޑް ތަރިންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މެޑޮކް ފިލްމްސް އަދި ލަވް ފިލްމްސް ބެނާގެ ދަށުން ގެނެސްދިން "ކޮކްޓެއިލް 2"ގެ ވާހަކަ ލިޔެފައި ވަނީ ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން ލަވް ރަންޖަން އާއި ތަރުން ޖެއިންއެވެ.
ދިނޭޝް ވިޖަން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ "ކޮކްޓެއިލް 2"އަށް މިހާތަނަށް 65 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައިވާއިރު މި ފިލްމު އުފައްދާފައި ވަނީ 150 ކްރޯޑު ރުޕީސްގެ ބަޖެޓަކުންނެވެ.
ޝާހިދު ކަޕޫރް، ކްރިތީ ސެނޯން އަދި ރަޝްމިކާ މަންދަންނާ ލީޑް ރޯލު ކުޅެފައިވާ "ކޮކްޓެއިލް 2"އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލާފައި ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި ރަނގަޅުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ފިލްމު އެނަލިސްޓުން ވަނީ ބުނެފައެވެ.
މީގެ 26 އަހަރު ކުރިން ނެރުނު ކާމިޔާބު ފިލްމު ކޮކްޓެއިލް ގެ ދެވަނަ ބައި ކަމަށްވާ ކޮކްޓެއިލް 2 މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށައިފިއެވެ. ޝާހިދު ކަޕޫރް، ކްރިތީ ސެނޯން އަދި ރަޝްމިކާ މަންދަންނާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ މި ޒަމާނުގެ ޒުވާނުންނާ ގުޅޭގޮތަށް އުފައްދާފައިވާ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. މެޑޮކް ފިލްމްސް އަދި ލަވް ފިލްމްސްގެ ބެނާގެ ދަށުން ގެނެސްދިން މި ފިލްމުގެ ޕްރޮޑިއުސަރަކީ ދިނޭޝް ވިޖަންއެވެ. އަދި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ލަވް ރަންޖަން އާއި ތަރުން ޖެއިންއެވެ.
ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި، ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ ވަރަށް ރަނގަޅު ފެށުމެއް ލިބިފައެވެ. އެގޮތުން 150 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް 65 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ފިލްމު ކްރިޓިކް ތަރަން އަދާޝް ވަނީ މި ފިލްމަށް ހަތަރު ތަރީގެ ރޭޓިންގްއެއް ދީ، ޕްރޮޑަކްޝަން ޓީމުގެ އުފެއްދުންތެރިކަމަށް ތައުރީފުކޮށްފައެވެ. ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބަށް ބަލައި، ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި އިތުރަށް ރަނގަޅުވާނެ ކަމަށް އެނަލިސްޓުން ލަފާކުރެއެވެ.
- ފިލްމުގެ ތަރިން: ޝާހިދު ކަޕޫރް، ކްރިތީ ސެނޯން އަދި ރަޝްމިކާ މަންދަންނާ.
- އާމްދަނީ އާއި ބަޖެޓް: 150 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް 65 ކްރޯޑު ރުޕީސް ވަނީ ލިބިފައި.
- ފިލްމުގެ ވައްތަރު: މި ޒަމާނުގެ ޒުވާނުންނާ ގުޅޭ ތިނެސްކަން ލޯބީގެ ވާހަކައެއް.
- ކްރިޓިކުންގެ ރޭޓިންގް: ތަރަން އަދާޝްގެ ފަރާތުން ހަތަރު ތަރީގެ ރޭޓިންގްއެއް ލިބިފައިވޭ.
- ޕްރޮޑަކްޝަން ޓީމު: މެޑޮކް ފިލްމްސް އަދި ލަވް ފިލްމްސް އިން ޕްރޮޑިއުސްކޮށް، ލަވް ރަންޖަން އާއި ތަރުން ޖެއިން ވާހަކަ ލިޔެފައިވޭ.
- ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ބޮކްސް އޮފީހުގައި ފިލްމަށް ކާމިޔާބު ފެށުމެއް ލިބުން.
- ފިލްމުގެ އުފެއްދުންތެރިކަމަށާއި ޒަމާނީ ވާހަކަ ކިޔައިދިނުމުގެ ވައްޓަފާޅިއަށް ކްރިޓިކުންގެ ތައުރީފު ލިބިފައިވުން.
- ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ މާލީ ފައިދާ އިތުރުވެ، ވިޔަފާރި ފުޅާވާނެކަމުގެ އުއްމީދު ބޮޑުވުން.