ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ފަށައިފައި --- ފޮޓޯ: އިމިގްރޭޝަން

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަޙްމަދު ވަޙީދެވެ.

މި ހަފްލާގައި ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙާއި ކައުންސިލަރުންނާއި އިމިގްރޭޝަންގެ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ދަރަވަންދޫ ރައްޔިތުން ބައިވެރިވިއެވެ.

ދަރަވަންދޫގައި ޕާސްޕޯޓްގެ ޚިދުމަތް ދޭން ފެށުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށިގެން ދިއުމާއެކު، ބ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކުން އިމިގްރޭޝަން "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު އޭދަފުށި ނޫނީ ދަރަވަންދޫ ޚިޔާރުކުރެވޭނެ ކަމަށް، އިމިގްރޭޝަނުން ބުންޏެވެ.

https://sun.mv/209824

ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން، އޭދަފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 12ވަނަ ދުވަހެވެ.

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އޮފިސަރު އަޙްމަދު ވަޙީދެވެ. މި ރަސްމިއްޔާތުގައި ރަށު ކައުންސިލްގެ އިސްވެރިންނާއި، އިމިގްރޭޝަންގެ އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ. މި ޚިދުމަތާއެކު، ބ. އަތޮޅުގެ ރައްޔިތުންނަށް އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު، އޭދަފުށީގެ އިތުރުން ދަރަވަންދޫންވެސް ޚިދުމަތް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ.

  • ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
  • ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އޮފިސަރު އަޙްމަދު ވަޙީދެވެ.
  • އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު ބ. އަތޮޅުން ދަރަވަންދޫ ނުވަތަ އޭދަފުށި ޚިޔާރުކުރެވޭނެއެވެ.
  • މިއީ ރައީސުލްޖުމްހޫރިއްޔާ ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ފެށުނު ޚިދުމަތެކެވެ.
comment ކޮމެންޓް