އަމާޒަކީ، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން، މަސްވެރިން މަދުވީ ވަޒީފާތައް ދީފައިވުމުން: ރައީސް

ރައީސް މުއިއްޒު: ވިދާޅުވީ، އަމާޒަކީ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އަމާޒަކީ، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށާއި އެ ސިނާއަތުގައި އުޅޭ މީހުން މަދުވީ އެތައް ބަޔަކަށް ވަޒީފާތައް ދީފައި ހުރުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ވިހި ރުފިޔާއަށް މަސް ކިލޯއެއް ގަންނަ އަގު ހެދުމުގެ ވައުދު ނުފުއްދާ ކަމަށް ބުނެ މަސްވެރިން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. މީގެ ކުރިން ވެސް ރައީސް ވަނީ އެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ދެއްވައިފައެވެ.

https://sun.mv/211663

މިއަދު އާންމުކުރި 'ދަ ޕްލަސް' ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި އެ މަނިކުފާނު ވަނީ، މަސްވެރިކަމުގެ ސިނާޢަތަށް އަލިއަޅުވާލައްވާފައެވެ.

މިގޮތުން، ސަރުކާރުގެ ކުންފުނި، މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ އަމާޒެއް ކަމަށާއި އުންމީދަކީ އެއަށް ވުރެ މައްޗަށް ގެންދެވޭނެ ގޮތްވުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް: ރައީސް ވަނީ، މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެން ގޮސް ދާއިމީ ވުމަކީ އެ މަނިކުފާނު ކުރައްވާ އުންމީދެއް ކަމަށާއި އެ ރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ. އަދި، އެންމެ ރަނގަޅު އަގެއް ދެވޭނީ މި ކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން މަދުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތައް ބަޔަކަށް ވަޒީފާތައް ދީފައި އޮތުމުންނެވެ. އެކަން ބަދަލުކޮށް، މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން އިތުރުކުރައްވާނެކަން ދޭހަވާ މޭރުމަކުން އެ މަނިކުފާނު ވާހަކަދެއްކެވިއެވެ.

މަސްމާރުކޭޓު ސަރަހައްދުގައި މީހަކު މަސްތަކެއް ހިފައިގެން: ރައީސް ވިދާޅުވީ، އަމާޒަކީ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާހަގަކުރެވޭ ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރީއެވެ.

ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހެވެ.

މިފްކޯއިން ބުނީ އޭރު މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާ ގޮތަށް، ބާޒާރުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ.

ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމުން މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެގޮތުން ދޮޅު ކިލޯ މަހުގެ އަގު އާންމު ގޮތެއްގައި އަރަނީ 16 ރުފިޔާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 20 ރުފިޔާގައި ހިފެހެއްޓުމެވެ. ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލުކުރުމާ ގުޅިގެން މަހުގެ އަގު ދަށްވެ، މަސްވެރިންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، މިއަގު އަލުން އިއާދަކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދުވެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މާގިނަ ބަޔަކަށް ވަޒީފާ ދީފައިވުމުން ކަމަށް ފާހަގަކުރައްވައި، އެ ސިޔާސަތު ބަދަލުކޮށް މަސްވެރިކަމަށް ނުކުންނަ ޒުވާނުންނާއި މީހުން އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މުހިންމު މަސައްކަތްތަކެއް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

  • މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަށާއި، މުސްތަގުބަލުގައި އެއަށްވުރެ އަގު މައްޗަށް ގެންދިއުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުން.
  • ސަރުކާރު ކުންފުނިތަކަށް އޮންނަ ބަރޯސާވުން ކުޑަކޮށް، މަސްވެރިކަމުގެ ސިނާއަތަށް ގިނަ ބަޔަކު ނެރުމަށް ހިތްވަރުދީ ބާރުއެޅުން.
  • ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަލުން ވަދެ، ކަންނެލި މަސްވެރިންނަށް އެންމެ އިންސާފުވެރި އަދި ރަނގަޅު އަގެއް ހޯދައިދިނުން.
  • އިނގިރޭސިވިލާތުން ދިވެހި މަހަށް ކަނޑާލާފައިވާ ޓެރިފްގެ ލުއިތައް ދާއިމީކުރުމަށް ޑިޕްލޮމެޓިކް ފެންވަރުގައި މަޝްވަރާކޮށް މަސައްކަތްކުރުން.
  • ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމުން އައިސްފައިވާ މާލީ ލޮޅުންތަކުން މަސްވެރިން ސަލާމަތްކުރުމަށް ސިޔާސަތުތައް އެކުލަވާލުން.
  • ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ދަށުން މަސްވެރިންނަށް ވެފައިވާ 20 ރުފިޔާގެ ވައުދު ފުއްދުމަކީ އިސްކަންދޭ މުހިންމު އަމާޒެކެވެ.
  • ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާތަކުގެ ސަބަބުން މަސްވެރިކަމަށް އޮންނަ ޝައުގުވެރިކަން ކުޑަވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ވަނީ އަމާޒުހިފާފައެވެ.
  • މިފްކޯގެ ހިންގުން ހަރުދަނާކޮށް، ދިވެހި މަހަށް ބޭރުގެ ބާޒާރުތަކުން ލިބޭ ފައިދާ އިތުރުކުރުމަށް ސީދާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.
comment ކޮމެންޓް