"ގުނަވަން ހަދިޔާކުރާ ބިލު ފޮނުވައިލީ ގައިދީންނަކީ ރުހުމާއެކީ ގުނަވަން ހަދިޔާކުރެވޭ ބައެއް ކަމަށް ނުފެންނާތީ"

ރައީސް ޑރ. މުހައްމަދު މުއިއްޒު: ގުނަވަން ހަދިޔާކުރާ ބިލު ފޮނުވައިލީ ގައިދީންނަކީ ރުހުމާއެކީ ގުނަވަން ހަދިޔާކުރެވޭ ބައެއް ކަމަށް ނުފެންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަސްދީގުނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވައިލެއްވީ ގައިދީންނަކީ ފުރިހަމަ ރުހުމާއެކު ގުނަވަން ހަދިޔާކުރާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަވާތީ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕްލާންޓު ކުރުމަށް ގުނަވަނެއް ވިއްކައިފި ނަމަ އަދަބު ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުނުކުރައްވައި އެ ބިލު އަނބުރާ ފޮނުވައިލެއްވީ މެއި މަހުގެ 31ވަނަ ދުވަހެވެ.

https://sun.mv/222693

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ރައީސް ފޮނުއްވި ސިޓީފުޅެއްގައި ވަނީ، ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭ ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން، އެ ދެ ޝަރުތު މަޖިލީހުން އުނިކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

ރައީސް ލިޔުއްވައިފައިވާ ގޮތުގައި، އެ ޝަރުތުތައް ހިމެނީ އެއްވެސް މަޖުބޫރުކަމެއް ނެތި ރުހުމާއެކީ ގުނަވަން ހަދިޔާކުރުމުގެ ޝަރުތަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ވެސް ބަލައިގެންފައިވާ ޝަރުތުތަކަށް ވެފައި، ގާނޫނު އެންމެ ފުޅާމިނުގައި ތަންފީޒުކުރުމަށްޓަކައެވެ.

"ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ގައިދުވެ ޚާއްސަ ހާލަތްތަކެއްގައި ތިބޭ ބައެއް ކަމުގައިވާއިރު، އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު، އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމަކަށް ނުފެނެއެވެ،" އެމަނިކުފާނުގެ ސިޓީފުޅުގައިވެއެވެ.

ގުނަވަން ހަދިޔާކުރުމުގެ ކަންކަން ބޭރު ގައުމުތަކުގައި ކުރަނީ ގިނަ ކަންކަން ފުރިހަމަވޭތޯ ބެލުމަށްފަހުކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ބަންދުގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާކުރުމާ ގުޅޭ އިތުރު އުސޫލުތަކެއް ކަނޑައެޅުމެއް ނެތި ގުނަވަން ހަދިޔާކުރުމަށް ފުރުސަތު ދިނުމަކީ ގާނޫނު ތަންފީޒުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް، އެ ސިޓީގައި ބަޔާންކުރައްވައިފައިވެއެވެ.

އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ މެއި މަހުގެ 14ވަނަ ދުވަހެވެ.

އެ ބިލުގައި އޭޖީ އޮފީހުން ވަނީ، ކުށުގެ ގޮތުގައި ކަންކަން ހިމަނައި، އަދަބު ކަނޑައަޅައިފައެވެ. އެގޮތުން:

  • މީހެއްގެ ރުހުމެއް ނެތި ޓްރާންސްޕްލާންޓު ކުރުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުން
  • ޓްރާންސްޕްލާންޓު ކުރުމަށް ޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުން
  • ޓްރާންސްޕްލާންޓު ކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދިނުމާއި ސައްހަ ނޫން މައުލޫމާތު ހުށަހެޅުމާއި އެނޫން ކަންކަން ކުރުން މަނާވާއިރު، ކޮށްފިނަމަ އަދަބު ދޭނެ
  • ބިލުގައިވާ ގޮތުން، ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަ ދިނުމަށް ފަހު މިންގަނޑާ އެއްގޮތަށް އެ ތަންތަން ހުރިތޯ ބަލާނީ ސިއްހީ ޚިދުމަތުގެ ގާނޫނުގެ ދަށުން ކޮލިޓީ ކޮންޓްރޯލާ ކަމަށެވެ.

އެގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓު ކުރުމަށެވެ.

ގުނަވަން ހަދިޔާ ކުރާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، 18 އަހަރު ވެފައިވުމާއި އަމިއްލަ އިޚުތިޔާރުގައި ރުހިގެން ގުނަވަން ހަދިޔާކުރުމުގެ އިތުރަށް އެ މީހެއްގެ ބުއްދި ސަލާމަތުން ހުރުމެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުއްވައިލައްވައިފިއެވެ. މި ބިލު އަނބުރާ ފޮނުއްވައިލެއްވީ، ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކުގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ނުވަތަ ޖަލު ހުކުމެއްގައި ހުރި މީހަކަށް ނުވުމުގެ ޝަރުތު މަޖިލީހުން އުނިކޮށްފައިވާތީއެވެ. ބަންދުގައި ތިބޭ މީހުންނަކީ ފުރިހަމަ މިނިވަންކަމާއެކު، މަޖުބޫރުކަމެއް ނެތި ރުހުން ދެވޭނެ ބައެއްކަމަށް ގަބޫލުފުޅުނުކުރެއްވޭތީއާއި، މީގެ ސަބަބުން ގާނޫނު ތަންފީޒުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ވެސް އަމަލުކުރާ މިންގަނޑެވެ.

  • ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ނުވަތަ ހުކުމެއް ތަންފީޒުކުރާ މީހަކަށް ވެގެންނުވާނެއެވެ.
  • ރުހުމަކާ ނުލައި ގުނަވަން ނެގުމާއި، ގުނަވަން ގަތުން ނުވަތަ ވިއްކުމަކީ ކުށެއް ކަމުގައި ބިލުގައި ކަނޑައަޅާފައިވެއެވެ.
  • ގުނަވަން ހަދިޔާކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ބުއްދި ސަލާމަތުންހުރި މީހުންނަށެވެ.
  • ބިލުން ހުއްދަދެނީ ހަމައެކަނި ދިރިހުރި މީހުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމަށެވެ.
  • މަޖިލީހުން ބިލު ފާސްކުރީ މެއި 14 ގައެވެ. ނަމަވެސް ބިލު އަނބުރާ ފޮނުއްވައިލެއްވީ މެއި 31 ގައެވެ.
  • ލައިސަންސް ނެތި ޓްރާންސްޕްލާންޓްގެ ޚިދުމަތް ދިނުން ބިލުން މަނާކުރެއެވެ.
  • ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ބަލަހައްޓާނީ ކޮލިޓީ ކޮންޓްރޯލަރެވެ.
comment ކޮމެންޓް