ރަށްތަކުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މައްސަލައިގައި މުއްތަލިބް ހާޒިރުކުރަނީ

މިނިސްޓަރު މުއްތަލިބު، އެފްޑީސީ ފްލެޓުތަކުގެ މަސައްކަތް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް، މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް, ޑރ. ޢަބްދުﷲ މުއްޠަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މިނިސްޓަރާ ސުވާލުކުރުމަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުންނެވެ. މި ސުވާލު އިއްޔެ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މިނިސްޓަރު މުއްތަލިބާ ސުވާލުކުރުމަށް ހުށަހަޅުއްވާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތަފްސީލީ މައުލޫމާތު ހޯދުން ހިމެނެއެވެ. މީގެ ތެރޭގައި މަސައްކަތް ހުއްޓިފައިވަނީ ކޮން ރަށްތަކެއްގައި ކަމާއި، އެ މަސައްކަތްތައް އަލުން ފެށޭނެ ތާރީޚުތަކާއި، އަދި މަސައްކަތް ނިމޭނެ ތާރީޚުތަކުގެ ތަފްސީލު ސާފުކުރުން ހިމެނެއެވެ.

ހައުސިން މިނިސްޓަރު މުއްތަލިބާއި މެންބަރު ކުޑޫ:

މީގެ ކުރިން މެންބަރު ކުޑޫ ފޮނުއްވި ސުވާލުތަކަކަށް މުއްތަލިބު ޖަވާބު ނުދެއްވި މައްސަލަ ވެސް މެންބަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިދެނީ ސަރުކާރުގެ މަސައްކަތްތައް ޖަވާބުދާރީކުރުވުމުގެ މަގްސަދުގައެވެ. މިގޮތުން ގިނަ ރަށްތަކެއްގެ އަސާސީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތައް ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން މެންބަރުންގެ އިތުރުން އެ ރަށްތަކުގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

މި މަޝްރޫޢުތަކަކީ ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅިފައިވާ ކަންކަމަށްވާތީ، މިނިސްޓަރު މަޖިލީހުގައި ދެއްވާ ޖަވާބުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެއެވެ.

ނިމިދިޔަ ސަރުކާރުން އެކި ރަށްރަށުގައި ފަށާފައި ހުރި ގިނަ މަޝްރޫޢުތައް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުމާއި އެކަމުގެ ޝަކުވާތައް މީގެ ކުރިން ވެސް ކޮށްފައިވެއެވެ. ނަމަވެސް މި ސަރުކާރުން އެކަމާ ގުޅިގެން ކުރިން ބުނެފައިވަނީ އެ ރަށްރަށުގެ ފެނާއި ނަރުދަނާމެ މަޝްރޫޢުތައް ހުއްޓިފައިވަނީ އިދިކޮޅަށް ނިސްބަތްވާ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތް ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާ ގުޅޭގޮތުން ސުވާލުކުރުމަށްޓަކައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ވަނީ ހުށަހަޅާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި މި މައްސަލައިގެ މައިގަނޑު މަޤުޞަދަކީ، މި އަސާސީ ޚިދުމަތްތަކުގެ މަސައްކަތްތައް ހުއްޓިފައިވާ ސަބަބުތަކާއި، އަލުން މަސައްކަތް ފެށޭނެ ތާރީޚުތަކާއި އަދި ނިމޭނެ ތާރީޚުތައް ސާފުކޮށް ސަރުކާރު ޖަވާބުދާރީކުރުވުމެވެ. މިފަދަ ގިނަ މަޝްރޫޢުތަކަކީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކެއް ކަމަށްވާއިރު، މި ކަންކަން މަޑުޖެހިފައިވާތީ ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ބައެއް މަޝްރޫޢުތައް ހުއްޓިފައިވަނީ އިދިކޮޅު ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުންނެވެ. މި މަޝްރޫޢުތަކަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅިފައިވާ ކަންކަމަށްވުމާއެކު، މި މައްސަލައާ ގުޅިގެން މިނިސްޓަރު ދެއްވާނެ ޖަވާބަކަށް ގިނަ ބަޔަކު އިންތިޒާރުކުރެއެވެ.

  • ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ.
  • ހޯދަން އެދިފައިވާ މައިގަނޑު މަޢުލޫމާތުތަކުގެ ތެރޭގައި މަސައްކަތް ހުއްޓިފައިވާ ރަށްތަކާއި، އަލުން ފެށޭނެ އަދި ނިމޭނެ ތާރީޚުތައް ހިމެނެއެވެ.
  • މީގެ ކުރިން ވެސް މިނިސްޓަރާ މިފަދަ ސުވާލުތަކެއް ކުރިމަތިކުރުވައި ޖަވާބު ލިބިފައިނުވާކަން މެންބަރު ފާހަގަކުރައްވާފައިވެއެވެ.
  • ގިނަ މަޝްރޫޢުތައް ހުއްޓިފައިވާ ސަބަބެއްކަމަށް ސަރުކާރުން ކުރިން ބުނެފައިވަނީ އިދިކޮޅު ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމެވެ.
  • މިފަދަ އަސާސީ ޚިދުމަތްތައް ލަސްވުމަކީ ރަށްރަށުގެ ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު