ފަހު ވަގުތު ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ޕޯޓަލް ޑައުންވެއްޖެ

މިނިސްޓަރު މުއްތަލިބު، އެފްޑީސީ ފްލެޓުތަކުގެ މަސައްކަތް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް ކަމަށްވާ "އެންމެންނަށް ބޯހިޔާވަހިކަން"ގެ ދަށުން ގޯއްޗަށް ކުރިމަތިލާން ބޭނުންކުރާ ޕޯޓަލް ޑައުންވެއްޖެއެވެ.

ބެލެވޭ ގޮތުގައި މި ޕޯޓަލް ޑައުންވެފައި މިވަނީ ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު މިރެއަށް ހަމަވާތީ، ގިނަ ބަޔަކު އެ ޕޯޓަލަށް ވަނުމުގެ ސަބަބުންނެވެ.

"އެންމެންނަށް ބޯހިޔާވަހިކަން"ގެ ދަށުން ގޯއްޗަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ މާރިޗު މަހުގެ ފަސްވަނަ ދުވަހުގެރޭ 11:59ގެ ނިޔަލަށެވެ. އަދި ފުލެޓަށް ކުރިމަތިލާން ހުޅުވައިލީ އޭޕްރީލް މަހުގެ 18ވަނަ ދުވަހުގެރޭ 11:59ގެ ނިޔަލަށެވެ.

https://sun.mv/223324

މިނިސްޓްރީން ފަހުން ވަނީ ދެތިން ފަހަރެއްގެ މަތިން މުއްދަތު އިތުރު ކޮށްފައެވެ. އެންމެ ފަހުން އިތުރު ކުރި މުއްދަތު މިރޭ 11:59ގެ ނިޔަލަށް ހަމަވާނެއެވެ.

ބޯހިޔާވަހިކަމަށް ކުރިމަތިލާން ދިން މުއްދަތު އަދި އިތުރުކުރާނެތޯ 'ސަން'އިން އިއްޔެ ސުވާލުކުރުމުން، ހައުސިން މިނިސްޓްރީން ކުރުކޮށް ދިން ޖަވާބުގައި ވަނީ ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ދެން އިތުރުނުކުރާނެ ކަމަށެވެ.

މި ސްކީމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ.

ގޯތި ދޫކުރަނީ ދެ ކެޓަގަރީންނެވެ. އެއް ކެޓަގަރީއަކީ މާލޭ ރަށްވެހިންނަށް ޚާއްސަ އަދި ޚާއްސަ އިސްކަންދެވޭ ކެޓަގަރީއެވެ. މި ކެޓެގަރީއަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލޭންނެވެ. ދެވަނަ ކެޓަގަރީއަކީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓެގަރީއެވެ. މި ކެޓެގަރީއަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލޭންނެވެ.

"އެންމެންނަށް ބޯހިޔާވަހިކަން" ސްކީމްގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމަށް ގާއިމުކޮށްފައިވާ ޕޯޓަލް މައްސަލަޖެހި ޑައުންވެފައިވަނީ، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތު ގާތްވެފައި ވަނިކޮށެވެ. މީގެ ކުރިންވެސް މުއްދަތުތަކެއް އިތުރުކުރުމަށްފަހު، އެންމެ ފަހުގެ ސުންގަޑިއަކީ މިރޭ 11:59 އާ ހަމައަށެވެ. އަދި ދެން އިތުރަށް މުއްދަތު އާނުކުރާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި ސްކީމުގެ ތެރެއިން 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ގޯތި ދޫކުރުން ބަހާލެވިފައިވަނީ މާލޭ ރައްޔިތުންނަށް ޚާއްސަ ކެޓަގަރީއަކާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ޚާއްސަ ކެޓަގަރީއެއްގެ މައްޗަށެވެ.

  • ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިރޭ 11:59 އާ ހަމައަށެވެ.
  • ސުންގަޑި ގާތްވުމުން ގިނަ ބަޔަކު ޕޯޓަލް ބޭނުންކުރުމުގެ ސަބަބުން ސިސްޓަމް ވަނީ ޑައުންވެފައެވެ.
  • މިނިސްޓްރީން ނިންމާފައިވަނީ ފޯމު ހުށަހެޅުމުގެ މުއްދަތު ދެން އިތުރު ނުކުރުމަށެވެ.
  • ސްކީމްގެ ދަށުން 15،000 ގޯއްޗާއި 7،900 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
  • ގޯތި ދޫކުރަނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވަކި ދެ ކެޓަގަރީއަކުންނެވެ.
  • ޕޯޓަލް ޑައުންވުން: ގިނަ ބަޔަކު އެއްފަހަރާ ވަނުމުން ސިސްޓަމަށް ބާރުބޮޑުވެ ޕޯޓަލް މައްސަލަޖެހުން.
  • ސުންގަޑި ހަމަވުން: މިރޭގެ ނިޔަލަށް މުއްދަތު ހަމަވާއިރު، އިތުރު ފުރުސަތެއް ދެން ނުލިބޭނެކަން ކަށަވަރުކުރުން.
  • މަޝްރޫޢުގެ އަމާޒު: ފުޅާ ދާއިރާއެއްގައި ގޯއްޗާއި ފުލެޓް މާލެ ސަރަހައްދާއި ރަސްމާލެއިން ދޫކުރުން.
comment ކޮމެންޓް