އޮރަކަލް އެކްސެޑޭޓާ ޑޭޓާބޭސް މެޝިން ފުލުހުންނާ ހަވާލުކޮށްފި

ފުލުހުންގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަންސް ޑައިރެކްޓަރޭޓްގައި ގާއިމުކޮށްފައިވާ އޮރަކަލް އެކްސެޑޭޓާ ޑޭޓާބޭސް މެޝިން ރަސްމީކޮށް ފުލުހުންނާއި އިއްޔެ ހަވާލުކޮށްފި އެވެ.

އިއްޔެ ހުސައިން އާދަމް ބިލްޑިންގައި ބޭއްވި ހަފްލާއެއްގައި އެކްސެޑޭޓާ ޑޭޓާބޭސް މެޝިން ހަވާލުކޮށްދެއްވީ ސިންގަޕޯ އޮރަކަލް ކޯޕަރޭޝަންގެ ސީނިއާ ޑައިރެކްޓާ ހޮންގް އެންގް ކޯ އެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެ މެޝިނާއި ހަވާލުވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ފަޔާޒް އެވެ.

ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެކިއެކި ހިދުމަތުގެ ފެންވަރު މަތިކޮށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ގާއިމްކުރި އެ ޑޭޓާބޭސް މެޝިންތަކެއް ކަމަށާއި އެ ޑޭޓާބޭސް ފުލުހުންގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަންސްގައި ގާއިމުކުރުމާއި ގުޅިގެން އެތަނުގައި މަސައްކަތްކުރާ ފުލުހުންނަށް މެލޭޝިއާއިން ތަމްރީނުތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ޑޭޓާބޭސްގެ ސަބަބުން ފުލުހުންގެ ފަރާތުން ރައްޔިތުންނަށް މިހާރު ފޯރުކޮށްދެމުންގެންދާ އެކިއެކި ޚިދުމަތްތަކުގެ ފެންވަރު ހަރުދަނާވެ އަވަހަށް ހިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރުން އާ ޚިދުމަތްތައް ތަޢާރަފުކުރުމަށް ވެސް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު