'ވެލްކަމް ޓު ޖަންގަލް'ގެ ޓްރެއިލާ ދައްކާލައިފި

ބޮޑު ކާސްޓަކާ އެކު ޑައިރެކްޓަރު އަހްމަދު ޚާން ގެނެސްދޭ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި މަހު 26ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ، ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ގެނެސްދެމުން އަންނަ "ވެލްކަމް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.

ހަތަރު މިނެޓުގެ ޓްރެއިލާގައި ހެއްވާ މަޖާ ގިނަ ހާދިސާތައް އެކުލެވޭއިރު މިފަހަރުގެ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ، މީހުން ދިރިއުޅޭ ސިޓީތަކާ ދުރަށް ބިޔަ ޖަންގަޔެއްގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ.

ތިން ވަނަ ފިލްމުގެ މުހިއްމު ރޯލަކުން އަކްޝޭ ކުމާރު ފެންނާނެއިރު، މި ފިލްމުގެ ކާސްޓުންގެ ލިސްޓުވެސް އެހާމެ ދިގެވެ. އެގޮތުން ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ، ސުނިލް ޝެޓީ، ރަވީނާ ޓަންޑަން، ސަންޖޭ ދަތު، ޑިޝާ ޕަޓާނީ، އަފްތާބް ޝިވްދަސާނީ، ޖެކްލީން ފެނާންޑޭޒް، ތުޝާރް ކަޕޫރު، އަރުޝަދު ވަރްސީ، މަނޫޝީ ޗިލާ، ރަންދީޕް ހޫޑާ، ލާރާ ދައްތާ، ޝްރެޔަސް ތަލްޕަޅޭ، ޝާރިބް ހާޝީމީ، ޕަރޭޝް ރާވަލް، ސުޕްރިޔާ ކަރްނިކާ، ރާޖްޕަލް ޔާދަވް، ޖޯނީ ލީވާ، ފަރީދާ ޖަލާލް، ޕުނީތު އިސާރް އަދި މަނޯޖް ޕަހްވާ ހިމެނެއެވެ.

"ވެލްކަމް ޓު ދަ ޖަންގަލް"ގެ ޓްރެއިލާގެ މަންޒަރެއްގައި އަކްޝޭ އަދި ތުޝާރު--ފޮޓޯ/މިޑްޑޭ

މި ފްރެންޗައިސްގެ ދަށުން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ، 2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ވެލްކަމް ބެކް"އެވެ. ޑައިރެކްޓަރު އަނީސް ބަޒްމީ ގެނެސްދިން އެ ފިލްމުގެ ކާސްޓުގައި އަނިލް ކަޕޫރު، ނާނާ ޕަޓޭކަރު، ޖޯން އަބްރަހަމް، ޝްރުތީ ހާސަން، ޝައިނީ އަހޫޖާ އަދި ޑިމްޕަލް ކަޕާޑިއާ ތަރިން ހިމެނެއެވެ.

ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ގެނެސްދޭ "ވެލްކަމް" ފްރެންޗައިޒްގެ ތިންވަނަ ފިލްމު ކަމަށްވާ "ވެލްކަމް ޓު ދަ ޖަންގަލް" ގެ ހަތަރު މިނެޓުގެ ޓްރެއިލާ ވަނީ އާންމުކޮށްފައެވެ. އަހުމަދު ޚާން ޑައިރެކްޓުކުރާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި އޮންނަ ބިޔަ ޖަންގައްޔެއްގައި ހިނގާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމަކީ 2015 ވަނަ އަހަރު ނެރުނު "ވެލްކަމް ބެކް" އަށްފަހު ނެރޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި އަކްޝޭ ކުމާރު އިސް ރޯލެއް އަދާކުރާއިރު، ބޮލީވުޑްގެ ވަރަށް ގިނަ މަޝްހޫރު ތަރިން ފިލްމުން ފެނިގެންދާނެއެވެ. މީގެ ތެރޭގައި ސުނިލް ޝެޓީ، ރަވީނާ ޓަންޑަން، ސަންޖޭ ދަތު، އަދި ޑިޝާ ޕަޓާނީ ފަދަ ގިނަ ތަރިން ހިމެނެއެވެ. ފިލްމުގެ ކާސްޓް ލިސްޓު ވަރަށް ދިގުކަން ފާހަގަކުރެވެއެވެ.

  • ފިލްމު ސިނަމާތަކަށް ނެރުމަށް ތާވަލުކުރެވިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
  • މިއީ ކާމިޔާބު "ވެލްކަމް" ފްރެންޗައިޒްގެ ތިންވަނަ ފިލްމެވެ.
  • ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ ޖަންގައްޔެއްގައި ހިނގާ މަޖާ ހާދިސާތަކެއްގެ މައްޗަށެވެ.
  • ފިލްމުގައި އަކްޝޭ ކުމާރު، ސުނިލް ޝެޓީ އަދި ސަންޖޭ ދަތު ފަދަ ގިނަ ތަރިން ހިމެނެއެވެ.
  • އެންމެ ފަހުން މި ފްރެންޗައިޒްގެ ފިލްމެއް ނެރެފައިވަނީ 2015 ވަނަ އަހަރުގައެވެ.
comment ކޮމެންޓް