ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުގެ ހައްގުތައް ގެއްލޭފަދަ އެއްބަސްވުމަކަށް ނުދާނަން: އީރާން

އިބްރާހީމް ޒުލްފިގާރީ

ތެހެރާން (11 ޖޫން 2026): އެމެރިކާ ކިތަންމެ ވަރަކަށް ހަމަލާދިނަސް އީރާނުގެ ހައްގުތައް ގެއްލޭފަދަ އެއްބަސްވުމަކަށް ނުދާނެކަމަށް އީރާން ސިފައިންގެ ލަޝްކަރުތަކުގެ ވެރިޔާ އިބްރާހީމް ޒުލްފިގާރީ ވިދާޅުވެއްޖެއެވެ.

އެމެރިކާ އެދޭފަދަ އެއްބަސްވުމަކަށް ދާން އީރާން ދެކޮޅުހަދާ ކަމަށް ބުނެ އެކަމަށް އަދަބު ދިނުމުގެ ގޮތުން އެމެރިކާ އިއްޔެއާއި ރޭ އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދެއްވި ބަޔާނެއްގައި ޒުލްފިގާރީ ވިދާޅުވީ މިފަދަ ފިނޑި ހަމަލާތައް ދީގެން އެމެރިކާ ބޭނުންވާ އެއްބަސްވުމަކަށް އީރާން ދާނެކަމަށް ގަބޫލުކުރެވޭނަމަ އެއީ ކުށްހީއެއް ކަމަށެވެ.

"އެމެރިކާ ކިތަންމެ ހަމަލާތަކެއް ދިނަސް އަދި ކިތަންމެ ޕްރެޝަރެއް ކުރިނަމަވެސް އީރާނުގެ ހައްގުތައް ގެއްލޭފަދަ އެއްވެސް އެއްބަސްވުމަކަށް އީރާން ނުދާނެ" ޒުލްފިގާރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާއި އިސްރާއީލުން އީރާން އާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށިއިރަށްވުރެ އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން މިހާރު އީރާން ބާރުގަދަވާނެއެވެ. އެމެރިކާ އަލުން ހަނގުރާމަ ފެށިނަމަވެސް އީރާން އޮތީ އެމެރިކާގެ ޕްރެޝަރަށް ދީލާގޮތަށް ނޫންކަމަށާއި އެމެރިކާގެ ކޮންމެ ހަމަލާއަކަށް ވަރުގަދައަށް ރައްދުދޭނެކަމަށް ޒުލްފިގާރީ ވިދާޅުވިއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ގަލީބާވް ވިދާޅުވިގޮތުގައި އީރާންގެ އަސްކަރީ ގޮތުން ބަލިނުކުރެވުމުން އެމެރިކާ ވަނީ މާޔޫސްވެފައެވެ. މި މާޔޫސްކަމުގައި މިހާރު އެމެރިކާ މަސައްކަތް ކުރަނީ ހަނގުރާމައިން ހާސިލް ނުކުރެވުނު ލަނޑުދަނޑިތައް ސުލްހައިގެ ވާހަކަތަކުން ހާސިލް ކުރެވޭނެ ގޮތެއް ވޭތޯއެވެ. މިއީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެމެރިކާ ޖެހޭނީ އީރާނަށް ދޫދީ އީރާނުގެ ނިއުކްލިޔާ ހައްގުތައް ގަބޫލުކޮށް އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އީރާނާއެކު އިންސާފުވެރި ގޮތެއްގައި މުއާމަލާތް ކުރަންކަމަށާއި އެ ނޫން ގޮތަކަށް އީރާން އާއެކު އެއްބަސްވުމަކަށް ނުދެވޭނެކަމަށް ގަލީބާވް ވިދާޅުވިއެވެ.

އެމެރިކާ އެދޭފަދަ އެއްބަސްވުމަކަށް ދާން އީރާން ދެކޮޅުހަދާ ކަމަށް ބުނެ އެކަމަށް އަދަބު ދިނުމުގެ ގޮތުން އެމެރިކާ އިއްޔެއާއި ރޭ އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާން ވަނީ ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ 25 އަމާޒަކަށް ބަލިސްޓިކް މިސައިލުންނާއި ޑްރޯނުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އީރާންވަނީ ހުރުމުޒު ކަނޑުއޮޅި ކުރިޔަށްވުރެވެސް ވަރުގަދައަށް ބަންދުކުރިކަން އިއުލާން ކޮށްފައެވެ.

އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކާއި ކުރަމުންދާ ފިއްތުންތަކާއެކުވެސް، އީރާނުގެ ހައްގުތައް ގެއްލޭފަދަ އެއްވެސް އެއްބަސްވުމަކަށް ނުދާނެކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ. އީރާން ސިފައިންގެ ލަޝްކަރުތަކުގެ ވެރިޔާ އިބްރާހީމް ޒުލްފިގާރީ ވިދާޅުވީ، އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުން ދީލާނުލާނެ ކަމަށާއި، ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެކަމަށެވެ. އަދި މިހާރު އީރާން އޮތީ ކުރިޔަށްވުރެ އަސްކަރީ އަދި ސްޓްރެޓީޖިކް ގޮތުން ބާރުގަދަ ހާލަތެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ގަލީބާވް ވިދާޅުވިގޮތުގައި، އެމެރިކާ މަސައްކަތްކުރަނީ ހަނގުރާމައިން ނުހޯދުނު ކާމިޔާބީ ސުލްހައިގެ މޭޒުދޮށުން ހޯދާށެވެ. އެހެންނަމަވެސް، އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ނިއުކްލިޔާ ހައްގުތައް ގަބޫލުކޮށްގެންނެވެ. މީގެއިތުރުން، އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ 25 އަމާޒަކަށް މިސައިލާއި ޑްރޯނުން ހަމަލާދީފައެވެ.

  • އެމެރިކާއިން ބޭނުންވާފަދަ އެއްބަސްވުމަކަށް އީރާނުން އިންކާރުކުރުމާ ގުޅިގެން އެމެރިކާއިން ވަނީ ހަމަލާތަކެއް ދީފައެވެ.
  • ހަނގުރާމަ ފެށުނު އިރަށްވުރެ މިހާރު އީރާނުގެ އަސްކަރީ ބާރުވެރިކަން ވަނީ އިތުރުވެފައެވެ.
  • އެމެރިކާއިން އީރާނުގެ ނިއުކްލިޔާ ހައްގުތައް ގަބޫލުކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭނެކަމަށް އީރާނުން ވަނީ ޝަރުތުކޮށްފައެވެ.
  • ރައްދުގައި އީރާނުން ވަނީ އެމެރިކާގެ 25 އަމާޒަކަށް ހަމަލާދީ، ހުރުމުޒު ކަނޑުއޮޅި އިތުރަށް ބަންދުކޮށްފައެވެ.
  • އީރާނުގެ ސިޔާސީ އަދި އަސްކަރީ ސާބިތުކަން އެމެރިކާގެ ޕްރެޝަރާއެކުވެސް ދެމިއޮތުން.
  • އެމެރިކާއިން ހަނގުރާމައިގެ ބަދަލުގައި ސުލްހައިގެ މަޝްވަރާއިން ނަތީޖާ ހޯދަން މަސައްކަތްކުރުން.
  • އީރާނުން އެމެރިކާގެ އަމާޒުތަކަށް ހަމަލާދީ އަސްކަރީ ގާބިލުކަން ދައްކާލުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު