އާލިއާގެ ފިލްމު 'އަލްފާ'ގެ ޓީޒާ ދައްކާލައިފި

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ފިލްމު ކުންފުނިތަކުގެތެރޭ ހިމެނޭ ޔަޝް ރާޖް ފިލްމްސްގެ ގޮފި ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "އަލްފާ"ގެ ޓީޒާ ދައްކާލައިފިއެވެ.

ލީޑް ބަތަލާގެ ގޮތުގައި އާލިއާ ބަޓް ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހެވެ.

ފިލްމު "އަލްފާ" އަކީ ސްޕައި ޔުނިވާސްއިން ބަތަލާއަކު ލީޑްކުރާ ގޮތަށް ނެރޭ ފުރަތަމަ އުފެއްދުމެވެ.

މިއަދު ރިލީޒްކުރި ޓީޒާގައި ފިލްމުގެ ކާސްޓުގައި ހިމެނޭ އެހެން ތަރިންގެ އެއްވެސް މަންޒަރެއް ހިމަނާފައިނެތްއިރު މުޅި ޓީޒާ ބިނާވެފައިއޮތީ އާލިއާ އާއި އޭނަ ކުޑައިރުން ފެށިގެން ޓްރެއިންކުރާ ބޮބީ ޑިއޯލްގެ ކެރެކްޓާގެ މައްޗަށެވެ.

އާލިއާއާ އެކު ފިލްމު "އަލްފާ"ގެ މުހިއްމު ރޯލަކުން ފެންނާނެ ޒުވާން ބަތަލާ ޝަރުވަރީ ވާގްގެ މަންޒަރެއް ހިމަނާފައިނުވާތީ ބެލުންތެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފިލްމު "އަލްފާ"ގެ ޓީޒާގެ މަންޒަރުތަކެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމުގެ ޓީޒާގައި އާލިއާ ގެނެސްދީފައި ވަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި ނަމަވެސް ބޮބީ ހިމެނޭ މަންޒަރުތަކުގައި އެކްޓަރު ބޭނުންކުރި އިންޑިއާގެ 'ހަރިޔާނާ'ގެ ބަހުރުވަ އެހާ ރަނގަޅު ނޫން ކަމަށް އެކްސްގައި މީހަކު ކުރި ޕޯސްޓުގައި ބުނެފައިވެއެވެ. ހަމައެއާއެކު ޓީޒާއިން ބަތަލާ ޝަރުވަރީ ނުފެނުނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދާފައިވެއެވެ.

މި އަހަރު ސިނަމާތަކަށް އަންނާނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "އަލްފާ"ގެ ކާސްޓުގައި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަނިލް ކަޕޫރު ވެސް ހިމެނެއެވެ.

އަލަށް ފީޗާ ފިލްމެއް ގެނެސްދޭ ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލް ޑައިރެކްޓްކޮށްފައިވާ "އަލްފާ" އަކީ އާލިއާ ވައިއާރްއެފަށް ކުޅޭ ފުރަތަމަ ފިލްމެވެ.

ފިލްމު "އަލްފާ"އަށްފަހު އާލިއާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ ލޯބީގެ ފިލްމު "ލަވް އެންޑް ވޯ"އިންނެވެ.

މި އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ މައިގަނޑު ތަރިއަކީ އާލިއާ ބަޓްއެވެ. މިއީ ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލް ޑައިރެކްޓްކޮށްފައިވާ އޭނާގެ ފުރަތަމަ ފީޗާ ފިލްމެވެ. މިއަދު އާންމުކުރި ޓީޒާގައި މައިގަނޑު ގޮތެއްގައި ފެންނަނީ އާލިއާ އަދި އޭނާއަށް ތަމްރީނުދޭ ބޮބީ ޑިއޯލްއެވެ. ނަމަވެސް ފިލްމުގެ މުހިންމު ރޯލެއް ކުޅޭ ޝަރުވަރީ ވާގް މި ޓީޒާއިން ނުފެންނާތީ ބެލުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބޮބީ ޑިއޯލް ބޭނުންކޮށްފައިވާ ބަހުރުވައަށްވެސް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

  • ފިލްމު ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.
  • މިއީ ސްޕައި ޔުނިވާސްގެ ފުރަތަމަ އަންހެން ލީޑު ފިލްމެވެ.
  • ޓީޒާގައި އާލިއާ ބަޓް އަދި ބޮބީ ޑިއޯލް ފެނިގެންދެއެވެ.
  • ޝަރުވަރީ ވާގް ޓީޒާއިން ނުފެންނާތީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
  • ފިލްމުގެ ކާސްޓުގައި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ވެސް ހިމެނެއެވެ.
  • ޔަޝް ރާޖް ފިލްމްސްގެ އާ ފިލްމު އަލްފާގެ ޓީޒާ ދައްކާލުން.
  • ފިލްމުގައި އާލިއާ ބަޓްގެ ވަރުގަދަ އެކްޝަން ރޯލެއް ހިމެނުން.
  • ބައެއް ތަރިން ޓީޒާއިން ނުފެނުމާއި ބަހުރުވައިގެ ސަބަބުން އާންމުންގެ ފާޑުކިޔުން އަމާޒުވުން.
comment ކޮމެންޓް