މަގާމަށް އައްޔަނުކުރެއްވިތާ މާ ގިނައިރެއް ނުވެ އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ރައީސް މުއިއްޒާއި ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

އޭނާ އެ މަގާމަށް އައްޔަންކުރެއްވިކަން ސަރުކާރުން ހާމަކުރީ މިއަދެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) "ސަން"އަށް މިއަދު ހެނދުނު ވިދާޅުވީ އާދަމް ނަސީރު އައްޔަންކޮށްފައިވަނީ ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ޚާއްސަ މުޝީރުގެ މަގާމަށް ކަމަށެވެ. އޭނާ މިހާރު މަސައްކަތް ފައްޓަވައިފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އެކަމަކު، އޭގެ މާ ގިނައިރުތަކެއް ނުވެ، މިއަދު 15:30 ގައި މުންދު ވަނީ އާދަމް ނަސީރު އިސްތިއުފާދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، އެހާ ކުރު މުއްދަތެއްގެ ތެރޭގައި އާދަމް ނަސީރު މަގާމުން އިސްތިއުފާދެއްވި ސަބަބެއް ނޭނގެއެވެ. ސަރުކާރުން ވެސް އެ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އުފެއްދެވި ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީއަށް ފުރަތަމަ ވެސް އައްޔަންކުރެއްވި އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 14ގައި ކުއްލި ގޮތަކަށެވެ. އެ ދުވަހު އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް 10 މިނިސްޓަރުން އިސްތިއުފާ ދެއްވިއެވެ.

https://sun.mv/223088

ރައީސް އޮފީހުން އޭރު ބުނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.

އޭރު އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންނަށް އިސް މަގާމުތައް ފަހުން ދެއްވާފައިވެއެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާ ވެސް ރައީސް އޮފީހުގެ މަގާމަކަށް ވަނީ އައްޔަންކުރައްވައިފައެވެ.

މީގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރަށް ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާއިރު, އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

https://sun.mv/220693

އެ މިނިސްޓަރުން އިސްތިއުފާ ދެއްވީ، އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ފަހުންނެވެ.

މިނިސްޓަރުންގެ އިސްތިއުފާއަށް ފަހު ރައީސް އާ ބޭފުޅުން އައްޔަންކުރެއްވިއިރު، ބައެއް މިނިސްޓްރީތަކުގެ ޒިންމާތައް އެހެން މިނިސްޓްރީތަކާ ހަވާލުކުރެއްވިއެވެ. އެގޮތުން މީގެ ކުރިން އޮތް ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ބަދަލުގައި މިހާރު ހުންނަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއެވެ.

މަގާމަކަށް އައްޔަން ކުރެއްވިތާ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާދަމް ނަސީރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި ކަމާ ގުޅޭ އިތުރު ތަފުސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ރަސްމީ އިދާރާތަކުން ދެން އާންމުކުރާނެ މައުލޫމާތަކަށް އިންތިޒާރު ކުރުން މުހިންމެވެ. ފުރިހަމަ މައުލޫމާތު ލިބުމުން އިސްތިއުފާގެ ސަބަބުތައް ސާފުވެގެންދާނެއެވެ.

  • އާދަމް ނަސީރު ވަނީ އައްޔަން ކުރެއްވި މަގާމުން އިސްތިއުފާ ދެއްވާފައި.
  • އިސްތިއުފާ ދެއްވާފައިވަނީ މަގާމާ ހަވާލުވެވަޑައިގަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި.
  • އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ހާމަކޮށްފައި ނުވޭ.
  • މި ކަމާ ގުޅޭ އިތުރު ތަފުސީލުތައް ފަހުގެ ވަގުތެއްގައި ހާމަކުރާނެ ކަމަށް ބެލެވޭ.
comment ކޮމެންޓް