''ދިވެހި ފުޓުބޯޅަ ބަލަން ހަގީގީ ސަޕޯޓަރުން ނާދޭ، ފެންނަނީ ކުޅުންތެރިންގެ އާއިލާއާއި ރައްޓެހިން''

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އުރުބާނީ-- ފޮޓޯ: އެފްއޭއެމް

ފާއިތުވި ހަތަރު މަސްދުވަހު އޭނާ ދަނޑުމަތީގެ ހަރަކާތްތަކާއި ދަނޑުން ބޭރުގެ ކަންކަން ވަރަށް ބޮޑަށް އޮބްޒާވްކުރި ކަމަށާއި އެގޮތުން ފާހަގަވި އެންމެ ހިތާމަވެރި އަދި އެންމެ ބޮޑު އެއް ކަމަކީ ދިވެހި ލީގުގެ މެޗުތައް ބަލަން ހަގީގީ ސަޕޯޓަރުން ނާންނަކަން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުތަކަށްފަހު ވާހަކަދައްކަމުން އުރުބާނީ ވަނީ ދިވެހި ފުޓްބޯޅަ ލީގު ބަލަން ސަޕޯޓަރުން ނާންނަ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އުރުބާނީ ބުނީ ދަނޑުން ފެންނަނީ ހަމައެކަނި ކުޅުންތެރިންގެ އާއިލާ މީހުންނާއި ރައްޓެހިން އެކަނި ކަމަށެވެ. އަދި މި މުބާރާތުގެ ސަޕޯޓަރުންގެ މި މަދުކަމާއި ފުޓްބޯޅައިގެ ފޯރި ކުޑަވެފައިވާ މިންވަރު ހާމަވެގެންދިޔަ ކަމަށް އުރުބާނީ ބުންޏެވެ.

މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޒުވާން ޓީމާ ވާދަކޮށް ރާއްޖެ 1-1 އިން އެއްވަރުވިއިރު، މިއީ ރާއްޖެއަށް މުބާރާތުން ލިބުނު ހަމައެކަނި ޕޮއިންޓެވެ.

މި ނަތީޖާއާއެކު އަފްގާނިސްތާން ޓީމަށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ލިބުނުއިރު، ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނީ އެންމެ ފުލުގައި އޮވެގެންނެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ހަތް ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދި ޕާކިސްތާނުންނެވެ. މި މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން އަފްގާނިސްތާނާއި ޕާކިސްތާނާ ލަނޑެއް ނުޖެހި އެއްވަރުވި ބަންގްލަދޭޝްއަށް ފައިނަލަށް ދެވެން އޮތީ ރާއްޖެ ބަލިކޮށްގެން ކަމަށްވިޔަސް، އެއްވަރުވުމުން ތިން ޕޮއިންޓާއެކު ތިންވަނައިގައި އޮވެ އެ ޓީމު ވަނީ ކަޓާފައެވެ.

ފުރަތަމަ ދެ މެޗުން އަފްގާނިސްތާން އަތުން 1-0 އިން އަދި ޕާކިސްތާން އަތުން 3-0 އިން ބަލިވި ރާއްޖެ މެޗަށް ނުކުތްއިރުވެސް އޮތީ ފައިނަލުގެ ދޮރު ބަންދުވެފައެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ވަނީ ދިވެހި ފުޓުބޯޅައަށް އާންމުންގެ ތަރުހީބު ކުޑަވެފައިވާ މިންވަރު ފާހަގަކޮށްފައެވެ. އޭނާ ބުނިގޮތުގައި ދަނޑަށް މެޗު ބަލަން ހަގީގީ ސަޕޯޓަރުން ނާދެއެވެ. އޭގެ ބަދަލުގައި ދަނޑުން ފެންނަނީ ހަމައެކަނި ކުޅުންތެރިންގެ އާއިލާއާއި ރައްޓެހިންނެވެ. މިއީ ފުޓުބޯޅައިގެ ކުރިމަގާމެދު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް އެދެވޭ ނަތީޖާއެއް ހޯދިފައެއް ނުވެއެވެ. ފުރަތަމަ ދެ މެޗުން ބަލިވެފައިވާއިރު، ފަހު މެޗުގައި ބަންގްލަދޭޝްއާ އެއްވަރުވެ، މުބާރާތް ނިންމާލަން ޖެހުނީ ތާވަލުގެ އެންމެ ފުލުގައި އޮވެގެންނެވެ. ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ޕާކިސްތާނާއި އަފްގާނިސްތާނުންނެވެ.

  • މެޗުތައް ބަލަން އާންމު ސަޕޯޓަރުން ނުދާތީ ކޯޗު އިސްތަވާން އުރުބާނީ ކަންބޮޑުވުން ފާޅުކުރުން.
  • ރާއްޖެއަށް މުބާރާތުން ލިބުނީ ބަންގްލަދޭޝްއާ އެއްވަރުކޮށްގެން ހޯދި އެންމެ ޕޮއިންޓެއް.
  • ފުރަތަމަ ދެ މެޗުގައި އަފްގާނިސްތާނާއި ޕާކިސްތާން އަތުން ރާއްޖެ ބަލިވުން.
  • ޕާކިސްތާނާއި އަފްގާނިސްތާނުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދުން.
  • ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނީ ތާވަލުގެ އެންމެ ފުލުގައި އޮވެގެން.
comment ކޮމެންޓް