ދުނިޔޭގެ އެންމެ މޮޅު ސައިގެ ލަގަބު 'މަސާލާ ޗާއި'އަށް

ޓޭސްޓް އެޓްލަސްގެ ލިސްޓުން އެއްވަނަ ހޯދި އިންޑިއާގެ އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު 'މަސާލާ ޗާއި'--ފޮޓޯ/އިންޑިއާޓުޑޭ

ކާބޯތަކެތީގެ މަޝްހޫރު ގައިޑް "ޓޭސްޓް އެޓްލަސް" ދާދިފަހުން އިން އެކުލަވައިލި ދުނިޔޭގެ އެންމެ މޮޅު 100 ސައިގެ ލިސްޓުގެ އެއްވަނަ 'މަސާލާ ޗާއި' އަށް ލިބިފައިވާއިރު ހޫނު ސައިތަށްޓަކުން ހައްލު ނުކުރެވޭނެ ކަމެއް މަދުވާނެއެވެ. މިއީ ސަޔަށް ލޯބިކުރާ މީހުންގެ މެދުގައި ބަހުސްކުރަންޖެހޭ ކަމެއް ނޫނެވެ.

މި ލިސްޓުގެ އެއްވަނަ 'މަސާލާ ޗާއި'އަށް ލިބުނުއިރު އިންޑިއާގެ އިތުރު ބައެއް ބާވަތްތައް ވެސް މި ލިސްޓުގެ ގަދަ ދިހައެއްގައި ވަނީ ހިމެނިފައެވެ. މިއާއެކު، އިންޑިއާގެ ސައިގެ ސަގާފަތް މުޅި ދުނިޔެއަށް މިވަނީ ފެތުރިފައެވެ.

އިންޑިއާގެ އިތުރުން ދިވެހީންގެ މެދުގައި ވެސް 'ކޮފީއަށް ފަހު މިފަހަކަށް އައިސް ވަރަށް މަގުބޫލު 'މަސާލާ ޗާއި' އަކީ ހަމައެކަނި ސައިތަށްޓެއްގެ ބޭނުމުގައި ބޯ އެއްޗެއް ނޫނެވެ. އެއީ ވަރަށް ގިނަ ބައެއްގެ ދިރިއުޅުމުގެ އާދަކާދައަކަށް ވަނީ ވެފައެވެ.

އިންޑިއާގެ މަގުމަތީގައި މީހަކު ސައި ތައްޔާރު ކުރަނީ--ފޮޓޯ/އިންޑިއާޓުޑޭ

ވާހަކަ ދައްކާލަން ފަށައިދޭ ވަސީލަތެކެވެ. މަސައްކަތުގެ މެދުކެނޑުމެއްގައި ލިބޭ ހިތްހަމަޖެހުމެވެ. ރޭލު ސްޓޭޝަންތަކުގެ މުހިންމު ބައެކެވެ. އަދި ބައެއް ފަހަރު ހިލޭ ލިބޭ ނަފްސާނީ ފަރުވާއެއް ވެސް މެއެވެ. މަގުމަތީގެ ކުދި ހޮޓާތަކުން ފެށިގެން އެންމެ މަތީ ފަންތީގެ ސައިކޮޓަރިތަކާ ހަމައަށް ވެސް، ސަޔަކީ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ލާމެހިފައިވާ އެއްޗެކެވެ.

މިގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ހޫނު ސައިތަށްޓަކާ އެއްވަރުވާނެ އެހެން އެއްޗެއް ނެތެވެ. މިއީ ހަމައެކަނި އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. ޓޭސްޓް އެޓްލަސްއިން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު 'ދުނިޔޭގެ އެންމެ މޮޅު 100 ސައި'ގެ ލިސްޓުގައި 'މަސާލާ ޗާއި' ހިމެނުމަކީ އޭގެ ހެއްކެކެވެ.

މި ލިސްޓުން ހާމަވަނީ އިންޑިއާގެ ސައިގެ ސަގާފަތް މުއްސަނދިވެފައިވާ މިންވަރެވެ. 'މަސާލާ ޗާއި'ގެ ހަވާދު ރަހަތަކާއި، 'ދާޖިލިންގް ސައި'ގެ މާތަކުގެ މީރުވަހާއި، 'އަސާމް ސައި'ގެ ގަދަ ރަހައިގެ އިތުރުން، ކަޝްމީރުގެ ލޮނު ރަހަދޭ ފިޔާތޮށި ކުލައިގެ "ނޫން ޗާއި" އަކީ އަލަށް ސައި ބޯ މީހުންނަށް ތަފާތު އަދި ހައިރާންކުރުވަނިވި ރަހައަކަށް ވެއެވެ.

ޓޭސްޓް އެޓްލަސްގެ ލިސްޓުން ދެވަނަ ލިބިފައިވާ ޖަޕާނުގެ ރޯސްޓްކޮށްފައިވާ ގްރީން ޓީ "ހޯޖިޗާ"--ފޮޓޯ/އިންޑިއާޓުޑޭ

ދުނިޔޭގެ މި ލިސްޓުގެ ދެވަނަ ލިބިފައި ވަނީ ޖަޕާނުގެ ރޯސްޓްކޮށްފައިވާ ގްރީން ޓީއެއް ކަމަށްވާ "ހޯޖިޗާ"އަށެވެ. ތިންވަނައިގައި އޮތީ ރާއްޖެއާ އަވަށްޓެރި ސްްރީލަންކާގެ މަޝްހޫރު "ސީލޯން ބްލެކް ޓީ"އެވެ. ހަތަރުވަނައިގައި ޖަޕާނުގެ މީރުވަސްދުވާ "ސެންޗާ" ގްރީން ޓީ އޮތްއިރު، ފަސްވަނަ ލިބިފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންސަށް ހާއްސަ "ޕޫ އެރް" ސަޔަށެވެ.

ސަޔަށް އޮތް ލޯބި ހަމައެކަނި ސައިތަށްޓަކުން ނިމެނީއެއް ނޫނެވެ. ޓޭސްޓް އެޓްލަސްއިން ވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ސައި އުފައްދާ ބްރޭންޑްތައް ވެސް ހާމަކޮށްފައެވެ. އޭގެ ތެރޭގައި ވެސް އިންޑިއާގެ އިރުމައްޗާއި އިރުއުތުރުގެ ސައި ބަގީޗާތައް ކުރި ހޯދާފައިވެއެވެ.

އޭގެ ތެރޭގައި 1859 ވަނަ އަހަރު ވެސްޓް ބެންގާލްގެ ކުރްސިއޮންގްގައި އުފެއްދި، ދުނިޔޭގެ އެންމެ ދުވަސްވީ އެއް ސައި ފެކްޓްރީ ކަމަށްވާ "މަކައިބާރީ ޓީ" ހިމެނެއެވެ. އަދި އަސާމްގެ ދިބްރުގަޅުގައި ހުންނަ، ގަރުނަކަށް ވުރެ ގިނަ ދުވަސްވީ "ހަލްމާރީ ޓީ" އަކީ ވެސް އޭގެ ގަދަ ރަހައަށްޓަކައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބަގީޗާއެކެވެ.

ކާބޯތަކެތީގެ މަޝްހޫރު ގައިޑް ޓޭސްޓް އެޓްލަސްއިން ދާދިފަހުން އާންމުކުރި ދުނިޔޭގެ އެންމެ މޮޅު ސައިގެ ލިސްޓުގެ ކުރި އިންޑިއާގެ މަސާލާ ޗާއިއިން ހޯދައިފިއެވެ. މި ލިސްޓަކީ އެކި ގައުމުތަކުގެ ސައިގެ ސަގާފަތާއި، ރަހަތަކުގެ ތަފާތުކަން އަދި މަގުބޫލުކަން ދައްކުވައިދޭ މުހިންމު މިންގަނޑެކެވެ. މަސާލާ ޗާއިއަކީ ހަމައެކަނި ބުއިމެއް ނޫންކަމާއި، އެއީ މީހުން ގުޅުވައިދޭ އަދި ނަފްސާނީ ހަމަޖެހުން ގެނެސްދޭ މުހިންމު ވަސީލަތެއްކަން ވަނީ ފާހަގަކޮށްފައެވެ. ދިވެހިންގެ މެދުގައިވެސް މި ބުއިން މިހާރު ވަރަށް ބޮޑަށް މަގުބޫލުވެފައިވެއެވެ. މީގެ އިތުރުން، އިންޑިއާގެ އެކި ސަރަހައްދުތަކުގައި އުފައްދާ ތަފާތު ރަހަތަކުގެ ސައިވެސް މި ލިސްޓުގައި ހިމެނިފައިވެއެވެ.

  • ޓޭސްޓް އެޓްލަސްގެ ލިސްޓުގެ އެއްވަނަ ލިބުނީ އިންޑިއާގެ މަސާލާ ޗާއިއަށެވެ.
  • ލިސްޓުގެ ދެވަނަ ޖަޕާނުގެ ހޯޖިޗާއަށް ލިބުނުއިރު ތިންވަނަ ލިބުނީ ސްރީލަންކާގެ ސީލޯން ބްލެކް ޓީއަށެވެ.
  • ހަތަރުވަނައިގައި ޖަޕާނުގެ ސެންޗާ އަދި ފަސްވަނައިގައި ޗައިނާގެ ޕޫ އެރް ހިމެނެއެވެ.
  • އިންޑިއާގެ ދާޖިލިންގް، އަސާމް އަދި ކަޝްމީރު ސައިގެ ރަހަތައްވެސް ފާހަގަކޮށްފައިވެއެވެ.
  • ދުނިޔޭގެ އެންމެ މަޝްހޫރު ސައި ބްރޭންޑްތަކުގެ ތެރޭގައި އިންޑިއާގެ މަކައިބާރީ އަދި ހަލްމާރީ ހިމެނެއެވެ.
  • ދުނިޔޭގެ އެންމެ މަގުބޫލު ސަޔަކީ މަސާލާ ޗާއިކަން ކަށަވަރުވުން.
  • އިންޑިއާގެ ސައިގެ ސަގާފަތް ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވުން.
  • އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑިއާ، ޖަޕާން، ސްރީލަންކާ އަދި ޗައިނާ އަކީ ދުނިޔޭގެ އެންމެ މޮޅު ސައި އުފައްދާ ގައުމުތައްކަން ހާމަވުން.
comment ކޮމެންޓް