އަންހެނަކު ވިއްކާލާނެ ކަމަށް ބުނެ އޭނާގެ ކުރީގެ ފިރިމީހާ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަނީ

ފުލުސް އޮފިސަރަކު މަގުމަތީގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަންހެނަކު ވިއްކާލާނެ ކަމަށް ބުނެ އޭނާގެ ކުރީގެ ފިރިމީހާ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް މިއަދުގެ ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް ހުށަހެޅި މި މައްސަލައިގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއް ވެސް ހިމެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް މިއަދު ހެނދުނު ހުށަހެޅުނު މައްސަލައަކާ ގުޅިގެން، އަންހެނަކު އެހެން ފަރާތަކަށް ވިއްކާލާނެކަމަށް ބުނެ އޭނާގެ ކުރީގެ ފިރިމީހާ އިންޒާރުދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި މިހާތަނަށް ބެލިބެލުމުން އިންސާނީ ވަގުފާރީގެ އަމަލެއް ހިންގާފައިވާކަމުގެ ނުވަތަ ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ނެތްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ބިރުދެއްކުމުގެ މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދެއެވެ.

  • އަންހެނަކު ވިއްކާލާނެކަމަށް ބުނެ ކުރީގެ ފިރިމީހާ ބިރުދައްކައި އިންޒާރުދީފި.
  • މައްސަލަ ހުށަހަޅާފައިވަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް.
  • ޖިންސީ ގޯނާކުރުމުގެ އެއްވެސް އަމަލެއް ހިމެނޭކަމުގެ ތުހުމަތެއް ނެތް.
  • އިންސާނީ ވަގުފާރީގެ އެއްވެސް އަމަލެއް ހިންގާފައިވާކަމުގެ ތުހުމަތެއްވެސް ނެތް.
  • ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.
ގުޅޭ ޓެގު
comment ކޮމެންޓް