ފެނަކައިން މުވައްޒަފުންނަށް ޕޭ ލީވްއާއި ނޯ ޕޭ ލީވް ދިނުން މަޑުޖައްސާލައިފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން: ފެނަކައިން މުވައްޒަފުންނަށް ޕެއިޑް ލީވް ދިނުން މަޑުޖައްސާލަން ވަނީ ނިންމައިފައި --- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ކުންފުންޏަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް ޕޭ ލީވް އާއި ނޯ ޕޭ ލީވް ދިނުން މަޑުޖައްސާލަން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުގެ ބްރާންޗްތަކާއި ޑިޕާޓްމެންޓުތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ކުންފުނި ރައިޓްސައިޒްކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުގެ މަތިން ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ (ޕޭ ލީވް)އާއި މުސާރަ ނުލިބޭ ގޮތަށް ދޭ ޗުއްޓީ (ނޯޕޭ ލީވް) މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލައިފައިވާ ކަމަށް އެ ސާކިއުލާގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އޭޕްރިލް މަހުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު އަފީފް ހަވާލުވެވަޑައިގަތުމަށްފަހު އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

https://sun.mv/222777

މިއަދު އެ ކުންފުނިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ވަނީ ހުރިހާ ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށްފަހު އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށް ބުނެފައެވެ.

އަފީފް ވަނީ ކުންފުނީގެ މާޒީގައި ކުންކުފުނީގެ މެނޭޖްމެންޓުން މަސައްކަތްކޮށްފައިވާ ގޮތުން, އޮޑިޓުތަކުންނާއި އެހެނިހެން އިދާރާތަކުން ބެލި ބެލުންތަކުން ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ހުރިކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/222863

ފެނަކައިގެ މުވައްޒަފުންގެ އޮނިގަނޑު އިސްލާހުކޮށް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވިސްނާ ކަމަށް އަފީފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ އެ ކުންފުނީގައި މިހާރު ވެސް 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަވެ. ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާއިރު އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކަށޭނެ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ މުވައްޒަފުން ތިބޭނެކަމަށާއި އެ ކަންކަން ބަލައި އިސްލާހުކުރާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފްގެ ބެލުމުގެ ދަށުން، ކުންފުނީގެ އޮނިގަނޑު އިސްލާހުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން، ކުންފުނީގެ ޑިޕާޓްމެންޓުތަކާއި ބްރާންޗްތަކަށް ފޮނުވި ސާކިއުލާއެއްގައި އަންގާފައިވަނީ، މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް އަދި ނުލިބޭ ގޮތަށް ދޭ ޗުއްޓީތައް މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް އަންނަ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ފޮނުވުމަށް ވަނީ އަންގާފައެވެ. މިއީ މާޒީގައި ކުންފުނި ހިންގާފައިވާ ގޮތުން އޮޑިޓްތަކުން ފާހަގަވެފައިވާ މައްސަލަތައް ހައްލުކޮށް، ކުންފުނީގައި މަސައްކަތްކުރާ އަށްހާސް މުވައްޒަފުންގެ ތެރެއިން އެންމެ އެކަށޭނެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން ދެނެގަތުމަށް އަޅާ ފިޔަވަޅެކެވެ.

  • ކުންފުނި ރައިޓްސައިޒް ކުރުމަށް ޕޭ ލީވް އަދި ނޯ ޕޭ ލީވް ދިނުން ވަގުތީގޮތުން ހުއްޓާލުން.
  • ހުރިހާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް އެންގުން.
  • މުވައްޒަފުންގެ އޮނިގަނޑު އިސްލާހުކުރުމަށްޓަކައި ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލުން.
  • ގާތްގަނޑަކަށް 8000 މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ފިޔަވަޅު އެޅުން.
  • ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން.
  • މުވައްޒަފުންނަށް ޗުއްޓީ ދިނުން ވަގުތީގޮތުން މެދުކަނޑާލުން.
  • އޮޑިޓް ރިޕޯޓުތަކަށް ބިނާކޮށް މެނޭޖްމަންޓް އިސްލާހުކުރުން.
comment ކޮމެންޓް