އެމްއައިބީ ވަޒީފާއެއް ބޭނުންތަ؟ ހުރިހާ މައުލޫމާތެއް އެމްއެންޔޫ ޖޮބް ފެއާއިން

އެމްއެންޔޫ ޖޮބް ފެއާގައި އެމްއައިބީ: ވަޒީފާގެ ފުރުސަތުތަކުގެ ހުރިހާ މައުލޫމާތެއް ލިބޭނެ -- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން 'އެމްއެންޔޫ ފަހި ފުރުސަތު'ގެ ނަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށްދާ ޖޮބް ފެއާގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން މި އަހަރު ވެސް ބައިވެރިވެއްޖެއެވެ.

އެމްއައިބީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕްގެ ފުރުސަތުތަކުގެ އިތުރުން އެ ބޭންކުގެ މަސައްކަތު މާހައުލާ ގުޅޭ މައުލޫމާތު ވެސް މި ފެއާއިން ލިބެން ހުންނާނެއެވެ.

އެމްއައިބީން ބުނި ގޮތުގައި އިއްޔެ ފެށި މި ޖޮބް ފެއާގައި އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގެ އެމްއައިބީގެ ސްޓޯލަށް ޒިޔާރާތްކޮށް ރެޖިސްޓާ ވެލައިގެން މި ފެއާއަށް ޙާއްޞަކޮށްގެން އެ ބޭންކުން ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މި ގޮތުން، ރެޖިސްޓާވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީޑްރޯގެ ތިން ނަސީބުވެރިޔަކަށް ފައިސާވެއާ ރިންގެއް ލިބޭނެއެވެ. މި ލަކީޑްރޯ ނެގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ.

އެމްއެންޔޫ ޖޮބް ފެއާގައި އެމްއައިބީ: ވަޒީފާގެ ފުރުސަތުތަކުގެ ހުރިހާ މައުލޫމާތެއް ލިބޭނެ -- ފޮޓޯ/ އެމްއައިބީ

މިއީ ދަސްވެނިން އަދި ވަޒީފާ ހޯދާ ފަރާތްތަކަށް އެމްއައިބީގައި ހުރި ފުރުސަތުތައް ދެނެގަތުމަށާއި، މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށްލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފުމަށް އެމްއައިބީން ހިތްވަރުދެއެވެ.

މި ޖޮބް ފެއާ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގައެވެ. މި ފެއާގައި އެމްއައިބީގެ ސްޓޯލު ނަންބަރަކީ 17 އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 'ފަހި ފުރުސަތު' ޖޮބް ފެއާގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބައިވެރިވެއްޖެއެވެ. މި ފެއާގެ ޒަރީއާއިން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މަސައްކަތުގެ މާހައުލާ ގުޅޭ މުހިންމު މައުލޫމާތުތައް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. މިއީ އަލަށް ދަސްވެނިވާ ކުދިންނަށާއި ވަޒީފާ ހޯދާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގައި ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް ރަޖިސްޓަރީވާ ފަރާތްތަކުގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ފައިސާވޭއާ ރިންގެއް ލިބޭނެއެވެ.

  • މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ 'ފަހި ފުރުސަތު' ޖޮބް ފެއާގައި އެމްއައިބީގެ ފަރާތުން ބައިވެރިވުން.
  • ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން.
  • ފެއާގެ ސްޓޯލް ނަންބަރު 17 އަށް ޒިޔާރަތްކޮށްގެން ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުން.
  • ހުކުރު ދުވަހުގެ ރޭ ނަގާ ލަކީޑްރޯއިން ހޮވޭ ތިން ފަރާތަކަށް ފައިސާވޭއާ ރިންގެއް ލިބުން.
  • ފެއާ ކުރިއަށްދާނީ ހުކުރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް.
comment ކޮމެންޓް